Roadha Mihaaru
ރާއްޖޭގެ ލައިސަންސް މެލޭޝިއާއިން ގަބޫލުކުރާ ގޮތް ހަދަނީ

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރުމާ މެދު މަޝްވަރާކޮށްފި

29 ސެޕްޓެމްބަރ 2019

ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން މެލޭޝިއާގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މިއަދު މަޝްވަރާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން މެލޭޝިއާގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މިއަދު މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ކުރިން ބަލައިގަންނަމުން އައި ނަމަވެސް، ބޭރު ގައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދިނުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން މި އަހަރުން ފެށިގެން އެ ގައުމުން ވަނީ އުޅަނދުތައް ދުއްވުމުގައި ރާއްޖޭގެ ލައިސަންސް ބަލައިގަތުން ހުއްޓާލައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިނިސްޓަރު އާއިޝަތު ނަހުލާ މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ރާއްޖޭގެ ލައިސަންސް އެ ގައުމުގައި ބޭނުން ކުރެވޭ ގޮތް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމާ މެދު އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓްވީޓް

ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބަލައިގަތުން ހުއްޓާލާފައިވާތީ ދިވެހިން އެ ގައުމުގައި އުޅަނދުތައް ދުއްވާއިރު މެލޭޝިއާގެ ޑްރައިވިން ލައިސަންސެއް ނުވަތަ އިންޓަނޭޝަނަލް ލައިސަންސެއް ބޭނުން ކުރުމަށް ކުރިން އޮތީ އަންގައިފަ އެވެ.