15 އޮކްޓޯބަރ 2019
ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ވަކީލުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން ކުރާ ޖޫރިމަނާތައް ދައްކަން ޖެހެނީ އެ ވަކީލަކު އަމިއްލަ އަށް ކަމަށާއި އެ ޖޫރިމަނާ އަށް ދައުލަތުގެ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ވަކީލުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން ކުރާ ޖޫރިމަނާތައް ދައްކަން ޖެހެނީ އެ ވަކީލަކު އަމިއްލަ އަށް ކަމަށާއި އެ ޖޫރިމަނާ އަށް ދައުލަތުގެ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ކަނޑައެޅީ ގދ. ތިނަދޫ ކޯޓުގައި ދައުލަތުން ދައުވާކުރި މައްސަލަތަކެއްގައި ދައުލަތުގެ ވަކީލު ގަޑިއަށް ކޯޓަށް ހާޒިރު ނުވެގެން، އެ މައްސަލަތައް އެ ކޯޓުން ބޭރުކޮށްލުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އޮތްގޮތުން މަގްބޫލު އުޒުރެއް ނެތި ގަޑިއަށް ކޯޓަށް ހާޒިރު ނުވުމުން ޖިނާއީ މައްސަލަތައް ކޯޓުން ބޭރުކޮށްލެވޭނެ އުސޫލެއް އެ ގަވާއިދުގައި ނެތް ކަމަށެވެ. އެ ގަވާއިދު އޮތްގޮތުން އެކަމަށް އެޅޭނެ ފިޔަވަޅަކީ 250ރ. އިން ޖޫރިމަނާ ކުރުން ކަމަށް ވެސް ހުކުމްގައި ވެ އެވެ. އެ އުސޫލުން ދައުލަތް ވެސް އިސްތިސްނާވެގެން ނުވާއިރު، އެގޮތަށް ކުރެވޭ ޖޫރިމަނާ އަކީ ފަރުދީ ގޮތުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށާއި އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން ކުރެވޭ ޖޫރިމަނާތަކަކީ އެ ވަކީލަކު އަމިއްލަ އަށް ދައްކަން ޖެހޭނެ ޖޫރިމަނާއެއް ކަމަށް އެ ހުކުމުގައިވެ އެވެ.
"ދައުލަތުގެ މާލިއްޔަތުން މުސާރަ އާއި އިނާޔަތްތައް ލިބޭ ފަރާތްތަކުން ގާނޫނާއި ގަވާއިދުގައި ބަޔާންކުރާ މަސްއޫލިއްޔަތު އަދާ ކުރުމުގައިވާ ވާ އިހުމާލަކުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ އެ ނޫން ވެސް ގޮތަކުން ގާނޫނާއި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރަން އޮންނަ އޮތުމުގެ ޒިންމާ ދައުލަތުން ނުވަތަ ކަމާ ގުޅުން ހުރި މުއައްސަސާއަކުން އުފުލާ ނަމަ އެއީ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ފަރާތުގެ އިހުމާލުން ލިބޭ ގެއްލުންތަކަށް ރައްޔިތުންގެ ފަރާތުން ޒިންމާ އުފުލަން ޖެހުން ކަމުގައި ނޫނީ ނުވާނެ." އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ ކަންކަމަށް ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އުފުލަން ޖެހުމަކީ ދައުލަތުގެ ވަޒީފާގައި ތިބެގެން އިހުމާލުވާ ފަރާތްތަކަށް ދެވޭ ހިތްވަރަށް ނޫނީ ނުވާނެ އެވެ. އެހެންވެ، ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން ކުރާ ޖޫރިމަނާތައް ދައްކަން ޖެހޭނީ އެ ވަކީލް އަމިއްލަ އަށް ކަމަށާއި އަދި ވަކީލަކު އައްޔަން ކޮށްފައި ނެތް ނަމަ، އެ ހާލަތުގައި އެ ޖޫރިމަނާ ދައްކަން ޖެހެނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ހުކުމުގައިވެ އެވެ.
"އެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނީ ގާނޫނާއި ގަވާއިދުން ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލައަކަށް އައްޔަން ކޮށްފައިވާ ފަރާތެއް ނޫނީ އެ މައްސަލައެއްގައި ވަކި މީހަކު އައްޔަން ކޮށްފައި ނެތް ނަމަ، ޕްރޮސެކިއުޓާ ޖެނެރަލް ފަރުދީ ގޮތުން." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން މައްސަަލަ ބޭރުކޮށްލެވޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގެ ދަށުން ކޯޓަށް ދީފައެއް ނެތް ކަމަށެވެ. އަދި ޖިނާއީ ދައުވާތަކަކީ މުޖްތަމައުގެ ހައްގާއި ފަރުދީ ހައްގުތަކެއް ވެސް ހިމެނޭ ކަމަށްވާތީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލުމަކީ އެއީ މުޖްތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަތައް ބޭރުކޮށްލަން ތިނަދޫ ކޯޓުން ނިިންމި ނިންމުން ބާތިލްކޮށް، ހައި ކޯޓުގެ ހުކުމުގައި އެންގީ އެ މައްސަލަތައް ދަށު ކޯޓުން އަލުން ބަލައި ގޮތެއް ނިންމުމަށެވެ.
ދެކުނު ގޮފީގައި އެމައްސަލަތައް ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.
ޖިހާދުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ހުށަހަޅަނީ
ޖިހާދުގެ މައްސަލަ ނުބަލަން ހައި ކޯޓުން ނިންމައިފި
ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
ޖިހާދުގެ މައްސަލަ ހައި ކޯޓުން އަނބުރާ ފޮނުވާލައިފި
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލުމުން ޕީޖީން ހައި ކޯޓަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ހުރުމަތް ކެނޑި މައްސަލަ ބަލައިނުގަތުމުން އިސްތިއުނާފަށް
މައްސަލަ އަނބުރާ ގެންދަން އުޅުނީ ކުށް ސާބިތުވިފަހުން