Roadha Mihaaru
މާލޭގެ ބައެއް މަގުތަކުގެ ގާތައް ނަގައި އަލުން ހަދަނީ

މާލޭގެ ބައެއް މަގުތަކުގެ ގާތައް ނަގައި އަލުން ހަދަނީ

10 އޮކްޓޯބަރ 2019

މާލޭގެ ބައެއް މަގުތަކުގައި ހުރި ގާތައް ނަގައި މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރަން ރާވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ބައެއް މަގުތަކުގައި ހުރި ގާތައް ނަގައި މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރަން ރާވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބައެއް މަގުތައް ހަލާކުވެ، ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައި ވާތީ އާއި ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، މާލޭގެ މަގުތައް އަލުން ހަދައި އެކި ސަރަހައްދުތަކުގެ ޕާކިން އަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެކަމަކު، އަލުން ހަދާ މަގުތަކުގެ މައުލޫމާތެއް އަސްލަމް ނުދެއްވަ އެވެ.

އަސްލަމް އެގޮތަށް ވިދާޅުވި އިރު، ފަހަކަށް އައިސް މާލެ އަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށާއި ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ. އަދި މާލެ އިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުން ޕަމްޕް ބޭނުންކޮށްގެންނެވެ.

އަސްލަމް ވިދާޅުވީ، މާލޭގައި "ފޫޓަކަށް ފެން ބޮޑުވިޔަސް" މީހުންނަށް ދައްޗާއި އުނދަގޫތައް ދިމާވާ ކަމަށެވެ. މާލޭގައި ފެން ބޮޑު ވަނީ ބޮޑަށް އަޑިގަނޑު ހުންނަ ތަންތަނުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ، މާލޭގެ މަގުތައް އަލުން ހަދަން މާލޭ ސިޓީ ކައުންސިލުން ޕްލޭން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

އަސްލަމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ، ފެން ހިންދާ ނިޒާމު، ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ވެސް ހިމެނޭ ގޮތަށެވެ. އަދި މާލޭގެ މަގުތަކުގެ އަޑީގައި ހުރި ހޮޅިތައް "އިރުއިރުކޮޅާ" ކޮންނަން ނުޖެހޭ ގޮތަށް ކަންކަން ތަރުތީބުވާން ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ކޮންނަން ނުޖެހޭ ހާލަތެއް ނާންނާނެ. ނަމަވެސް ވީހާ ވެސް މަދުން އެކަން ކުރަން ޖެހޭނެ ގޮތަކަށް، ބިމުގެ އަޑީގައި ހުރި ނެޓްވޯކްތައް ބަދަލު ކުރުމާއި އެކީގައި ޕަމްޕްތައް ލާން ޖެހޭނީ،" މާލޭގައި ފެން ބޮޑުވެއްޖެ ނަމަ، ރައްޔިތުން އުފުލާ ވޭން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މާލޭގައި ފެން ހިންދަން ހުސް ޖާގައެއް ނެތް ކަމަށެވެ. އަދި މާލެ އަށް "އޮހޮރޭ ހުރިހާ ފެނެއް" ޖެހެނީ ބޭރު ކުރަން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. މި ފަހުން މާލޭގެ އެކި ސަރަހައްދުތައް ހިއްކައި ކަންކަން ކުރި އިރު، ހަދާފައި ހުރީ ފެންތައް ބޭރުވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ގުދުރަތީ ގޮތުން ރަށްތައް ހެދިފައި ހުރީ އަމިއްލަ އަށް މޫދަށް ފެން ފައިބައިގެންދާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ރޭ ފަތިހު ވެސް މާލެ އަށް ކުރި ވިއްސާރައިގައި އާންމުކޮށް ފެން ބޮޑުވާ މަގުތަކުގައި ފެން ބޮޑުވި އެވެ. އަދި މާލޭގައި އާންމުކޮށް ފެން ބޮޑުނުވާ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ބޮޑުވި އެވެ.

މީގެ ތިން އަހަރު ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖީދީމަގު ހަދަން ފެށުމާ އެކު އެންމެން ވެސް އުއްމީދުކުރީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. މަގު އެއްކޮޅުން އަނެއްކޮޅަށް ކޮނެ، ގާތަށް ނަގައި އަލުން މަގު ހެދީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. އެކަމަކު އޭގެ ފަހުން މާލެއަށް ކުރި ވިއްސާރަތަކުގައި، ކުރިން ފެންބޮޑުނުވާ ވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވި އެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަގުތައް ހަދަން ކުރީގެ ސަރުކާރުން ވެސް ނިންމި އެވެ. މަޖީދީ މަގުގެ މަސައްކަތް 2018 ގައި ނިމުމާ އެކު އިތުރު 13 މަގެއް ހަދާނެ ކަމަށް ބުންޏެވެ. އެކަމަކު ސަރުކާރު ނިމުމުގެ ކުރިން ހެދުނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެކެވެ.