26 ސެޕްޓެމްބަރ 2024
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ދިރިއުޅުއްވާ އެޑްރެސް ސާފު ނުވާތީ އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ދިރިއުޅުއްވާ އެޑްރެސް ސާފު ނުވާތީ އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ. އޭނާ ދިރިއުޅޭ އެޑްރެސް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާ ކަމަށް އެ ގެއަށް ޗިޓް ހަވާލުކުރަން ދިޔުމުން ވަނީ ބުނެފަ އެވެ.
އެހެންވެ، ހައި ކޯޓުން ވަނީ ޖިހާދަށް ޗިޓް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު، އަލުން މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާނަމަ، އެ ފުރުސަތު އޮތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުންނެވެ.
އެހެންވެ، އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން އަމުރުކޮށް ދޭން ހައި ކޯޓުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޖިހާދުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ހުށަހަޅަނީ
ޖިހާދުގެ މައްސަލަ ނުބަލަން ހައި ކޯޓުން ނިންމައިފި
ޖިހާދުގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޖިހާދުގެ މައްސަލަ އިސްތިއުނާފް ކުރަން ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޖިހާދު ފުރުން ހުއްދަކުރި ނިންމުުން އިސްތިއުނާފުކޮށްފި
ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ
ހިޔާނާތުގެ ވަކި މައްސަލައެއް ނުބާލާކަށް ނާންގަން: ޕީޖީ