13 އޮކްޓޯބަރ 2019
ފަންސާސް އަހަރުގެ ރާދާ އާއި 47 އަހަރުގެ މަދޫ އަކީ ޔޫއޭއީގެ ޕާކް ޒުލުގައި އޮންނަ ދެ އެތެވެ. އަދި މިއީ އެ ޒުލަށް ދާ މީހުންގެ ސަމާލުކަން ލިބޭ ދޭއްޗެވެ. ސަބަބަކީ ދުވަސްވީ ދެ އެތު ކިބައިގައި ފުޓުބޯޅައިގެ ހުނަރު ވެސް ހުންނާތީ އެވެ.
ފަންސާސް އަހަރުގެ ރާދާ އާއި 47 އަހަރުގެ މަދޫ އަކީ ޔޫއޭއީގެ ޕާކް ޒުލުގައި އޮންނަ ދެ އެތެވެ. އަދި މިއީ އެ ޒުލަށް ދާ މީހުންގެ ސަމާލުކަން ލިބޭ ދޭއްޗެވެ. ސަބަބަކީ ދުވަސްވީ ދެ އެތު ކިބައިގައި ފުޓުބޯޅައިގެ ހުނަރު ވެސް ހުންނާތީ އެވެ.
މި ދެ އެތަކީ މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ޗަރުކޭހަކުން ސަލާމަތްކޮށްގެން ޔޫއޭއީ އަށް ގެންގޮސް ވަރަށް ރަނގަޅަށް ޒުލުގައި ބަލަހައްޓާ ދެ ޖަނަވާރެވެ. އަނެއްކޮޅުން، ޕާކް ޒުލުން އަންނަނީ ރާދާ އާއި މަދޫގެ ނަޖިސް ބޭނުންކޮށްގެން ވަރަށް ހާއްސަ އަދި މުހިއްމު މަސައްކަތެއް ވެސް ކުރަމުންނެވެ. އެއީ ކަރުދާސް އުފެއްދުމެވެ.
އެމިރޭޓްސް ޕާކް ޒޫ އެޑިއުކޭޝަން މެނޭޖަރު ވަސުންދަރާ ކަރިޔަވަސަމް ބުނިގޮތުގައި އެތުގެ ނަޖިހަކީ ފައިބާ އިން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ އޭގެ ބޭނުން ހިފަން ނިންމީ އެވެ. މިއީ މާ ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމެއް ވެސް ނޫނެވެ. އަދި ތިމާވެއްޓާ ރައްޓެހި މަސައްކަތެއް ވެސް މެ އެވެ.
އެތުގެ ނަޖިހުން ކަރުދާސް އުފައްދައި އެކަމުން އާމްދަނީއެއް ވެސް މިހާރު އަންނަނީ ހޯދަމުންނެވެ.
އެތުގެ ނަޖިހުން ކަރުދާސް އުފައްދަން ހަދާ ގޮތަކީ ނަޖިސް އެއްކޮށްފައި ހަތް ފަހަރު ފެނުން ދޮވެލަނީ އެވެ. އޭގެ ފަހުން ސޯޑިއަމް ހައިޑްރޮކްސައިޑްގައި ވެސް ހަތް ފަހަރު ދޮވެލަނީ އެވެ. ބޭނުމަކީ ނަޖިހުގައި ހުންނަ ބެކްޓީރީއަތަކާއި ނުބައި ވަސް ކަނޑުވައިލުމެވެ. ދެން ހަދާ ގޮތަކީ އޮފީސްތަކުން ކުނީގެ ގޮތުގައި އުކައިލާ ކަރުދާސް ޖަމާކޮށް، އެ ކަރުދާހާއި އެތުގެ ނަޖިސް އެއްކޮށް އޮލަކޮށް ގިރައިލަނީ އެވެ.
އޭގެ ފަހުން ފަހުން ޓްރޭއެއް ކަހަލަ އެއްޗެއްގެ މައްޗަށް ތުނިކޮށް އޮއްސާލައި ހިއްކައިލަނީ އެވެ. އޭރުން އެހެރީ ކަރުދާސް ތައްޔާރުކުރެވިފަ އެވެ.
މި މަސައްކަތުގައި އިސްކޮށް އުޅޭ ޒޫ އެޑިއުކޭޓަރު ކައިތާ އިވާން ކިޔައިދިން ގޮތުގައި އެއް ކިލޯގެ ނަޖިހުން އޭ4 ސައިޒުގެ 20 ވަރަކަށް ކަރުދާސް ތިން ގަޑިއެއްހާ އިރުގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ އެވެ. ޒުލުގައި މި މި މަސައްތަށް ހާއްސަ ދެތިން މީހުން ތިބޭ އިރު، މަހެއްގެ މައްޗަށް 240 ކަރުދާސް އުފައްދަ އެވެ.
"މީގެ ކަރުދާހެއް އަހަރެމެން ވިއްކަނީ ފަންސަވީސް ދިރުހަމް [104.89ރ.] އަށް. ކަރުދާސް ވިއްކައިގެން ލިބޭ އާމްދަނީގެ ވިހި ޕަސެންޓް ހަދިޔާކުރަނީ ކެމްބޯޑިއާގެ ވައިޑްލައިފް އެލައިންސަށް،" އިވާން ބުންޏެވެ. "ބޭނުމަކީ އެތުގެ ނަސްލު ދަމަހައްޓަން ކުރާ މަސައްކަތަށް އެހީވުން."
ދުބާއީގައި ވައިގެ ތެތްކަމުން ފެން އުފައްދަނީ
ދޫންޏަށް ލޯބިކުރާ މީހުންނަށް "ސްމާޓް ބާޑް ފީޑާ"
ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
ފުރަތަމަ 3ޑީ ލޯ އިނގިރޭސިއަކަށް
އެެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިއެއް
ދުވެލި އެންމެ ބާރު މަތިންދާބޯޓް ރޯލްޒް-ރޮއިސްގައި