Roadha Mihaaru
ދެ ޔުނިވާސިޓީގެ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފި

ދެ ޔުނިވާސިޓީގެ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފި

30 ސެޕްޓެމްބަރ 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކައުންސިލް އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މަޖިލީހަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކައުންސިލް އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މަޖިލީހަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

އެ ދެ ޔުނިވާސިޓީގެ ގާނޫނު ބުނާގޮތުން، 19 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލް ނުވަތަ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ އަށް ބޭފުޅުން ތިބެން ޖެހޭނެ އެވެ. ދެން ހިމެނިވަޑައިގަންނަވާނީ ތަފާތު އަށް ދާއިރާއަކުން، ކޮންމެ ދާއިރާއަކުން ބޭފުޅަކާއި މަގާމުގެ ހައިސިއްޔަތުން ދެ މެމްބަރުންނާއި ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކެވެ.

އައިޔޫއެމްގެ މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންނާ، ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ

އައިޔޫއެމްގެ މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންނާ، ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ

އެމްއެންޔޫގެ ކައުންސިލަށް އައްޔަން ކުރެއްވި ބޭފުޅުން:

- ޑރ. އަސީލް ޖަލީލް

- މުހައްމަދު ޝަހުދީ އަންވަރު

- ޑރ. އިބްރާހިމް ޒުހުރީ

- މުހައްމަދު ނާސިހް

- އައިޝަތު ހުދާ އަހުމަދު

- އަހުމަދު ޝާން މަންސޫރު

- ޑރ. ޝެހެނާޒް އާދަމް

- ހާމިދު އަބްދުލް ޣަފޫރު

އައިޔޫއެމްގެ މަޖިލީހަށް އައްޔަން ކުރެއްވި ބޭފުޅުން

- ޑރ. އަބްދުﷲ ޝިހާމް

- އަހުމަދު ސިރާޖު

- ޑރ. މުހައްމަދު އިބްރާހިމް

- ޑރ. މުހައްމަދު ހަނީފް

- އައިޝަތު ނަޝީދާ

- ޑރ. އަބްދުﷲ ނަސީރު

- ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

- ތޮއިބާ ސައީދު

އައިޔޫއެމް ކައުންސިލަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު އައްޔަންކުރެއްވި ބައެއް ބޭފުޅުން.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްްޓްރީ

އައިޔޫއެމް ކައުންސިލަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު އައްޔަންކުރެއްވި ބައެއް ބޭފުޅުން.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްްޓްރީ

ޔުނިވާސިޓީ ކައުންސިލާއި މަޖިލީހަކީ ޔުނިވާސިޓީ ހިންގާ އެންމެ އިސް ފަރާތެވެ. އެގޮތުން ޔުނިވާސިޓީ ހިންގުމާއި ކޮންޓްރޯލްކުރުމާއި އިދާރީ އަދި ތައުލީމީ މަގުސަދުތައް ހާސިލްކުރަން ކޮލެޖާއި ފެކަލްޓީ އާއި ސެންޓަރާއި ސްކޫލާއި ޑިވިޜަނާއި އިންސްޓިޓިއުޓް ފަދަ ތަންތަން އުފެއްދުމާއި އުވައިލުމުގެ ބާރު އެތަންތަނަށް ލިބެ އެވެ. ދެ ޔުނިވާސިޓީގެ އާ ކައުންސިލް އެކުލަވައިލީ، ޔުނިވާސިޓީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ. އެއާ އެކު އެތަންތަނުގައި ކުރިން ހުންނެވި ބޭފުޅުން ވަކިކޮށް ޔުނިވާސިޓީ ހިންގަން އާ ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ.

އެ އިސްލާހު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވިއިރު، 30 ދުވަހުގެ ތެރޭގައި އާ ކައުންސިލް އުފައްދަން ޖެހެ އެވެ.