18 ޑިސެމްބަރ 2022
ލުސައިލް (ޑިސެމްބަރު 18) - ފްރާންސުން މިރޭ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި ނަމަ ގޯލްކީޕަރަކަށް މީގެ ކުރިން ނުލިބޭ ޝަރަފެއް ފްރާންސްގެ ހޫގޯ ލޮރިސް އަށް ހާސިލްކުރެވޭނެ އެވެ.
ލުސައިލް (ޑިސެމްބަރު 18) - ފްރާންސުން މިރޭ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި ނަމަ ގޯލްކީޕަރަކަށް މީގެ ކުރިން ނުލިބޭ ޝަރަފެއް ފްރާންސްގެ ހޫގޯ ލޮރިސް އަށް ހާސިލްކުރެވޭނެ އެވެ.
އެހެންވެއްޖެ ނަމަ ލޮރިސް ވެގެންދާނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭ ކީޕަރުންގެ ތެރެއިން މުބާރާތް ދެ ފަހަރު އުފުލާލަން ލިބޭ ފުރަތަމަ ކީޕަރަށެވެ. އަދި ބްރެޒިލްގެ ކުރީގެ ކީޕަރު ގިލްމާ ޑޮސް ސަންޓޯސް ހެދި ރެކޯޑާ އެއްވަރުކުރުމުގެ ފުރުސަތު ވެސް ލޮރިސް އަށް ލިބޭނެ އެވެ. އެކަމަކު ގިލްމާ ދެ ފަހަރު ވެސް ތަށި އުފުލާލީ ކެޕްޓަނެއްގެ ގޮތުގައެއް ނޫނެވެ.
މީގެ ކުރިން ވިދިވިދިގެން ދެ ފަހަރު ވޯލްޑް ކަޕު ކާމިޔާބު ކުރި ހަމައެކަނި ކީޕަރަކީ 1958 އަދި 1962 ގައި ބްރެޒިލުން މުބާރާތް ކާމިޔާބު ކުރިއިރު ގޯލް ބެލެހެއްޓި ގިލްމާ އެވެ.
ޖިއާންޕިއޭރޯ ކޮމްބީ (އިޓަލީ - 1934)
ޑީނޯ ޒޮފް (އިޓަލީ - 1982)
އިކާ ކަސިއަސް (ސްޕެއިން 2010)
ހޫގޯ ލޮރިސް (ފްރާންސް 2018)
ފްރާންސުން އެންމެ ފަހުގެ ވޯލްޑް ކަޕު ކާމިޔާބު ކުރުމުން އުފާފާޅު ކުރުމަށް ޕެރިހުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޮރިސް ވޯލްޑް ކަޕުގެ ތަށި އުފުލާލައިގެން --- ފޮޓޯ: އޭއެފްޕީ
ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ލޮރިސް ވަނީ އެހެން ރެކޯޑެއް ވެސް ހަދައިފަ އެވެ. އެއީ ފްރާންސް ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑެވެ. އެ ރެކޯޑް ކުރިން އޮންނަނީ 142 މެޗު ކުޅުނު ކުރީގެ ޑިފެންޑަރު ލިލިއަމް ތުރާމް އަތުގަ އެވެ. ލޮރިސް މިހާރު ވަނީ ފްރާންސްގެ ޓީމަށް 144 މެޗުގައި ކުޅެފަ އެވެ.
ފައިނަލުގައި މިރޭ ލޮރިސް ކުޅެފިނަމަ އޭނާ ވާނީ ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުނު ކީޕަރަށެވެ. ޖަރުމަންގެ މެނައިުލް ނޯޔާގެ 19 މެޗުގެ ރެކޯޑާ ލޮރިސް އެއްވަރު ކުރީ ސެމީ ފައިނަލުގަ އެވެ.
ގިނަ ރެކޯޑްތަކެއް ހާސިލުވާން ހުރި ނަމަވެސް ލޮރިސް ބުނީ އަމިއްލަ ރެކޯޑަކަށް އޭނާ ނުވިސްނާ ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން. އެއަށް ފަހު އަހަރެންގެ އަމިއްލަ ރެކޯޑްތަކާ މެދު އަހަރެން ފަހުރުވެރިވާނަން،" ލޮރިސް، 35 ބުންޏެވެ.
ފްރާންސާއި އާޖެންޓީނާ ކުޅޭ ފައިނަލު މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8 ޖަހާއިރު އެވެ.
ވޯލްޑް ކަޕުގެ ރެކޯޑެއް އޮތް ފޮންޓެއިން މަރުވެއްޖެ
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
ފްރާންސް ޓީމުގެ ފޮޓޯއިން ބޮޑު ހައިޖާނެއް އުފެދިއްޖެ
ބަލިވުމުން ފްރާންސަށް ހަޖަމެއް ނުވި، މައްސަލަ ފީފާއަށް
ގަތަރުގެ އުސޫލުތަކަށް ފްރާންސުން އިހުތިރާމް ކުރާނެ
އަނިޔާގެ ސަބަބުން ލޮރިސް މި އަހަރު ދެން ނުފެންނާނެ
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް