17 މާޗް 2020
ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.
ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.
މިކަން އިއުލާން ކުރެއްވީ، ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އެ ފިޔަވަޅު އެޅީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.
"މިހާރު ތިބި ޓޫރިސްޓުންނަށް ބުކިންގެ މުއްދަތު ހަމަވަންދެން ތިބެވޭނެ. އާ އެހެން ބްކިންނެއް ނުހެއްދޭނެ މި މުއްދަތުގައެއް،" އަލީ ވަހީދު ވިދާޅުވި އެވެ. ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވިދާޅުވީ، މި ދުވަސްވަރު ރިޒަވޭޝަންތައް ވަރަށް ގިނައިން ކެންސަލް ކުރަމުން ދާ ކަމަށެވެ. ޓޫރިސްޓުން ގެނައުން މަނާކޮށްފައިވާ މުއްދަތުގައި އަންނަން ކުރިން ބުކިން ހަދާފައި ތިބި ޓޫރިސްޓުންގެ ބުކިންތައް ފަހުގެ ތާރީޚަކަށް ފަސް ކުރުމަށް އަންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މިދިޔަ ހަފުތާގައި ވަނީ މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފަ އެވެ. އަދި ރަށްރަށާއި ރިސޯޓްތަކާ ދެމެދު ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ރިސޯޓުތަކުން އެކި ރަށްރަށަށް އަދި ރިސޯޓުތަކަށް ދިއުން ވެސް މި ދުވަސްވަރު ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެ ނިންމުމުގެ ސަބަބުން ރިސޯޓްތަކުގެ ވެރިންނާއި ޖެނެރަލް މެނޭޖަރުން ފެންވަރުގެ ބޭފުޅުންނަށް ވެސް ބައެއް ރިސޯޓްތަކުން ބޭރަށް ވަޑައިނުގެންނެވިދާނެ އެވެ. އެކަމަކު ހުރިހާ މުވައްޒަފުން ވެސް މި ދަނޑިވަޅުގައި ޖެހޭނީ ކެތްތެރިވާން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް ރޯގާ އިން ރައްކާތެރިވާން މުޅި ރާއްޖެ އަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ބޮޑެތި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ބައެއް ގައުމުތައް ވެސް ހިމެނޭ ގޮތުން، ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.
އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި
ސްޕޭން، ޖަރުމަން ވަކި ހިސާބުތަކުން މީހުން އައުން މަނާ
މާލެ، ހުޅުމާލެ، ވިލިމާލެއަށް ޓޫރިސްޓުން ގެނައުން މަނާ
އެކްސްކާޝަނަށް ދިއުން ހުއްޓާލަން އަންގައިފި
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ
ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ
ގެސްޓްހައުސްތަކުގައި ތިބޭނަމަ ވެކްސިންގެ 2ޑޯޒް މަޖުބޫރު
އިންޑިއާ ޓޫރިސްޓުންނަށް ގެސްޓް ހައުސްތައް މަނާކޮށްފި
ގެސްޓު ހައުސްތައް ހުޅުވަނީ – އަހަރެމެން ތައްޔާރުތަ؟
ގެސްޓުހައުސް ހުންނަ ރަށަކުން ދާ ނަމަ ކަރަންޓީން ލާޒިމު