13 އޯގަސްޓް 2023
އަވަށްޓެރި ގައުމެއްގައި ޓެރަރިސްޓު ހަމަލާއެއް ރޭވުމުގެ ތުހުމަތު ހަތަރު ދިވެއްސަކަށް ކޮށް، ފުލުހުން ތަހުގީގު ފަށައި މާލޭގެ ބައެއް ތަންތަން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.
އަވަށްޓެރި ގައުމެއްގައި ޓެރަރިސްޓު ހަމަލާއެއް ރޭވުމުގެ ތުހުމަތު ހަތަރު ދިވެއްސަކަށް ކޮށް، ފުލުހުން ތަހުގީގު ފަށައި މާލޭގެ ބައެއް ތަންތަން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެ އާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި ދެ ދައުލަތެއްގެ ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލާ ފާސް ކޮށްފައިވާ ކަމަށާއި ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބަލަމުން އަންނަނީ ލަންކާގައި އެޕްރީލް 21، 2019 ގައި ދިން އީސްޓާ ހަމަލާ އަށް ދިވެހިންތަކެއް ފަންޑު ކުރި މައްސަލައެއް ކަމަށް ބެލެވެ އެވެ. އޭރު ލަންކާގެ މީޑިއާގައި ވެސް ހަމަލާގެ ތުހުމަތު ދިވެހިންގެ ބަޔަކަށް ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
ތުހުމަތުވާ މީހުންނަކީ މި ފަހުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ރާއްޖޭގައި އުޅޭ ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ ބައެއް ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ލަންކާގައި ހައްދުފަހަނަޅި ޖަމާއަތުން ދިން އީސްޓާ ހަމަލާގައި 258 މީހުން މަރުވި އެވެ. އަދި އެ މައްސަލާގައި އެ ގައުމުން 200 ވަރަކަށް މީހުން ހައްޔަރު ކުރި އެވެ. އަދި ހަމަލާގައި ބައިވެރިވި ބައެއް މީހުން ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގައި ހަމަލާއެއް ދޭން އެބައުޅޭ: އެމެރިކާ
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ލަންކާގެ އީސްޓާ ބޮމުގެ ހަމަލާގެ ޝަރީއަތް ފަސްކޮށްފި
ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން އެއްބަސްވެއްޖެ
ސްރީ ލަންކާގެ މުސްލިމް އިސް ލީޑަރަކު ހައްޔަރުކޮށްފި
އީސްޓާ ހަމަލާގައި 3 މީހަކަށް އެމެރިކާއިން ދައުވާކޮށްފި
ލަންކާގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު ހޯދަނީ
މަނީ ލޯންޑަރިންގެ ބްލެކްލިސްޓުން ލަންކާގެ ނަން ނަގައިފި
އެލްޓީޓީއީގެ މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފި