Roadha Mihaaru
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަށް ހިޔާލު ހޯދަނީ

ޓެކްސީ އަގުތަކާއި މީޓަރު ހަރުކުރުމާ މެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި

09 ޖެނުއަރީ 2019

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާއި ޓެކްސީގައި މީޓަރު ހަރުކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ފަށައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާއި ޓެކްސީގައި މީޓަރު ހަރުކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ފަށައިފި އެވެ.

އިންޓަނެޓް މެދުވެރިކޮށް ކުރާ އެ ސާވޭގައި ޓެކްސީތަކާ ގުޅޭ 14 ކަމެއްގައި އާންމުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައި ވެ އެވެ.

އެގޮތުން، ޓެކްސީގައި ބޭނުން ކުރަން މީޓަރު ހަރުކުރަން ފެނޭތޯ ނުވަތަ އަގު ކަނޑައަޅަން މޯބައިލް ފޯން އެޕްލިކޭޝަނެއް ހަމަޖައްސަން ބޭނުންތޯ އެ ސާވޭގައި ބަލަ އެވެ.

މާލޭގައި ޓެކްސީ ހިދުމަތް ބޭނުން ކުރުމުގެ އަގާއި ހުޅުލެ އަދި ހުޅުމާލެ އަށް ޓެކްސީގައި ދަތުރު ކުރުމަށް ހަމަޖައްސާނެ އަގަކާ މެދު ވެސް އެ ސާވޭގައި ހިޔާލު ހޯދަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޓުވީޓް

އޭގެ އިތުރުން، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލާފައި ހުންނަ ވެހިކަލްތަކުގައި އޭޖް ލިމިޓެއް ކަނޑައެޅުމާއި މާލޭގައި އުޅަނދު ރަޖިސްޓަރީ ކުރުން ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީ ދޫކުރުމާ ގުޅޭ ގޮތުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވޭގައި ހިޔާލު ހޯދަ އެވެ.

މާލޭގައި ދުއްވާ ޓެކްސީތަކުން ދަތުރުކޮށްދޭ އަގުތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ވަނީ ފޯރަމެއް ވެސް ބާއްވައިފަ އެވެ. ޓެކްސީގެ ހިދުމަތްތަކުގެ އަގު ބޮޑު ނޫން ކަމަށް އެ ފޯރަމުގައި ޑްރައިވަރުން ބުނެފައިވާއިރު، އާންމުންގެ ހިޔާލު ތަފާތެވެ. އާންމުންގެ ނަޒަރުގައި ޓެކްސީ ދަތުރުގެ އަގު އުފުލުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޓެކްސީތަކަށް މީޓަރު ތައާރަފު ކުރުމެވެ.