07 އޯގަސްޓް 2019
ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތައް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތައް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ސަރުކާރުން މިދިޔަ ހަފުތާގައިވަނީ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި، އިއުލާންކޮށްފަ އެވެ. އެ އުސޫލު ބުނާގޮތުން މިއަދުން ފެށިގެން އެންމެ ބޮޑު މިންވަރަށް ނެގޭނީ 75ރ. އެވެ. އެއީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ތަނުން ހަމަޖައްސާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދުއްވާ މީހުން ނަގަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގާ އެއްގޮތަށް ދަތުރު ކުރުމަށް އޮތޯރިޓީން ވަނީ އެދިފަ އެވެ.
މި އުސޫލާ ހިލާފަށް ބޮޑު އަގު ނަގާ މީހެއް ނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ. އަދި މިކަމާ ގުޅޭ ޝަކުވާތައް ފުލުހުންނަށް ހުށަހެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާންގައިވެ އެވެ.
ޓްރާންސްޕޯޓްގެ އެހެން އިއުލާނެއްގައި ބުނީ އޮތޯރިޓީން ހުއްދަ ދީފައިވާ މޮބައިލް އެޕްލިކޭޝަނެއްގައި ރަޖިސްޓްރީވެ ނަގަން ޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހު ނޫނީ ޕްރައިވެޓް ހަޔަގެ ގޮތުގައި އެއްވެސް މީހަކު ޓެކްސީ ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މިއާ ހިލާފުވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. އަދި މަގުތަކުގައި ދުއްވާ އުޅަނދުތައް ރޯޑް ވާދިނަސް މިންގަނޑަށް ފެތޭތޯ އާއި އުފެއްދިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ދަތުރު ކުރެވޭތޯ ވެސް އެ އޮޕަރޭޝަންގެ ތެރެއިން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޑްރައިވަރުން ވަނީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ
ޓެކްސީ އަގަށް ތައުރީފު އެކަމަކު ޑްރައިވަރުން ޝަކުވާގައި
މާލެ-ހުޅުމާލޭގެ ޓެކްސީ ދަތުރެއްގެ އަގު 40ރ.
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޑްރައިވަރުން ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފި
ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަން ހަދަން ބަޔަކު ހޯދަނީ
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަށް ހިޔާލު ހޯދަނީ
ބޮޑުއަގުގައި ޓެކްސީކުރުން ހުއްޓުވަން ފުލުހުން ނުކުމެއްޖެ
މާލޭގެ ޓެކްސީތަކުން ހުޅުމާލޭގެ އުސޫލުތައް ފުނޑާލައިފި
10 އަހަރު ނުވާ ކާރުތަކަށް ޓެކްސީ ބޯޑު ވިއްކަނީ