20 އޮކްޓޯބަރ 2019
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު އާދަމް މުހައްމަދު އެގޮތަށް އެދިވަޑައިގަތީ ޖޭއެސްސީ އަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީއަކުންނެވެ.
އެ ކޮމިޝަނުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ވެސް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގަށް ފަހު ނިންމީ އޭނާ މަގާމުން ވަކިކުރުމަށެވެ.
ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަތަކެކެވެ. އެކަމަކު ތަފްސީލެއް ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީ އަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިހާރު ވަނީ ހާޒިރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކާ ގުޅޭ ކަންކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް ޖޭއެސްސީން ކުރިން އޮތީ އެކުލަވާލައިފަ އެވެ. އަދި އެ ކޮމިޓީން އޮތީ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ޚިލާފަށް ނިންމި ނިންމުންތަކާ ބެހޭގޮތުން ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމުމުގައި، ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޔޮހާން ކްރިގްލާ ދާދި ފަހުން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންކަމަށް ވެސް ރިއާޔަތްކުރި ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ފަނޑިޔާރުން ހިނގައިދާނެ ކަމެއް ކަމަށެވެ. އެކަން ހުއްޓުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ މުއައްސަސާތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ގޮވާލައްވައިފަ އެވެ.
މި ބަޔާނާ ގުޅިގެން ވެސް އެމަނިކުފާނުގެ މައްސަލައެއް ބަލަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީން ބުނެފައި ވަނީ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން އެކަމަށް ދެކޮޅު ހައްދަވައި، އެމަނިކުފާނު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތަކެއް އެމަނިކުފާނު އާންމު ކުރައްވާފައިވާ ކަމަށާއި އެއީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅައި، ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލަނީ
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
ހުޅުމާލޭ ކޯޓު މައްސަލަ: ޖޭއެސްސީގެ ބަޔާނަށް ބަދަލެއް!
ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އުވާލައިފި