Roadha Mihaaru
މަތިވެރީގެ ބޮޑު ގެސްޓްހައުސެއް 50 އަހަރަށް ޖާބިރަށް

50 އަހަރަށް ޖާބިރުގެ ކުންފުންޏަކަށް މަތިވެރިން ގެސްޓް ހައުސްއެއް

30 ސެޕްޓެމްބަރ 2019

އއ. މަތިވެރީގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އއ. މަތިވެރީގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދީފި އެވެ.

މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ތަނެއް ހުޅުވި އެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.

އެކަމަކު، ގެސްޓް ހައުސްގެ ވެރިންތަކަކާ ޖެހުނު މައްސަލައެއް ހައްލު ނުވެ އޮއްވައި، އެ ތަން ވަނީ ޖާބިރުގެ ރިޗް ކްލަބަށް އެ އިންވެސްޓްމަންޓް ވިއްކާލައިފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައި އިރު ވެސް، ޓޫރިޒަމް މިނިސްޓްރީން ނުވަތަ ކައުންސިލުން ވެސް އެއްބަސްވުމެއް ހަދައިފައެއް ނުވެ އެވެ.

ޖާބިރު "މިހާރު" އަށް މިއަދު ވިދާޅުވީ މަތިވެރީގެ ދެ ބިމެއް އެއްކޮށްލައިގެން އަމިއްލަ މީހަކު ހެދި ބޮޑު ގެސްޓް ހައުސް އަކީ 100 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. ޖާބިރު ސިފަ ކުރެއްވި ގޮތުގައި އެ ގެސްޓް ހައުސްއާ އެ ސަރަހައްދަކީ ރިސޯޓަކާ އެއް ފެންވަރެއްގެ ތަނެކެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ރިޗް ކްލަބުން މާ ކުރިން އޮތީ އެ "އިންވެސްޓަމަންޓް" ގަނެފަ އެވެ. އަދި ގެސްޓް ހައުސް ރިޗް ކްލަބަށް 50 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޭނާއާ މެދު އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ސޮއިކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "މިހާރު" އަށް ވިދާޅުވީ މަތިވެރި ގެސްޓްހައުސްއާ ގުޅޭ ގޮތުން މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. އެކަމަކު، ޖާބިރުގެ ކުންފުންޏަކަށް އެ ތަން ކުއްޔަށް ދިން ވާހަކަ އޭނާ ދޮގު ކުރައްވާފައެއް ނުވެ އެވެ.

އަލީ ވަހީދު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މަތިވެރި ގެސްޓް ހައުސްގެ މައްސަލައިގައި ދިމާވި ކަންކަން ޑިސްޕިއުޓް މަރުހަލާގައި ހައްލުކޮށްފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ލަފާ ލިބުމާ ގުޅިގެން ގެސްޓް ހައުސްއާ މެދު ގޮތެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ ލަފާގެ މަތިން ޓޫރިޒަމް މިނިސްޓްރީން ނިންމާފައި އޮތީ މަތިވެރީގައި ހަދާފައި ހުރި ގެސްޓް ހައުސް ރިޗް ކްލަބަށް 50 އަހަރަށް ކުއްޔަށް ދިނުމަށެވެ.

"މިހާރު ހުރި ގެސްޓް ހައުސްއަކީ 100 މީހުންގެ ޖާގައިގެ ތަނެއް. އެތަނުގައި 43 ކޮޓަރި ހުންނަނީ. އަޅުގަނޑުގެ ވިސްނުމަކީ ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓް ކުރާ ތަނަކަށް ހަދަން،" ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ އެ ތަނަކީ ހަތަރު ތަރީގެ ޕްލަސްއަކަށް އެ ތަން ހަދަން."

ޖާބިރު ވިދާޅުވި ގޮތުގައި ރިޗް ކްލަބަށް އެ ގެސްޓް ހައުސް ލިބުމާ ގުޅިގެން މަތިވެރީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ގެސްޓް ހައުސް ތަރައްގީ ކުރާ އިރު، ދަތުރުފަތުރުގެ ނިޒާމާ އެހެން ކަންކަން ތަރައްގީ ކުރަން ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.