14 އޮކްޓޯބަރ 2019
އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ މާލޭގައި މީގެ ކުރިން އެއް ގެއަކަށް ގިނަ އަދަދެއްގެ އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. އެކަމަކު ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މިހާރު އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިމާޒް ވިދާޅުވި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެމުން އަންނަނީ ގަރާޖު ހުއްދައިގެ ސައިޒާއި އޮތޯރިޓީން ބަލާ ސައިޒާ ދިމާވޭތޯ ބެލުމަށް ފަހު އެވެ.
"އެހެންވެ މިހާރު އެކަހަލަ ކަމެއް ހިނގާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. [އެފަދަ ކަމެއް] ނުހިނގާނެއޭ ދަންނަވަން އަޅުގަނޑަށް ކެރޭނެ،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރީގައި ކޮށްފައި ހުރި ކަންތައްތަކުން އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މީގެ ކުރިން ގަވާއިދާ ހިލާފަށް އެތައް ސަތޭކަ އުޅަނދު ރަޖިސްޓްރީކޮށްދިން ކަމުގައި ވިއަސް އެ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ އެއްފަހަރާ ބާތިލް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަމަކީ ހަމައެކަނި ޓްރާންސްޕޯޓު އޮތޯރިޓީގެ މައްސަލައެއް ނަމަ ވަގުތުން ފިޔަވަޅު އެޅޭނެ އެވެ. ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރުމުގައި އުޅަނދުގެ ވެރިފަރާތާއި ޓްރާންސްޕޯޓާ ގުޅިފައިވާތީ، އެކަމުގައި ޝާމިލްވި އެއް ފަރާތަށް އެކަނި ފިޔަވަޅު އެޅުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވުމުން އެފަދަ ފިޔަވަޅުތައް އެޅުން ފަސޭހައެއް ވެސް ނުވާނެ ކަމަށެވެ. އެކަމަކު މަސްލަހަތު އޮތް ގޮތެއް ބަލައި އެ ކަންކަން ރަނގަޅު ކުރެވޭނީ ކިހިނެއްތޯ ބަލައި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
އާ ސަރުކާރާ އެކު ޓްރާންސްޕޯޓުން އުޅަނދުތައް ރަޖިސްޓްރީކޮށްދެނީ ރަނގަޅަށް ބެލުމަށްފަހު ކަމަށާއި އެހެން ނޫނީ އުޅަނދުތަކަށް ހުއްދަ ނުދޭ ކަމަށް ވިދާޅުވި އެވެ.
ގަވާއިދުގައި އޮންނަ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނީ އެ ޕާކުކުރާނެ ގަރާޖެއް ދެއްކުމުންނެވެ. ނަމަވެސް އުޅަނދުތައް ރަޖިސްޓްރީކުރި ގަރާޖުގެ ދޮރުތައް ބަންދުވެ މާލޭގެ އެކި ސަރަހައްދުތައް ވަނީ އެ އުޅަނދުތަކުން ފުރިފަ އެވެ.
ރޯޑްވާދިނަސް ހެއްދުމާ ގުޅޭ ހަރުދަނާ އާ އުސޫލެއް
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ލައިފްޖެކެޓް ނުހުންނަ އުޅަނދުގެ ސެޓްފިކެޓް ބާތިލްކުރަނީ
ނަހުލާއާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް
ޓްރާންސްޕޯޓާއި ރީޖަނަލް އެއާޕޯޓްސް ސްޓާސިނަމާ އިމާރާތަށް
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ފަރުވާކުޑަކޮށް ޚިދުމަތްދޭ ނަމަ ފިޔަވަޅު އަޅާނަން:ނަހުލާ
ނަހުލާ ދެއްކެވި ވާހަކަ އާންމުކުރުމުން ލިބުނީ ތައުރީފް
ޓެކްސީ އެޕްލިކޭޝަން މަޖްބޫރުކޮށް، އަގު ކަނޑައަޅައިފި
ޓްރާންސްޕޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް ފަށައިފި