16 އޮކްޓޯބަރ 2019
ސްޓޮކްހޯމް، ސްވިޑެން (އޮކްޓޫބަރު 16) - މެޗުގެ އިތުރު ވަގުތުގައި ރޮޑްރީގޯ މޮރޭނޯ ވައްދާލި ގޯލާ އެކު ސްވިޑެންއާ 1-1 އިން އެއްވަރުކޮށް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގަ ސްޕެއިނުން ކަށަވަރުކޮށްފި އެވެ.
ސްޓޮކްހޯމް، ސްވިޑެން (އޮކްޓޫބަރު 16) - މެޗުގެ އިތުރު ވަގުތުގައި ރޮޑްރީގޯ މޮރޭނޯ ވައްދާލި ގޯލާ އެކު ސްވިޑެންއާ 1-1 އިން އެއްވަރުކޮށް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގަ ސްޕެއިނުން ކަށަވަރުކޮށްފި އެވެ.
ކޮލިފައިންގައި މިދިޔަ ހޮނިހިރު ދުވަހު ސްޕެއިން މޮޅުވާން ދަނިކޮށް ނޯވޭ އިން ފަހު ވަގުތު އެއްވަރުކުރުމުން އެ ދުވަހު ސްޕެއިނަށް ޖާގަ ޔަގީން ނުކުރެވުނެވެ. އެހެންކަމުން ރޭގެ މެޗަށް ސްވިޑެންއާ ދެކޮޅަށް ސްޕެއިން ނުކުތްއިރު އެ ޓީމަށް ޔޫރޯގެ ޖާގަ ކަށަވަރުކުރަން ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ. ސްޕެއިނުން އެ ޕޮއިންޓް ހޯދީ ފަހު ވަގުތުގެ ލަނޑާ އެކު އެވެ.
ސްވިޑެން އިން ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއްކޮށް ސްޕެއިންގެ ފަހަތަށް ބާރު ބޮޑުކުރި މި މެޗުގައި އެ ޓީމުން ލީޑުނެގީ 50 ވަނަ މިނިޓްގައި މާކަސް ބާގް ޖެހި ގޯލުންނެވެ. ސްވިޑެން އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު ދެ ވަނަ ހާފްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޑެހެއާ ވަނީ ބަދަލުކޮށްފަ އެވެ.
ސްޕެއިނުން ލަނޑު ޖަހަން ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސަން ވަނީ މަތަކޮށްފަ އެވެ. ސްޕެއިނަށް އެއްވަރުކޮށްދިން ގޯލު ރޮޑްރީގޯ ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ފަބިއަން ރުއިޒް ތަނަވަަސްކޮށްދިން ފުރުސަތަކުންނެވެ.
ސްޕެއިން އަކީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވި ހަ ވަނަ ޓީމެވެ. މީގެ ކުރިން މުބާރާތުގެ ޖާގަ ޔަގީންކޮށްފައިވަނީ ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން އަދި ރަޝިއާ އެވެ.
ކޮލިފައިންގައި ރޭ ކުޅުނު މެޗުން ރަށުންބޭރުގައި ލިޗެސްޓައިން 5-0 އިން ބަލިކޮށް އިޓަލީ ވަނީ އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ކޮލިފައިންގައި މިހާތަަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިވާ އިޓަލީ އަށް ރޭގެ މެޗުގައި އަންދްރޭ ބެލޮއްޓީ ދެ ލަނޑު ޖަހައިދިނެވެ. އަނެއް ތިން ލަނޑު ޖެހީ ފެޑެރީކޯ ބާނަޑެސްކީ، އަލެސިއޯ ރޮމަނޯލީ އަދި ސްޓެފަން އެލް ޝަރާވީ އެވެ.
ހާލަންޑް ބަލަންހުއްޓައި ގަވީ ސްޕޭން ގޮވައިގެން ޔޫރޯއަށް
ވޯލްޑް ކަޕުގެ ނާކާމިޔާބަށް ފަހު ސްޕެއިން އެނބުރި އައީ ވަރުގަދަކޮށް
އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ
ސްޕެއިނާއި އިޓަލީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ސްޕެއިނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ކުއަލިއަރެއްލާ އަށް ރެކޯޑެއް، މޮރާޓާ ތަފާތު ދައްކައިފި
އުއްމީދީ ދެ ކުޅުންތެރިން އިޓަލީ މޮޅުކޮށްދީފި
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި