20 އޮކްޓޯބަރ 2019
އދ. ފުށިދިއްގާ އަށް އަރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ފަސް ޑޮލަރާއި 10 ޑޮލަރާ ދެމެދުގެ ފީއެއް، އެރަށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުން ދިޔަ ފަަރާތުން، ނެގި ކަމަށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އދ. ފުށިދިއްގާ އަށް އަރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ފަސް ޑޮލަރާއި 10 ޑޮލަރާ ދެމެދުގެ ފީއެއް، އެރަށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުން ދިޔަ ފަަރާތުން، ނެގި ކަމަށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރަށަށް ދާ ޓޫރިސްޓުންގެ އަތުން ރޭގަނޑު މަޑުކުރާ ނަމަ 10 ޑޮލަރު އަދި ދުވާލު އެކަނި ގޮސް ތިބޭ ނަމަ ފަސް ޑޮލަރު ނަގާކަން އެނގޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ޓޫރިސްޓުންގެ އަތުން މާލީ މަންފާ ހޯދަމުން ގެންދަނީ 2016 އިން ފެށިގެން ކަމަށް، ލިޔެކިޔުންތަކުން އެނގެ އެވެ. އެއީ ސަފާރީތަކުގެ ޓޫރިސްޓުން އާންމު ގޮތެއްގައި މަޑުކޮށްލާ ރަށެކެވެ.
އދ ކައުންސިލްގެ ރައީސް އަލީ ނަސީރު ވިދާޅުވީ ގާތްގަނޑަކަށް ދެ ހެކްޓަރުގެ ފުށިދިއްގާ އަކީ ގުދުރަތީ ގޮތުން ރީތި ރަށެއް ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ސަފާރީތަކުގެ ޓޫރިސްޓުން އެރަށަށް ދާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ނަސީރު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތުމުން އެ ރަށުގައި ހިނގާ ކަންކަން ކައުންސިލަކުން ނުބަލަ އެވެ.
ރިސޯޓެއް ހަދަން ދެ ފަރާތަކުން ފުށިދިއްގާއަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ފައިސާ ދައްކާފައިވާކަން އެނގެ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ފާހަގަވި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިދިއަ ޖުލައި މަހު ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުން 2015 ގައި ނިންމީ އެޗްއެމްއެޗް ނަމަކަށް ކިޔާ ކުންފުންޏަކަށް އެރަށް ދޭށެވެ. އެކަމަކު ރަށް ދިން ކަމުގެ ރަސްމީ އެގްރީމެންޓެއް ނެތް ނަމަވެސް ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ކަން އެނގެ އެވެ. އެޗްއެމްއެޗު ކުންފުނިން ދައުލަތަށް 3 މިލިއަން ޑޮލަރު ދޭން ޖެހުނު އިރު މިހާތަނަށް 1.3 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
އެކަމަކު އޭގެ ފަހުން މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށް އެރަށް ދޭން ވެސް އޭރުުގެ ސަރުކާރުން އެއްބަސްވި އެވެ. އެފަހަރު ސަރުކާރުން ކަނޑައެޅި މުއްދަތުގައި 600،000 ޑޮލަރު އެކުންފުނިން ދައްކާފައިވެ އެވެ.
މި ދެ ކުންފުންޏާ އެކު ވެސް ސަރުކާރުން ރަސްމީ އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ. އަދި ދެ ކުންފުންޏާ މެދު ހަދާނެ ގޮތެއް ކަނޑަނޭޅި އުޅުނު އިރު ޓޫރިޒަމް މިނިސްޓްރީގެ ހުއްދައެއް ނެތި އެރަށުން މާލީ މަންފާ ހޯދަމުން ދިޔައީ އަހުމަދު ހަލީލް، މ. ހަސްތީ އެވެ.
ފުށިދިއްގާ 2009 އިން ފެށިގެން އޮންނަނީ ވަރުވާއަށް ލިއެގެން ބެލެހެއްޓި ހަލީލް އަތުގަ އެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ލަގްޒަރީ ވިލާތައް އަޅަން ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލުކުރިޔަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ފަހުން ވަނީ ދެކޮޅުހަދައިފަ އެވެ.
މި މައްސަލަ ޚަލީލް، ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގައި މައްސަލަ ނިމުނީ އޭނާގެ ކޮޅަށެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ރަށް ދައުލަތާ ހަވާލުކުރާށެވެ.
ފުށިދިއްގާ ހިންގުން ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!