29 ސެޕްޓެމްބަރ 2019
މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ބިއްލޫރިގަނޑުތައް ތަޅައި، ވައްކަން ކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ބިއްލޫރިގަނޑުތައް ތަޅައި، ވައްކަން ކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަމިއްލަ ކާރާއި ޓެކްސީތަކާއި ޕިކަޕްތަކުގެ ބިއްލޫރިގަނޑުތައް ތަޅައި، އެ އިން ވައްކަން ކުރުން ފަހަކަށް އައިސް އިތުރު ވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ރޭ އެކަނި ވެސް އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެވެ.
އަމިއްލަ ކާރެއް ގެންގުޅެމުން އަންނަ މީހަކު "މިހާރު" އަށް ބުނީ، އޭނާގެ ކާރަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގެއްލުން ދީފައި ވަނީ ކަލާފާނު ސްކޫލް ފުރަގަހުގައި ޕާކްކޮށްފައި އޮއްވައި އެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅާލައިގެން، ކާރު ތެރޭގައި ހުރި ބައެއް ސާމާނު ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.
މާލޭގައި ޕާކްކޮށްފައިވާ ޕްރައިވެޓް ކާރުތަކަކާއި ޓެކްސީތަކެއް. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބެލެވޭ ގޮތުގައި އެ ކަން ކުރަނީ ގާބުރިއެއް ނޫނީ ދަގަނޑު ބުރިއެއް ބޭނުންކޮށްގެން. އަޅުގަނޑުގެ ކާރުން ފައިސާތަކަކާއި ސެންޓު ފުޅި ފަދަ ތަކެތި ވަގަށް ނެގި،" އެމީހާ ކިޔައި ދިނެވެ.
މާލޭގައި ފަހަކަށް އައިސް، ކާރާއި ޕިކަޕްތަކުގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން އިތުރުވަމުންދާތީ ބައެއް އާންމުން ވެސް ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާލޭގެ ޓެކްސީ ސެންޓަރަކުން މިއަދު ބުނީ އެ ސެންޓަރުގެ ބައެއް ކާރުތަކަށް ވެސް ގެއްލުންދީ، ވައްކަން ކުރަމުންދާ ކަމަށެވެ. އަދި އެ ކާރުތަކުގައި ހުންނަ ވޯކީޓޯކީ ސެޓް ފަދަ ތަކެތި ވަގަށް ނަގާ ކަމަށާއި އެކަމުގެ ސަބަބުން ޑްރައިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް ސެންޓަރުން ބުންޏެވެ.
"އާންމުކޮށް މިކަން ކުރަނީ ޓެކްސީތައް މަގުމަތީގައި ޕާކްކޮށްފައި [ޑްރައިވަރު] ނިދަން ދާ ވަގުތުގައި. އަނެއް ދުވަހު ހޭލާ އިރު، މި ހުންނަނީ ގެއްލުން ދީފައި،" ސެންޓަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މާލޭގައި ޕާކްކޮށްފައި ހުރި ކާރަކަށް ގެއްލުން ދީފައި. ---
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެހިކަލްތަކަށް ގެއްލުންދީ ވައްކަން ކުރުން އާންމުވެފައިވާތީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފަދަ މީހުން ހައްޔަރުކޮށް ތަހުގީގު ކުރަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޓެކްސީތަކުން ވައްކަން ކުރާތީ މީހަކު ފޭސްބުކްގައި ޖެހި ޕޯސްޓެއް.
މާލެ އަށް ނުތަކާ ވަރަށް އެއްގަމު އުޅަނދު ގެންގުޅުމުގެ ސަބަބުން ވެރިރަށް މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް އެޅި އެއް ފިޔަވަޅަކީ މާލޭގައި ބޭނުންކުރާ، ހަތަރު ފުރޮޅުލީ ކޮންމެ އުޅަނދަކަށް ގަރާޖެއް ހުންނަން ޖެހޭ ގޮތަށް ގަވައިދެއް ހެދުމެވެ. އެއީ އެ އުޅަނދެއް ބޭނުން ނުކުރާ ވަގުތުގައި މަގު މަތީގައި ބޭއްވިޔަ ނުދިނުމަށްޓަކަ އެވެ. އެކަމަކު، މާލޭގައި އިންތިހާ އަށް ވެހިކަލްތަކުގެ އަދަދު އިތުރުވެ، މަގުތައް އޮތީ ވެހިކަލްތަކުން ފުރާލައިފަ އެވެ.
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ
އެހެން ވެހިކަލްތައް މަޑުކުރި، ޓެކްސީ އައީ ދުންޖަހާފައި
އައިޕެޑެއް ހިފައިގެން ފިލި ޑްރަައިވަރަކު ހޯދައިފި
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ
150،000ރ.ގެ މުދަލާއެކު ފިލި ޓެކްސީއެއް ހޯދައިފި
ތެލުގެ އަގާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަނީ
އަގު ބޮޑުކޮށް ޓެކްސީ ދަތުރުކުރި 15 މައްސަލަ ޕޮލިހަށް