26 ސެޕްޓެމްބަރ 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓް 2-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ތާވަލުގެ ދެ ވަނަ މަގާމަށް އެރިއިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ނިއު އަށް ގެއްލިއްޖެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓް 2-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ތާވަލުގެ ދެ ވަނަ މަގާމަށް އެރިއިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ނިއު އަށް ގެއްލިއްޖެ އެވެ.
ޓީސީ ދެ ވަނަ އަށް އެރީ 33 ޕޮއިންޓާ އެކު އެވެ. އިއްޔެ ހަވީރު ވިކްޓަރީ އަތުން 3-0 އިން ބަލިވި ކްލަބް އީގަލްސް ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. އެއް ވަނައިގައި 43 ޕޮއިންޓާ އެކު އޮތް މާޒިޔާ ވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
ނިއު އޮތީ 19 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ރޭ އެ ޓީމު މޮޅުވި ނަމަ 22 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އެރޭނެ އެވެ. ހަތަރު ވަނައިގައި މި ވަގުތު 20 ޕޮއިންޓާ އެކު އޮތީ ކްލަބް ވެލެންސިއާ އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގޯލް ތަފާތުން ފަސް ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ.
ރޭގެ މެޗުގައި ޓީސީގެ ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އަކީ މިދިޔަ ތިން އަހަރު ނިއު އިން ލީގު ޗެމްޕިއަންކަން ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ 35 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖެހިއިރު ފަހު ލަނޑު ވައްދާލީ 66 ވަނަ މިނެޓުގަ އެވެ.
އުނދަގޫ ފައްތަރެއްގައި އޮތް ނިއު އަށް ޕޮއިންޓެއް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް
ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ނިއު ބަލިކޮށް ޓީސީ ތިން ވަނަ އަށް
ނިއުއާ އެއްވަރުވެ ޓީސީ އަށް ފުރުސަތު ގެއްލިއްޖެ
ނިއު ބަލިކޮށް އީގަލްސް އިން މާޒިޔާއާ ޕޮއިންޓަކާ ގާތަށް
ޓީސީ ބަލިކޮށް ވެލެންސިއާ ތިން ވަނަ އަށް އަރައިފި