16 އޮކްޓޯބަރ 2019
ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ސަރުކާރާ ދެކޮޅަށް ދިގު ހަނގުރާމައެއް ކޮށް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ އިސް މީހަކު ފިލައިގެން އުޅޭ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ ހަތިޔާރާއެކު އޭނާ ހައްޔަރުކޮށްފި އެވެ.
ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ސަރުކާރާ ދެކޮޅަށް ދިގު ހަނގުރާމައެއް ކޮށް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ އިސް މީހަކު ފިލައިގެން އުޅޭ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ ހަތިޔާރާއެކު އޭނާ ހައްޔަރުކޮށްފި އެވެ.
ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ޖޯސެފް ޕީޓާ ރޮބިންސަން އެވެ. އޭނާ އަކީ 2009 ވަނަ އަހަރު ސަރުކާރު ސިފައިން އެލްޓީޓީއީގެ މައްޗަށް ކުރި ހޯދުމަށް ފަހު ތަމަޅަ ހަނގުރާމަވެރިންނަށް ހިންގި ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ވެސް ބައިވެރިވެފައިވާ މީހެއް ނޫނެވެ.
މި މީހާ ހައްޔަރުކުރީ ކިލީވެޑީ ބްރިޖް ސަރަހައްދުގައި ހުންނަ ސޭފް ހައުސްއަކުން ކަމަށާއި އޭނާގެ އަތުން ޓީ-56 އެސޯލްޓް ރައިފަލް އާއި އެހެން ބައެއް ހަތިޔާރު ވެސް ފެނިފައިވާ ކަމަށް ސިފައިން ބުންޏެވެ. ސިފައިން ވަނީ އޭނާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ގެ ފާސްކުރި އިރު އަތުބޮމާއި އުންޑަ އާއި އެކި ވައްތަރުގެ ބަޑި އާއި ގޮވާތަކެތި ހަދަން ބޭނުންކުރާ ސާމާނާއި ވަޅި އާއި ކެމެރާ އާއި ދުރުމީ އާއި ލެޕްޓޮޕާއި މޯބައިލް ފޯނާއި މާސްކް ވެސް ފެނުނެވެ. އަދި އެލްޓީޓީއީގެ މަރާލާފައިވާ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަންގެ ފޮޓޯ ޖަހާފައި ހުރި ޓީޝާޓް ވެސް ވަނީ ފެނިފަ އެވެ.
ޖޯސެފް ހައްޔަރު ކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ 28 އަހަރުގެ އަނބިމީހާ އާއި އާއިލާގެ އެހެން އަންހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.
މިދިޔަ ހަފުތާގައި މެލޭޝިއާ ފުލުހުން ވެސް ވަނީ އެލްޓީޓީއީގެ ހަރަކާތްތައް ހިންގަން ފައިސާ ހޯދައި އެކި ގޮތްގޮތުން މަސައްކަތްކުރަމުން ދިޔަ ކަމުގެ ތުހުމަތަށް އެ ގައުމުން 12 މީހަކު ހައްޔަރުކޮށްފަ އެވެ.
އެލްޓީޓީއީ އަލުން ފަށަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގައި ހަމަލާއެއް ދޭން އެބައުޅޭ: އެމެރިކާ
އެލްޓީޓީއާ އެކު ތަމަޅަ ފިލްމު އިންޑަސްޓްރީގެ މީހެއް
ޓެރަރިސްޓު ހަމަލާއެއްގެ ތުހުމަތު ދިވެހިންގެ ބަޔަކަށް
އެލްޓީޓީއީން ލަންކާއަށް ހަމަލާދޭން އުޅޭ މައްސަލަ ބަލަނީ
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ލަންކާގެ އީސްޓާ ބޮމުގެ ހަމަލާގެ ޝަރީއަތް ފަސްކޮށްފި
ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން އެއްބަސްވެއްޖެ
ސްރީ ލަންކާގެ މުސްލިމް އިސް ލީޑަރަކު ހައްޔަރުކޮށްފި