27 އޮކްޓޯބަރ 2019
ސީއެންއެންގައި ވެސް މަސައްކަތްކުރި އަދި މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި މަޝްހޫރު ސެލެބްރިޓީ ޝެފް އެންތަނީ ބޯޑެއިންގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީއެއްގެ މަސައްކަތް ފަށައިފި އެވެ. ސީއެންއެން އާއި ފޯކަސް ފީޗާޒްގެ އިތުރުން އެޗްބީއޯގެ ސްޓްރީމިން ސާވިސް އެޗްބީއޯ މެކްސް ގުޅިގެން ހަދާ ޑޮކިއުމަންޓަރީ ޑައިރެކްޓްކުރަނީ 2013 ގެ ޑޮކިއުމަންޓަރީ "20 ފީޓް ފްރޮމް ސްޓާޑަމް" އިން 2014 ގައި އެންމެ މޮޅު ޑޮކިއުމަންޓްރީ ފީޗާގެ އޮސްކާ އެވޯޑް ހޯދި މޯގަން ނެވިލް އެވެ. އޭނާ ބުނީ ޑޮކިއުމަންޓަރީގައި އޭނާގެ ބޯޑެއިންގެ ކެރިއަރުގެ ގިނަ ވާހަކަތަކެއް ގެނެސްދޭނެ ކަމަށެވެ. މިދިޔަ އަހަރު "ވޯންޓް ޔޫ ބީ މައި ނޭބާ؟" ވެސް ގެނެސްދިން ޑައިރެކްޓަރު ބުނިގޮތުގައި ބޯޑެއިންގެ ޑޮކިއުމަންޓަރީ އަށް ހަދަން ފުރުސަތު ލިބުމަކީ ވަރަށް ހާއްސަ މަސައްކަތެކެވެ. އަދި އޭނާއަކީ އެތައް ބަޔަކު ނަމޫނާއަކަށް ވެސް ބެލި މީހެއް ކަމަށާއި ބޯޑެއިންގެ ހަޔާތުން ގިނަ ފިލާވަޅުތަކެއް ލިބޭ ކަމަށް ބުންޏެވެ. އަދި ވަކި ނަމެއް އިއުލާންނުކުރާ ޑޮކިއުމަންޓަރީ އެޗްބީއޯ މެކްސް އާއި ސީއެންއެން އިން ގެނެސްދިނުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ދައްކަން ވަނީ ނިންމައިފަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ސީއެންއެން ފިލްމްސް އިން ވާހަކަ ދެއްކި އެމީ އެންޓެލިސް ބުނިގޮތުގައި ބޯޑެއިންގެ ޑޮކިއުމަންޓަރީ މޯގަން ލައްވައި ހެދުމަކީ އެއަށް ލިބޭނެ ވަރަށް ބޮޑު ފުރިހަމަކަމަކަށް ވާނެ ކަމަށެވެ. އެހެންވެ ޕްރޮޖެކްޓަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބުންޏެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި އަދި ސީއެންއެން އިން ފަސް އަހަރު ވަންދެން ގެނެސްދިން ޓްރެވެލް އެންޑް ފުޑް ޝޯ "އެންތަނީ ބޯޑެއިން ޕާޓްސް އަންނޯން" ގެނެސްދީގެން 12 އެމީ އެވޯޑް ވެސް ހޯދި ބޯޑެއިން، 63، މަރުވެފައި އޮއްވައި ފެނުނީ ފްރާންސްގެ ހޮޓަލަކުން މިދިޔަ އަހަރުގެ ޖޫން މަހުގެ 8 ގަ އެވެ. ތަހުގީގުތައް ބުނާގޮތުން އެއީ ކުފުރު މަރެކެކެވެ. އަދި މަރުވި އިރު، ބޯޑެއިން އުޅުނީ ނަފުސާނީ މައްސަލަގަނޑެއްގެ ތެރޭގައި ކަމަށްވެ އެވެ.
ބޯޑެއިން އަކީ ކެއްކުމާ ގުޅޭ ގިނަ ފޮތްތަކެއް ލިޔުނު މީހެކެވެ. އޭގެ ތެރެއި އެންމެ ފާހަގަކޮށްލެވޭ އެއް ފޮތަކީ 2000 ވަނަ އަހަރު ނެރުނު "ކިޗެން ކޮންފިޑެންޝަލް: އެޑްވެންޗާޒް އިން ދަ ކަލިނަރީ އަންޑަބެލީ" އެވެ.
ބުރޫސް ސްޕްރިންގްސްޓީންގެ ޑޮކިއުމަންޓަރީ ސްކްރީނަށް
އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި
ކަންޔޭގެ ޑޮކިއުމަންޓަރީއެއް އަންނަ މަހު
ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީ 28 ގައި
ސްޕްރިންގްސްޓީންގެ މިއުޒިކް ސޮނީ އަށް ވިއްކާލައިފި
ސީއެންއެންގެ ރާއްޖެއާ ގުޅޭ ޕްރޮގްރާމް މީޑިއާނެޓުން
ސީއެންއެން އިން ކްރިސް ކުއޯމޯ ވަކިކޮށްފި
ސީއެންއެންގެ ކްރިސް ކުއޯމޯ ސަސްޕެންޑްކޮށްފި
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"
ސީއެންއެން ޕްލަސްގެ ނަމުގައި ސްޓްރީމިން ހިދުމަތެއް