11 ސެޕްޓެމްބަރ 2018
ސިނަމާލެ ބްރިޖު ހުޅުވާލުމާ އެކު މާލޭގެ ގިނަ ޓެކްސީތަކެއް ހުޅުމާލެއަށް އަރައި ޓެކްސީ ހިދުމަތް ދިނުން "ހަމައިން ނައްޓާލައިފި" ކަމަށް ބުނެ، ހުޅުމާލޭ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސިނަމާލެ ބްރިޖު ހުޅުވާލުމާ އެކު މާލޭގެ ގިނަ ޓެކްސީތަކެއް ހުޅުމާލެއަށް އަރައި ޓެކްސީ ހިދުމަތް ދިނުން "ހަމައިން ނައްޓާލައިފި" ކަމަށް ބުނެ، ހުޅުމާލޭ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ހުޅުމާލޭގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރަމުން އަންނަނީ މާލެއިން ފެންނަ ޒަމާންވީ، ބާ ކާރު ފަދަ އުޅަނދުފަހަރެއް ނޫނެވެ. ހުޅުމާލޭގައި ޓެކްސީ ކުރާ 25 އުޅަނދަކީ ވެސް ހައިބްރިޑް ކާރެވެ. ކުރީގެ ބާ ކާރުތައް ދޫކޮށް، ހަމައެކަނި ތެލުގެ ބަދަލުގައި ބެޓެރި ވެސް ބޭނުންކޮށްގެން ދުއްވާ ހައިބްރިޑް ކާރަށް ބަދަލުކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދޭން އެޗުޑީސީން ހަމަޖެއްސުމުން، ޑްރައިވަރުން ވަނީ ވަރަށް ބޮޑު ހޭދައެއް ވެސް ކޮށްފަ އެވެ.
ހުޅުމާލޭގެ ޓެކްސީތައް އޮޕަރޭޓް ކުރަނީ ހުޅުމާލެ ޑްރައިވާސް އެސޯސިއޭޝަން (އެޗްޑީއޭ) އިންނެވެ. އެ އަވަށުގައި ޓެކްސީ ކުރުމުގެ ހުއްދަ ލިބެނީ އެ އެސޯސިއޭޝަނުން ހިންގާ ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރުތަކަށް އެކަންޏެވެ.
މާލޭގައި ދުއްވަން ހުއްދަ ދޫކޮށްފައިވާ ޓެކްސީއެއް ހުޅުމާލޭގައި--
އެޗުޑީއޭގެ އިންތިޒާމް ސެކްރެޓަރީ ފަތުހުﷲ ތައުފީގް ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ބްރިޖު އާންމުކޮށް ހުޅުވާލުމާ އެކު މާލޭގެ ގިނަ ޓެކްސީތަކަކުން ހުޅުމާލެއަށް ގޮސް ދަތުރުތައް ދަނީ ނަގަމުންނެވެ. އެގޮތުން މިހާރު އެ އަވަށުގައި ދުއްވާ ޓެކްސީތަކަށް ވުރެ އިތުރަށް 100 އެއްހާ ޓެކްސީ ދަތުރުކުރަމުން ދާ ކަމަށް އޭނާ ބުންޏެވެ.
ފަތުހުﷲ ބުނީ ޓްރާންސްޕޯޓުން އަންގާފައިވާ ގޮތުން ނަމަ އެ އަވަށުގައި ޓެކްސީ ކުރެވޭނީ ހުޅުމާލޭގެ ގަރާޖެއްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެ އަވަށަށް ހާއްސަ ހުއްދައެއް ނަގާފައިވާ ޓެކްސީތަކަށް އެކަންޏެވެ. ނަމަވެސް މިހާރު އެ އުސޫލު ވަނީ، އޭނާ ބުނި ގޮތުގައި، މާލޭ ޓެކްސީތަކުގެ ޑްރައިވަރުން ބޮލާލައިޖަހާފަ އެވެ.
ހުޅުމާލޭ ޓެކްސީ ސެންޓަރަށް ގުޅައިގެން ހަމަޖައްސާ ބައެއް ދަތުރުތައް ވެސް މާލޭގެ ޓެކްސީތަކުން ނަގައިގެން ކުރާކަމުގެ ޝަކުވާ، ހުޅުމާލޭ ޓެކްސީ ޑްރައިވަރުންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ. އަދި ފެރީ ޓާމިނަލް ސަރަހައްދުގައި ޓެކްސީތަކަށް ހަމަޖައްސާފައިވާ ކިޔޫ އުސޫލުތަކާއި ޕާކިން ގަވައިދަށް ވެސް މާލޭގެ ޓެކްސީތަކުގެ ޑްރައިވަރުން ބޯނުލަނބާ ކަމަށް ފަތުހުﷲ ބުންޏެވެ.
"ގޯޅި ކަންކަން މަތީ ވެސް ޕާކްކުރަނީ. ފްލެޓްތައް ކައިރީގައި ވެސް ޕާކްކުރަނީ. ފުލުހުންނަށް ހުށަހަޅައިފިން، އެކަމަކު އަޅައެއް ނުލާ،" ހުޅުމާލޭގައި ޓެކްސީ އޮޕަރޭޓް ކުރުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ފަތުހުﷲ ބުންޏެވެ.
Male ge taxithakah ran zamaan: bridge dhathureh ge agu 150rf aai 200rf. ah!
The most trusted news source in the Maldives
Mihaaru
މާލޭގެ ޓެކްސީ ތަކުން ހުޅުމާލެއަށް ދިއުން--
"ތިން ލައްކަ ރުފިޔާ ދީފައި ހައިބްރިޑް ކާރު ގަނެގެން އަޅުގަނޑުމެނަށް މުޅިން ދެރަ މި ލިބެނީ. އަޅުގަނޑު މި ހައިބްރިޑް ކާރު ގަނެގެން ރަޖިސްޓްރީ ނުކުރެވިގެން އައްޑޫގައި ވެސް ބޭއްވިން ހަ މަސް،" ހުޅުމާލޭ ޓެކްސީ ޑްރައިވަރަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުންޏެވެ.
"އެހާ އުސޫލު ބޮޑުކޮށް އޮތް ކަމެއް މިއީ. އެކަމަކު މިހާރު ހަމައެއް ލަމައެއް ނެތް. މާލެއިން އައިސް ދަތުރުކުރަނީ ޑަބިޔާ ފަޅިފަޅި ކަހަލަ ޓެކްސީ. މާލޭގައި ޓެކްސީ ކުރަން ދީފައިވާ ހުއްދައިން މިކޮޅުގައި އެ ޓެކްސީ ކުރަނީ."
އެކަމަކު މި މައްސަލާގައި އެޗުޑީސީގެ ކަންބޮޑުވުމެއް ނެތެވެ. އެ ކުންފުނީގެ ސީއޯއޯ އަހުމަދު ބުންޔާމީން ވިދާޅުވީ އާންމުކޮށް ބްރިޖު ހުޅުވާލުމާ އެކު މާލޭގެ ޓެކްސީތަކަށް ހުޅުމާލެއަށް ދަތުރުކުރަން ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ބްރިޖު ބޭނުން ކުރުމުގެ އުސޫލަށް އަމަލްކުރަން ފެށުމުން މިހާރު ދިމާވާ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އުސޫލާ ބެހޭ އެއްވެސް ތަފުސީލެއް އެޗުޑީސީން ވެސް އަދި ޓްރާންސްޕޯޓް އޮތޯރިޓީއަކުން ވެސް އަދި ނުދެ އެވެ.
އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ
ޓެކްސީ އަގަށް ތައުރީފު އެކަމަކު ޑްރައިވަރުން ޝަކުވާގައި
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
މާލެ-ހުޅުމާލޭގެ ޓެކްސީ ދަތުރެއްގެ އަގު 40ރ.
ސަރުކާރުން ޓެކްސީ ހިދުމަތަށް ނުވަނުމަށް ގޮވާލައިފި
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި
ޑްރައިވަރުން ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފި
ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަން ހަދަން ބަޔަކު ހޯދަނީ
ރޯދަ މަހު މުދާ އުފުލާނެ ގަޑިތައް ކަނޑައަޅައިފި