Roadha Mihaaru
ޗައިނާގެ ސްޕޭސް ސްޓޭޝަން ބޮލަށް ވެއްޓެނީ

ޗައިނާގެ ސްޕޭސް ސްޓޭޝަން ބޮލަށް ވެއްޓެނީ

26 ސެޕްޓެމްބަރ 2016

ޗައިނާ އިން މީގެ ފަސް އަހަރު ކުރިން ޖައްވަށް ފޮނުވި ސްޕޭސް ސްޓޭޝަން ޓިއަންގޮންގް-1 ގެ ކޮންޓްރޯލް ގެއްލި މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެ ބިމަށް ވެއްޓޭނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ. އެކަމަކު ސްޓޭޝަން ކުދިކުދިވެގެން ފައިބާނީ ކޮން ދިމާލަކަށް ކަމެއް ބުނަން ސައިންސްވެރިންނަކަށް ވެސް ނޭނގެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޗައިނާ އިން މީގެ ފަސް އަހަރު ކުރިން ޖައްވަށް ފޮނުވި ސްޕޭސް ސްޓޭޝަން ޓިއަންގޮންގް-1 ގެ ކޮންޓްރޯލް ގެއްލި މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެ ބިމަށް ވެއްޓޭނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ. އެކަމަކު ސްޓޭޝަން ކުދިކުދިވެގެން ފައިބާނީ ކޮން ދިމާލަކަށް ކަމެއް ބުނަން ސައިންސްވެރިންނަކަށް ވެސް ނޭނގެ އެވެ.

އަންގޮންގް-1 އަކީ ޗައިނާ އިން ކުރިމަގުގައި ޖައްވީ ސްޓޭޝަނެއް ގާއިމުކުރުމަށް ފޮނުވި ޕްރޮޓޮޓައިޕެކެވެ. މި ސްޓޭޝަން ޖައްވަށް ފޮނުވުމަށް ފަހު ޗައިނާގެ ސައިންސްވެރިން ވަނީ މީހަކު ނެތި ފޮނުވި މޮޑިއުލްއެއް ސްޓޭޝަނާ ގުޅާލައިފަ އެވެ. އަދި 2012 އާއި 2013 ވަނަ އަހަރު ވަނީ މީހުން ވެސް ފޮނުވައިފަ އެވެ.

ސްޕޭސް ސްޓޭޝަނުން ސިގްނަލް ފޮނުވުން ހުއްޓުނީ މިދިޔަ މާޗް މަހު އެވެ. އަދި މި އަނބުރާ ބިމަށް ގެނައުމަށް ޗައިނާ އިން ކުރާ މަސައްކަތާ ބެހޭ ޔަގީން މައުލޫމާތެއް ދިނުމަށް ވަނީ ނުކުޅެދިފަ އެވެ. ސައިންސްވެރިން ބުނަނީ މި މައުލޫމާތު ދޭން ނޭނގިގެން އުޅެނީ ސްޓޭޝަންގެ ކޮންޓްރޯލް ގެއްލިފައި ވާތީ ކަމަށެވެ.

"ވެއްޓޭނެ އިރެއް ގްރެވިޓީއަށް ބަލައިގެން އެނގިދާނެ. އެކަމަކު މިއީ އަނބުރާ ހޭރިޔާކުރެވޭ އެއްޗަކަށް ނުވާތީ، ވެއްޓޭނެ ތަނެއް ބުނާކަށް ނޭނގޭނެ،" އެސްޓްރޮފިޒިސްޓް ޖޮނަތަން މެކްޑޮވެލް ގާޑިއަން ނޫހަށް ވިދާޅުވެފައިވެ އެވެ.

ޓިއަންގޮންގް-1 ގައި ޗައިނާގެ އެސްޓްރޮނޯޓުން

ޓިއަންގޮންގް-1 ގައި ޗައިނާގެ އެސްޓްރޮނޯޓުން

މި ސްޓޭޝަންގައި އަށް މެޓްރިކް ޓަނުގެ ދަގަނޑު ހިމެނެ އެވެ. އެހެންވެ މި ހުރިހާ އެއްޗެއް ކުދިކުދިވެގެން ބިމަށް ފޭބުމަކީ ކުޑަ ކަމަކަށް ނުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ޖައްވުން އަންނަ އެއްޗެއް ދުނިޔޭގެ ވައިގެ ފަށަލައަށް ވަންނައިރު އޭގެ ބޮޑު ބައި އަނދައިގެން ދާނެ އެވެ. އެހެންވެ ބިމަށް ފައިބާނީ ކުދި އެތިކޮޅުތަކުގެ ގޮތުގަ އެވެ.