11 ޖޫން 2019
މެޑްރިޑް (ޖޫން 11) - ޔޫރޯ ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސްވިޑެންގެ މައްޗަށް 3-0 އިން ކުރި ހޯދައި ސްޕެއިނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
މެޑްރިޑް (ޖޫން 11) - ޔޫރޯ ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސްވިޑެންގެ މައްޗަށް 3-0 އިން ކުރި ހޯދައި ސްޕެއިނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ކޮލިފައިން ގްރޫޕް އެފްގެ އެއް ވަނައިގައި ސްޕެއިން އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޑެން އާއި ތިން ވަނައިގައި އޮތް ރުމޭނިއާ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ނޯވޭ އަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
ރޭގެ މެޗުގައި ސްޕެއިނުން ޖެހި ތިން ގޯލު ވެސް އެ ޓީމުން ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 64 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ސާޖިއޯ ރާމޯސް އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ސްވިޑެންގެ ސަބެސްޓިއަން ލާސަން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ސްޕެއިނަށް ލީޑުފުޅާކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ މި ގޯލު ޖެހީ އޭނާ އަށް އޭރިއާތެރެއިން ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ދެ މިނިޓް ފަހުން ސްޕެއިނުގެ ތިން ވަނަ ގޯލު ޖެހީ ރެއާލް ސޮސެއިޑާޑްގެ ޒުވާން މިޑްފީލްޑަރު މިކެލް އޮޔާޒަބަލް އެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.
އާއިލާ ކަމެއްގެ ސަބަބުން ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ މި ވަގުތު ޓީމާ ދުރުގައި ހުރިއިރު ރޭގެ މެޗުގައި ވެސް ސްޕެއިނަށް އިރުޝާދުދިނީ އެސިސްޓަންޓް ރޮބާޓޯ މޮރޭނޯ އެވެ. މޮރޭނޯ ބުނީ އިތުރު ކުޅުންތެރިންނަށް ފުރުސަތުދީ ޓީމު ރަނގަޅު ކުރަން ބޭނުންވާ ކަމަށެވެ.
"އަހަރެމެންނަށް މި ޓީމު ރަނގަޅު ކުރެވޭނެ ގިނަ ގޮތްތަކެއް އެބަފެނޭ. އެ ހުރިހާ ގޮތަކަށް އަހަރެމެން މަސައްކަތްކުރާނަން. އާ ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމު އިތުރަށް ވަރުގަދަކުރަން ބޭނުން،" މޮރޭނޯ ބުންޏެވެ.
އޭނާ ބުނީ ކޯޗު އެންރީކޭއާ ގަވައިދުން ޓީމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެންރީކޭ ބެންޗުގައި ނެތުމަކީ ކުޅުންތެރިންނަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ބަލްގޭރިއާ އަތުން 3-2 އިން ހޯދި މޮޅާ އެކު ކޮސޯވޯ އިން ވަނީ ބަލިނުވެ އިތުރު މެޗެއް ފުރިހަމަކޮށްފަ އެވެ. ސާބިއާ އިން 4-1 އިން ލިތުއޭނިއާ ބަލިކުރިއިރު، ޕޮލެންޑުން ވަނީ 4-0 އިން އިޒްރޭލްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ހާލަންޑް ބަލަންހުއްޓައި ގަވީ ސްޕޭން ގޮވައިގެން ޔޫރޯއަށް
ވޯލްޑް ކަޕުގެ ނާކާމިޔާބަށް ފަހު ސްޕެއިން އެނބުރި އައީ ވަރުގަދަކޮށް
ފަހު ވަގުތު ޖެހި ލަނޑުން ސްޕެއިން ޔޫރޯ އަށް
އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ
ސްޕެއިނާއި އިޓަލީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ކުއަލިއަރެއްލާ އަށް ރެކޯޑެއް، މޮރާޓާ ތަފާތު ދައްކައިފި
އުއްމީދީ ދެ ކުޅުންތެރިން އިޓަލީ މޮޅުކޮށްދީފި
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި