16 ޖޫން 2019
ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާ އިން އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރަން ނިންމާފައިވާ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން އިއުލާންކޮށްފި އެވެ.
ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާ އިން އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރަން ނިންމާފައިވާ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން އިއުލާންކޮށްފި އެވެ.
އެތަނުގެ ޗެއާޕާސަން ޑރ. ކޭ ސިވަން ބުރާސްފަތި ދުވަހު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ އިންޑިއާގެ އަމާޒަކީ 20 ޓަނުގެ ޖައްވީ ސްޓޭޝަން 2030 ގައި ލޯންޗްކުރުން ކަމަށެވެ. އަދި އޭގެ ބޭނުންކުރާނީ މައިކްރޯގްރެވިޓީ އެކްސްޕެރިމަންޓްތަކެއް ކަމަށް ވިދާޅުވި އެވެ.
ސިވަން ވިދާޅުވި ގޮތުގައި އިތުރު އެއްވެސް ގައުމަކާ ނުގުޅި އަމިއްލަ އަށް އިންޑިއާ އިން ބިނާކުރާ ޖައްވީ ސްޓޭޝަންގެ އެންމެ ފުރަތަމަ ޓާގެޓް ކުރާނީ އެސްޓްރޮނޯޓުންނަށް 15-20 އާ ދޭތެރޭގެ ދުވަހުގެ މުއްދަތަކަށް ޖައްވުގައި ހޭދަކުރެވޭ ގޮތަށެވެ. އަދި މިއީ އެ ގައުމުން އަންނަ އަހަރު ރަސްމީކޮށް ލޯންޗްކުރާ އިންޑިއަން ހިއުމަން ސްޕޭސްކްރާފްޓް ޕްރޮގްރާމް "ގަގަނިޔާން" ގެ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. އެ މިޝަން ސަރުކާރުން ވަނީ 10،000 ކްރޯޑް ރުޕީސް (1,431,950,000 ޑޮލަރު) ގެ ބަޖެޓެއް ހަމަޖައްސައި ދީފަ އެވެ.
އެހެންވެ ޖައްވީ ސްޓޭޝަނާ އިތުރު މައުލޫމާތު ހިއްސާކުރާނީ އެ ޕްރޮގްރާމު މަސައްކަތަށް ފަހު ކަމަށް އިސްރޯ އިން ބުންޏެވެ.
??#ISROMissions ??#Chandrayaan2
— ISRO (@isro) June 12, 2019
“The launch of Chandrayaan-2 is planned on July 15, 2019 at 02.51 Hrs from Sriharikota. Soft landing of Vikram lander on lunar surface is likely to be on September 06, 2019" Dr K Sivan announced in today's Press Meet pic.twitter.com/5R8dneN3lF
"އިންސާނުން ޖައްވަން ފޮނުވަން ފަށާ މިޝަން އަންނަ އަހަރު ލޯންޗް ކުރުމަށް ފަހު ރަސްމީކޮށް، މީހުންނާ ނުލައި ގަގަނިޔާން ކުރާ ފުރަތަމަ ދަތުރު މިހާރު ތާވަލުކޮށްފައި ވަނީ ދެހާސް ބާވީހަށް،" ސިވަން ވިދާޅުވި އެވެ. "އެއާ އެކު އަހަރެމެންގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ ސީދާ އިންޑިއާގެ އަމިއްލަ ސްޕޭސް ސްޓޭޝަނެއް ބިނާ ކުރުން."
އަމިއްލަ ޖައްވީ ސްޓޭޝަން ބިނާ ކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ، އެމެރިކާ އަދި ޗައިނާ ހިމެނެ އެވެ. އަދި އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ ގިނަ ގައުމުތައް އެކުލެވޭ ކޮންސޯޓިއަމެއް ހިއްސާވާ ޕްރޮޖެކްޓެކެވެ.
އިންޑިއާ އިން މިހާރު އަންނަނީ ހަނދަށް ވާސިލުވުމަށް މީގެ 10 އަހަރު ކުރިން ފެށި މިޝަން "ޗަންދުރަޔާން" ގެ ދެވަނަ ފޭސް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ. އެގޮތުން ހަނދުގެ ދެކުނު ތަނޑިއާ ދިމާލަށް އަމާޒު ހިފާފައިވާ "ޗަންދުރަޔާން-2" ލޯންޗް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ.
ދުނިޔޭގެ "އެންމެ ބާރުގަދަ" ރޮކެޓް ޓެސްޓް ކާމިޔާބު
ސައޫދީގެ އަންހެން އެސްޓްރޮނޯޓަކު ޖައްވީ ސްޓޭޝަނަށް
އިންސާނުން މާސް އަށް ދާނީ ވީނަސްގައި ރޭކޮށްފައި!
ރަޝިއާގެ އެހީއާ ނުލައި އެމެރިކާ ޖައްވީ ސްޓޭޝަނަށް
ޖައްވުގައި ކުކީޒް ފިހެ، ޓެސްޓްކުރަން ދުނިޔެ އަށް
އިންސާނުން މާސް އަށް އުފުލާ ރޮކެޓް
ޔޫއޭއީގެ އެސްޓްރޮނޯޓަކު އައިއެސްއެސްގައި
ޖައްވުގައި ޕާން ފިހަނީ
އެންމެ ބޮޑު މަތިންދާބޯޓް
ހަނދަށް ގެންގޮސްދީބަލަ!