10 އޮކްޓޯބަރ 2019
އަވައްޓެރި އިންޑިއާގައި ފެން ބޮޑުވެ، ދަނޑުތައް ހަލާކުވުމުގެ އަސަރު ރާއްޖޭގެ ބަދިގެތަކަށް ވަރަށް ބޮޑަށް ކޮށްފި އެވެ. ފޮނިތަކެތި ފިޔަވާ ދިވެހިންގެ އެހެން ހުރިހާ ކެއުމެއްގައި ބޭނުންކުރާ ފިޔާ މަދުވެ، އަގު ވަނީ ރަނަށް ވެފަ އެވެ.
އަވައްޓެރި އިންޑިއާގައި ފެން ބޮޑުވެ، ދަނޑުތައް ހަލާކުވުމުގެ އަސަރު ރާއްޖޭގެ ބަދިގެތަކަށް ވަރަށް ބޮޑަށް ކޮށްފި އެވެ. ފޮނިތަކެތި ފިޔަވާ ދިވެހިންގެ އެހެން ހުރިހާ ކެއުމެއްގައި ބޭނުންކުރާ ފިޔާ މަދުވެ، އަގު ވަނީ ރަނަށް ވެފަ އެވެ.
ރިހަ، ގަރުދިޔައިން ފެށިގެން މަސްހުންޏާއި ހެދިކާ ހެދުމުގައި ވެސް ދިވެހިންނަށް ފިޔާ ކޮންމެހެން ވެސް މުހިންމެވެ. ކެއުންތަކަށް އެޅުމުގެ އިތުރުން ކާގަޑިގައި ވަކިން ވެސް ފިޔާ ބޭނުންކުރާ ދިވެހިން ގިނަ އެވެ. އެހެންކަމުން ފިޔާ ނެތި ދިވެހި ކެއުންތައް ފުރިހަމައެއް ނޫނެވެ.
ފިޔާ އެހާ މުހިންމު، ބައެއް ކައްކާއިން ބުނާ ގޮތުގައި، ރަހަ ހެޔޮވަރުކޮށް ދޭ އެއްޗަކަށް ވާތީ އެވެ. ބައެއް ކެއުންތަކަށް އަޅާ ތަކެތީގެ ސަބަބުން އުފެދޭ ދިލަ ރަހަ ކަނޑުވާލައި ރަހަ ހެޔޮވަރު ކޮށްދިނުމުގެ ރޯލު ކުޅޭ އެއްޗަކަށް ފިޔާ ވެފައިވެ އެވެ.
ސުވާލަކީ ފިޔާގެ ބަދަލުގައި ދެން ބޭނުން ކުރެވޭނީ ކޮންކޮން އެއްޗެއް ހެއްޔެވެ؟ ދިވެހި ބައެއް ކައްކާ އިން "މިހާރު"އާ އެ މީހުންގެ ހިޔާލުތައް ހިއްސާކުރި އެވެ. ފިޔާ ލިބެން ނެތް ނަމަ ދެން ހެދޭނެ ގޮތްތައް ވެސް ހުރިކަން އެ ވާހަކަތަކުން އެނގެ އެވެ.
ލީކްސް: ރާއްޖޭގެ ބާޒާރުން ލިބެން އުނދަގުލެއް ނޫން
ދިގު ފަތްތަކެއް ހުންނަ ލީކްސްއަކީ ބާޒާރުން ފަސޭހަ ކަމާ އެކު ލިބެން ހުންނަ ބާވަތެކެވެ. ބައެއް ކެއްކުންތަކުގައި އާންމުކޮށް ބޭނުންކުރެ އެވެ. އަގު ވެސް ހެޔޮ އެއްޗެކެވެ.
ދިވެހި ކައްކާއެއް ކަމަށްވާ މުހައްމަދު އާދިލް ބުނީ ފިޔާގެ ބަދަލުގައި ރިހަ ކެއްކުމަށާއި މަސްހުނި މޮޑުމަށް ވެސް ލީކްސް ރަނގަޅުވާނެ ކަމަށެވެ. ފިޔަލުގެ ރަހަޔާ ގާތްކުރާ ރަހައެއް އެ ފަތުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"އޭގެ ބުޑު ބައިގައި އަދި ވަރަށް ރަހަ ގަދަވާނެ. ކޮށާލައިގެން ބޭނުން ކުރެވޭނެ،" ފާރުފުށި ރިސޯޓްގެ ޝެފެއްގެ މަގާމު އަދާކުރަމުން އަންނަ އާދިލް ބުންޏެވެ.
ކުދި ފިޔާ: ބޮޑު ފިޔާގެ ބަދަލުގައި ބޭނުން ކުރެވިދާނެ
މިއީ އަދި ދިވެހިން އާންމުކޮށް ބޭނުންކުރާ ވައްތަރުގެ ފިޔައެއް ނޫނެވެ. އެކަމަކު ތަރުކާރީ ވިއްކާ ފިހާރަތަކުން ފަސޭހައިން ލިބެ އެވެ. ކުދި މި ފިޔާ ވާނީ މި ދަނޑިވަޅު މުހިންމު އެއްޗަކަށެވެ. "މިހާރު"ން ވާހަކަ ދެއްކި ގިނަ ކައްކާ އިން ލަފާ ދެނީ ބޮޑު ފިޔަލުގެ ބަދަލުގައި ކުދި ފިޔާ ބޭނުން ކުރުމަށެވެ.
މަޝްހޫރު ދިވެހި ކެއްކުންތެރިޔާ މަދީހާ މޫސާ ބުނީ ކުދި ފިޔަލާއި އޭގެ ރަހަ ބޮޑު ފިޔައާ ތަފާތެއް ނުވާނެ ކަމަށެވެ. ނަމަވެސް ކުދި ފިޔާ ވީމާ ރަހަ ލެއްވުމަށް އަޅަން ޖެހޭ އަދަދު އިތުރުވާނެ އެވެ.
"ބޮޑު ފިޔާގެ ބައި ކިލޯއަށް ކުދި ފިޔާގެ ކިލޯއެއް ބޭނުން ކުރެވޭނެ. އަޅުގަނޑު ވަރަށް ބޭނުން ކުރަން،" މަދީހާ ބުންޏެވެ.
"އަޅުގަނޑު އަސާރަ ހަދަނީ ވެސް ކުދި ފިޔާ ބޭނުންކޮށްގެން."
އެކަމަކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ހެޔޮ ވަންދެން މި މިތަކެތި ބޭނުން ކުރެވިދާނެ އެވެ. އެކަމަކު މައްސަލައަކީ ކުދި ފިޔާއަކީ މަދުން އިމްޕޯޓްކުރާ އެއްޗަކަށް ވެފައި އެހާ ގިނަ އަދަދަކަށް ރާއްޖޭގެ ބާޒާރުން ލިބެން ނުހުންނާނެތީ އެވެ. އެހެންކަމުން ކުދި ފިޔާ ގަންނަ މީހުންގެ އަދަދު ކުއްލިއަކަށް މަތިވެއްޖެ ނަމަ، އެ ބާވަތް ވެސް ހުސްވެދާނެ އެވެ.
ފިޔާ ނުލިބި ގިނަ ދުވަސް ވެއްޖެ ނަމަ، ނުވަތަ މާ އަގުބޮޑުވެއްޖެ ނަމަ، ފިޔާ ނުލައި ބައެއް އެއްޗެހި ކާން ޖެހޭނެ އެވެ. އެކަމަކު މިހާރު ވެސް ޗައިނާ ފަދަ ގައުމުތަކުން ފިޔާ އެތެރެކުރަން ވަނީ ފަށައިފަ އެވެ. އެހެންކަމުން މާ ބޮޑު މައްސަލައަކަށް ނުވެ، ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުން އެކަށީގެންވެ އެވެ. ތަފާތަށް އޮންނާނީ އާންމުކޮށް ބޭނުންކުރާ ފިޔާގައި ލާ ރަހަ، އެގޮތަށް ނުލުމެވެ.
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި
ނަޖޫ ބޭނުމީ ސިންޑާއާ އެކު މުޅި މަންޒަރު ބަދަލުކޮށްލަން
ޝެފް އޮލިމްޕިއަޑްގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިއްޖެ
"މާސްޓަ ޝެފް" ގެ ހޯސްޓަކަށް ތަމަންނާ
ޝިހާބު: ސައުދީގެ ދިވެހި ޝެފް
އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް
އެންމެ އަގު ބޮޑު ބާގަ އަށް 5،964 ޑޮލަރު
މެނޫގައި ވެރިމީހާގެ ފާޑުކިޔުން؛ ރަނގަޅުވީ ވިޔަފާރި
ބްރިޓިޝް އެއާވޭޒަށް ކާނާ ތައްޔާރުކުރުން ޓޮމް ކެރިޖަށް
މިއީ އެންމެ ލޯބި ޝެފް