08 އޮކްޓޯބަރ 2019
ލަންޑަން (އޮކްޓޫބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ބްރައިޓަން އަތުން 3-0 ބަލިވި މެޗުގައި އުޅަބޮއްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް މި އަހަރު ދެން ނުކުޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ލަންޑަން (އޮކްޓޫބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ބްރައިޓަން އަތުން 3-0 ބަލިވި މެޗުގައި އުޅަބޮއްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް މި އަހަރު ދެން ނުކުޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މެޑިކަލް ޓެސްޓްތަކުން ދައްކާ ގޮތުގައި އެ ޓީމުގެ ކެޕްޓަންގެ އުޅަބޮށީ ކައިރިން ލިގަމެންޓަށް އަނިޔާވެފައިވާއިރު، އެކަމުގެ ފަރުވާ އަށް މަދުވެގެން ދެ މަސް ނަގާނެ އެވެ. އޮޕަރޭޝަނެއް ކުރަން ނުޖެހުނު ނަމަވެސް ލޮރިސް އަށް އެއްކޮށް ފިޓްވެ ކުޅުމަށް އެނބުރި އާދެވޭނީ އަންނަ އަހަރު އެވެ.
"ހޫގޯ (ލޮރިސް) އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމާއި އަރާމްކުރުމަށް އަދި ފިޓްކޮށް އެނބުރި އައުމަށް ވަގުތު ބޭނުންވޭ. އެހެންވުމުން އޭނާ މި އަހަރު ދެން ނުފެންނާނެ،" ޓޮޓެންހަމުން ނެރުނު ބަޔާނެއްގައިވެ އެވެ.
އުމުރުން 32 އަހަރުގެ ލޮރިސް އަކީ 2012 ވަނަ އަހަރު 15 މިލިއަން ޔޫރޯ އަށް ޓޮޓެންހަމަށް ބަދަލުވި ފަހުން އެ ޓީމުގެ އެއް ވަނަ ކީޕަރެވެ. ޓޮޓެންހަމުން މި ފަހަރުގެ ސީޒަން ދަށްކޮށް ފެށިއިރު، ލޮރިސް ގެއްލުމަކީ އެ ޓީމަށް އަންނާނެ އިތުރު ހީނަރުކަމެކެވެ. ލޮރިސް ނެތުމުން ޓޮޓެންހަމްގެ ގޯލު ބަލަހައްޓާނީ އާޖެންޓީނާގެ ކީޕަރު ޕައޮލޯ ގަޒަނީގާ އެވެ.
ފަހަކަށް އައިސް ލޮރިސްގެ ފަރާތުން ވެސް ގިނަ ގޯސްތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެ ގޮތުން ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ލޮރިސް ހެދި ބޮޑު ގޯހެއްގެ ސަބަބުން ސައުތެމްޓަންގެ ޑެނީ އިންގްސް ވަނީ ލަނޑު ޖަހައިފަ އެވެ.
މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޓޮޓެންހަމް މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ. ޓޮޓެންހަމަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 7-2 އިން ބަލިވުމެވެ.
ލޮރިސް އަށް ތާރީހީ ޝަރަފެއް ހާސިލުކުރުމުގެ ފުރުސަތު
ލޮރިސް ނެތްނަމަ ފެންނާނީ ތަފާތު މެޗެއް: ޕޮޗެޓީނޯ
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ޔުނައިޓެޑް ބަލިވުމުން ޓެން ހާގަށް ގޯސްވީ ރަތް ކާޑު
ޓޮޓެންހަމް އިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި
ކެޕްޓަނާއި ރައިސް ނެތި ހޯދި މޮޅަށް އާޓެޓާގެ ތައުރީފު
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ލާފިން ގޭސް ބޭނުންކުރުމުން ބިސޫމާ ސަސްޕެންޑް ކޮށްފި