30 އޮކްޓޯބަރ 2023
ދުނިޔޭގެ ޖައްވީ ދާއިރާގެ އެކި ގައުމުތަކުގެ ލީޑަރުން ހިމެނޭ ބައިނަލްއަގުވާމީ ކާމަން ޕްރޮޖެކްޓްގެ ފްލެގްޝިޕް އިވެންޓް "ކާމަން ވީކް"ގައި ބައިވެރިވުމަށް އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
ދުނިޔޭގެ ޖައްވީ ދާއިރާގެ އެކި ގައުމުތަކުގެ ލީޑަރުން ހިމެނޭ ބައިނަލްއަގުވާމީ ކާމަން ޕްރޮޖެކްޓްގެ ފްލެގްޝިޕް އިވެންޓް "ކާމަން ވީކް"ގައި ބައިވެރިވުމަށް އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އާއި ސިކްސް ސެންސަސް ލާމު ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ އަންނަ މަހުގެ 1-5 އަށެވެ. މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ޕާޓްނަރުންގެ ތެރޭގައި ސިކްސް ސެންސަސް ލާމު އާއި މޯލްޑިވްސް އަންޑަވޯޓަ އިނިޝިއޭޓިވް އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް އަދި އިންޓުއާ މޯލްޑިވްސް ހިމެނެވެ.
ކާމަން ފެލޯޝިޕް ވީކް 2023 ގެ އެންމެ މުހިންމު އިވެންޓަކީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޖައްވީ ދާއިރާގެ ވަޒީފާތަކާ ބެހޭގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ޕަބްލިކް ޕެނަލް ޑިސްކަޝަން އެވެ. މިއީ އެންމެންނަށް ހުޅުވާލައިގެން ބާއްވާ އިވެންޓެކެވެ.
ކޮންމެ އަހަރަކު ދުނިޔޭގެ ޖައްވީ ދާއިރާގައި އިސް މާހިރުން ބައިވެރިވާ ކާމަން ފެލޯޝިޕް ވީކް މި އަހަރު ބާއްވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަސްޓެއިނަބަލް ރިސޯޓް ސިކްސް ސެންސަސް ލާމުގަ އެވެ. މި ހަރަކާތުގެ އަމާޒަކީ، ސެޓެލައިޓް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ބައިނަލްއަގްވާމީ އެއްބާރުލުން ދައްކުވައި ދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ހަރުދަނާ ކުރުމެވެ.
"ކާމަން ޕްރޮޖެކްޓާއި މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން ގުޅިގެން ޖައްވީ ޓެކްނޮލޮޖީ ކުރިއެރުވުމަށް މަސައްކަތް މި ކުރަނީ،" ކާމަން ޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓަރު ހަނާ އަޝްފޯޑް ވިދާޅުވި އެވެ.
"ކާމަން ވީކް މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަކީ ދެމެހެއްޓެނިވި އަދި ރެސިލިއަންޓް ނޭޝަނަލް ސްޕޭސް ޕްރޮގްރާމެއް ބިނާ ކުރުމުގައި ރާއްޖެ ބާރުވެރިކޮށް، އަޅުގަނޑުމެންގެ ތަޖުރިބާ އާއި ވަސީލަތްތައް އެއްކޮށް، އަޅުގަނޑުމެންގެ މާހިރުންގެ ލީޑަރޝިޕްގެ ތަޖުރިބާއިން ރާއްޖެއަށް މަންފާ ހޯދައިދިނުން."
ކާމަން ފެލޯސްގެ 2023 ވަނަ އަހަރުގެ މާހިރުން ހޮވާފައި ވަނީ ޖައްވުގައި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ޕްރޮފެޝަނަލް ކާމިޔާބީތަކަށް ބަލައި ކަމަށާއި އޭގެ ތެރޭގައި އެސްޓްރޮނޯޓުންނާއި ސްޕޭސް އެޖެންސީގެ ޑިރެކްޓަރުންނާއި ކޯޕަރޭޓް ޑިރެކްޓަރުންނާއި ލީޑިން ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ރިސާޗަރުންނާއި އަދި 12 ގައުމެއްގެ އާޓިސްޓުން ހިމެނެ އެވެ.
ކާމަން ވީކްގައި ފުޅާ ދާއިރާއެއްގައި ވޯކްޝޮޕްތަކާއި، ބައިވެރިވެނިވި ހިޔާލު ބަދަލުކުރާ ސެޝަންތަކާއި، ފީލްޑް ޓްރިޕްތަކާއި ލޯކަލް އައުޓްރީޗް އެންގޭޖްމަންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އިނޮވޭޓިވް ހިޔާލުތަކާއި ކްރޮސް ކަލްޗަރަލް ނޮލެޖް އެކްސްޗޭންޖްގެ މާހައުލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކްލައިމެޓް މޮނިޓަރިން ސިސްޓަމްތަކާއި، ކެޕޭސިޓީ ބިލްޑިން، ސްޕޭސް ޕޮލިސީ ޑިޒައިން އަދި ސްޕޭސް އެކްސްޕްލޮރޭޝަންގެ މިހާރުގެ ހާލަތު ފަދަ މައުސޫއުތަކަށް ބައިވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން، ކާމަން ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު އަދި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް ގުޅިގެން މި އިވެންޓުން ބޭރުން ވެސް މަސައްކަތް ކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ރާއްޖޭގެ މޫސުމީ މޮނިޓަރިންގެ ހަރުދަނާ ނިޒާމެއްގެ ގޮތުގައި "ޑިޖިޓަލް އާތު މޯލްޑިވްސް" ތަރައްގީ ކުރުމަށް ދިގު މުއްދަތުގެ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.
ހަނދަށް ދިއުން މުހިންމެއް ނޫން
މާސް އުޅަނދު އަންނަ އަހަރު ޓެސްޓް ކުރަނީ
ޖައްވުން ފެނުނީ އޭލިއަނުންގެ އުޅަނދެއް ކަމަށް ބުނެފި
އެންމެ ބޮޑު މަތިންދާބޯޓް
ދުނިޔޭގެ "އެންމެ ބާރުގަދަ" ރޮކެޓް ޓެސްޓް ކާމިޔާބު
ހަނދަށް ގެންގޮސްދީބަލަ!
ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް ފަށައިފި
ސައޫދީގެ އަންހެން އެސްޓްރޮނޯޓަކު ޖައްވީ ސްޓޭޝަނަށް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި