Roadha Mihaaru
ދިރާގުން ފަހުގެ އައިފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފި

ދިރާގުން ފަހުގެ އައިފޯނުތަކުގެ ޕްރީ އޯޑަރު ނަގަން ފަށައިފި

11 އޮކްޓޯބަރ 2019

އެޕަލް ކުންފުނިން މިދިޔަ މަހު ނެރުނު އައިފޯން 11 އަދި 11 ޕްރޯގެ ޕްރީ އޯޑަރު ދިރާގުން ނަގަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެޕަލް ކުންފުނިން މިދިޔަ މަހު ނެރުނު އައިފޯން 11 އަދި 11 ޕްރޯގެ ޕްރީ އޯޑަރު ދިރާގުން ނަގަން ފަށައިފި އެވެ.

ދިރާގުން ބުނިގޮތުގައި ކޮންމެ ކަސްޓަމަރަކަށް ވެސް އޯޑަރު ކުރެވޭނީ އެއް ފޯނެވެ. ފޯނުތައް ވިއްކާނީ ފުރަތަމަ ހުށަހަޅާ ކަސްޓަމަރުންނަށް އިސްކަންދޭ އުސޫލުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އައިފޯން 11ގެ 64 ޖީބީ އާއި 128 ޖީބީ ލިބެން ހުރި އިރު 11 ޕްރޯގެ 64 ޖީބީ އާއި 256 ޖީބީ އަދި 512 ޖީބީ ލިބޭނެ ކަމަށެވެ. އަދި އައިފޯން 11 ޕްރޯ މެކްސް ގެ 64 ޖީބީ އާއި 256 ޖީބީ އަދި 512 ޖީބީ ފޯނުތަކަށް ވެސް މި ފުރުސަތުގެ ދަށުން ޕްރީއޯޑާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އިންސްޓޯލްމަންޓް ޕްލޭނަކާއި ވަގުތުން ފައިސާ ދައްކައިގެން އޯޑަރު ކުރެވޭ ޕްލޭނެއް ތައާރަފުކޮށްފަ އެވެ. ވަގުތުން ފައިސާ ދައްކައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް އައިފޯނަށް އޯޑަރު ކުރެވޭނެ އެވެ. މި ދެ ޕްލޭނުގެ ތެރެއިން ކޮންމެ ޕްލޭނެއް ނެގިއަސް 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އެޕަލް ކުންފުނިން ނެރުނު ފަހުގެ އައިފޯނުތައް.

އެޕަލް ކުންފުނިން ނެރުނު ފަހުގެ އައިފޯނުތައް.

ޕްރީ އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޯނު ޔަގީންކޮށްދިނުމުގެ ގޮތުން އެޑްވާންސް ޕޭމަންޓެއް ނަގަ އެވެ. ފޯނު ލިބުމުން އެސްއެމްއެސް އަކުން ކަސްޓަމަރަށް އެކަން އަންގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުން ވަނީ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފ އެވެ.

އައިފޯން ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް އެ ކަސްޓަމަރަކު ބޭނުންވާ ދިރާގުގެ ސާވިސް ސެންޓަރަކުން ފޯނު ލިބޭނެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.