26 މާޗް 2023
ވޯލްޑް ކަޕުގެ ނާކާމިޔާބަށް ފަހު ސްޕެއިން ކުޅުނު ފުރަތަމަ މެޗުން ރޭ ޔޫރޯ ކޮލިފައިން ގްރޫޕް އޭ ގައި ނޯވޭ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.
ވޯލްޑް ކަޕުގެ ނާކާމިޔާބަށް ފަހު ސްޕެއިން ކުޅުނު ފުރަތަމަ މެޗުން ރޭ ޔޫރޯ ކޮލިފައިން ގްރޫޕް އޭ ގައި ނޯވޭ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.
ނޯވޭ އިން މި މެޗަށް ނުކުތީ، އަނިޔާގައި ހުރި އެ ޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް ނުލަ އެވެ.
ސްޕެއިނުގެ މަލާގާގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ޑެނީ އޮލްމޯގެ ލަނޑުން ލީޑު ނަގައިފަ އެވެ. ސްޕެއިނުގެ ފަހު ދެ ގޯލް ޖެހީ، އުމުރުން 32 އަހަރުގައި، ސްޕެއިން ގައުމީ ޓީމުގައި އަލަށް ހިމެނިގެން ފުރަތަމަ މެޗު ކުޅުނު ޖޮސެލޫ އެވެ. ރެއާލް މެޑްރިޑަށް ކުރިން ދެ މެޗު ކުޅެދީފައިވާ ޖޮސެލޫ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ގޯލް ޖެހީ 84 ވަނަ މިނެޓާއި 85 ވަނަ މިނެޓުގަ އެވެ.
"އަދިވެސް އަހަންނަށް ގަބޫލެއް ނުކުރެވޭ،" 1998 ވަނަ އަހަރު ފެނާންޑޯ މޮރިއެންޓަސް އަށް ފަހު އަލަތު މެޗުގައި ސްޕެއިނަށް ދެ ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާ ބުންޏެވެ.
"މިއީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭނެ އެންމެ ބޮޑު އުފާ. މިއީ ބުރަ މަސައްކަތުގެ ނަތީޖާ."
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން މޮރޮކޯ އަތުން ބަލިވެ ސްޕެއިން ކެޓުމުން އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ވަނީ އިސްތިއުފާ ދީފަ އެވެ. ރޭގެ މެޗަކީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ، ސީނިއާ ޓީމާ ހަވާލުވެގެން ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ.
ޔޫރަޕުގެ ޗެމްޕިއަންކަން ތިން ފަަހަރު ހޯދާފައިވާ ސްޕެއިން ދެން ނުކުންނާނީ އަންގާރަ ދުވަހުގެރޭ ސްކޮޓްލެންޑާ ދެކޮޅަށެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ސްކޮޓްލެންޑް ވަނީ ސައިޕްރަސް އަތުން 3-0 އިން މޮޅުވެފަ އެވެ.
ގްރޫޕް ޑީ ގައި ރޭ ވޭލްސް އިން ވަނީ ފަހު ވަގުތު ކްރޮއޭޝިއާއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ކްރޮއޭޝިއާގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އަންދްރޭ ކްރަމަރިޗްގެ ގޯލުން ކުރި ހޯދައިފަ އެވެ. ވޭލްސްގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ، ގަރެތު ބޭލް ރިޓަޔާކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޓީމު ސަލާމަތްކޮށްދިނީ އިތުރު ވަގުތުގެ ތެރޭ ނެތަން ބްރޯޑްހެޑް އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އާމީނިއާ އަތުން ތުރުކީ ވަނީ 2-1 އިން މޮޅުވެފަ އެވެ.
ހާލަންޑް ބަލަންހުއްޓައި ގަވީ ސްޕޭން ގޮވައިގެން ޔޫރޯއަށް
ފަހު ވަގުތު ޖެހި ލަނޑުން ސްޕެއިން ޔޫރޯ އަށް
އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ
ސްޕެއިނާއި އިޓަލީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ސްޕެއިނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ކުއަލިއަރެއްލާ އަށް ރެކޯޑެއް، މޮރާޓާ ތަފާތު ދައްކައިފި
އުއްމީދީ ދެ ކުޅުންތެރިން އިޓަލީ މޮޅުކޮށްދީފި
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި