29 ސެޕްޓެމްބަރ 2019
މިއަދު ސޯޝަލް މީޑިއާއަށް ވަދެލާ އިރު މުޅިން ވެސް ފެންނަނީ ރަތް ކުލައިގެ ހެދުންތަކާއި ރަތް ކުލައިގެ ފުއްޕާ ހަން ކަހަލަ، ލޮލުގައި ފަސޭހައިން އަޅައިގަންނަ މަންޒަރުތަކެވެ. އެ ހުރިހާ ކަމެއް އެކުވެގެން ގޮސް، ދެން ދައްކާލަނީ ހިތެއްގެ ސޫރަ އެވެ.
މިއަދު ސޯޝަލް މީޑިއާއަށް ވަދެލާ އިރު މުޅިން ވެސް ފެންނަނީ ރަތް ކުލައިގެ ހެދުންތަކާއި ރަތް ކުލައިގެ ފުއްޕާ ހަން ކަހަލަ، ލޮލުގައި ފަސޭހައިން އަޅައިގަންނަ މަންޒަރުތަކެވެ. އެ ހުރިހާ ކަމެއް އެކުވެގެން ގޮސް، ދެން ދައްކާލަނީ ހިތެއްގެ ސޫރަ އެވެ.
ސޯޝަލް މީޑިއާގައި ހިތާ ބެހޭ އެކި ޝުއޫރުތައް ފާޅުކުރަމުން މިއަދު ގެންދަނީ މިއީ ބައިނަލްއަގުވާމީ ހިތުގެ ދުވަސް ކަމަށް ވާތީ އެވެ. ރާއްޖޭގައި ވެސް އޮފީސްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ މަސައްކަތް މިއަދު ފެށީ ހިތުގެ ދުވަހާ ގުޅުވައިގެން ބޭއްވި އެކި އިވެންޓްތަކުންނެވެ.
ބައިނަލްއަގުވާމީ ހިތުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "އަހަރެންގެ ހިތް، ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ވައުދުވަމާ" މި އެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ހިތުގެ ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރަނީ ހިތުގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުވުމަށެވެ.
އައްޑޫ ސިޓީ ފޭދު ސްކޫލާއި އެހެން ބައެއް ސްކޫލުތަކުގެ އެސެމްބްލީގައި ދަރިވަރުންގެ އެތުރުމަކުން ހިތެއް ހެދި އެވެ. ޓީޗަރުންނާއި އެ ހުރިހާ ދަރިވަރުން ވެސް އެ ބުނަނީ "އަހަރެމެންގެ ހުރިހާ ވެސް އެއްޗަކީ ހިތެ"ވެ.
World Heart Day 2019. Lets all work to to improve our cardiovascular health by exercising, being more active, and eating healthy foods. #Worldheartday2019 #MyheartYourheart. pic.twitter.com/Us9hCBh3ai
— STELCO (@STELCOMALDIVES) September 29, 2019
ހިތުގެ ދުވަސް ފާހަގަ ކުރަން ސްޓެލްކޯއިން ބޭއްވި އިވެންޓް--
އައިޖީއެމްއެޗާއި ސްޓެލްކޯ އާއި ބީއެމްއެލްގެ އިތުރުން ބައެއް އެހެން އޮފީސްތަކުގައި ވެސް މިއަދު މަސައްކަތް ފެށީ ދުޅަހެޔޮ ހިތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ އިވެންޓްތަކުންނެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާގެ މުހިންމުކަން ބުނެދީ ހަދިޔާގެ ގޮތުގައި މުވައްޒަފުންނަށް މޭވާ އާއި ތަރުކާރީ ވެސް ވަނީ ދީފަ އެވެ.
ކުންފުނިތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް އަންނަނީ ހިތާ ގުޅޭ އެކި ޕޯސްޓްތައް ލަމުންނެވެ. މުވައްޒަފުން ބޭނުންކޮށްގެން ހަދާފައިވާ އެ ޕޯސްޓްތަކުން ހިތުގެ ސިއްހަތަށް ހޭލުންތެރި ކުރުވަ އެވެ.
Assembly organized by recreation club of #IGMH to mark World Heart Day @WHO @UNICEF @worldheartfed @TinyHeartsMV #CVD #hearthealth #myheartyourheart pic.twitter.com/rf61xKc3ZU
— IGMH (@igmhmv) September 29, 2019
ހިތުގެ ދުވަސް ފާހަގަ ކުރަން އައިޖީއެމްއެޗްގައި ބޭއްވި ހަފްލާ--
ހިތުގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރަން މަދަނީ ޖަމިއްޔާތަކާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މިއަދު ވަނީ އެކި ހަރަކާތްތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ހިތާ ގުޅޭ ބައެއް ޓެސްޓްތައް ހަދައި ދިނުމާއި ހާއްސަ މައުލޫމާތު ދިނުން ހިމެނެ އެވެ. އަދި ބައެއް ސިއްހީ މަރުކަޒުތަކުން ރަށްރަށުގައި ކަސްރަތު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދެ އެވެ.
ރާއްޖޭގައި ހިތުގެ ބަލިތައް ވަރަށް ގިނަ އެވެ. ހިތުގެ މައްސަލަތަކާ އެކު އުފަންވާ ކުޑަކުދިންގެ އަދަދު ވެސް ނިސްބަތުން މަދެއް ނޫނެވެ. ޅައުމުރުގައި ހާޓް އެޓޭކާއި ހިތުގެ އެހެން މައްސަލަތައް ޖެހުން އާންމުވެފައިވާ މިންވަރަށް ބަލާއިރު އެއީ ދިވެހިންނަށް އޮތް ސިއްހީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ގުނާލެވެ އެވެ.
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ތަހުމީނާ: ބޮޑު އޮޕަރޭޝަނެއް، ހިތް ޝުކުރުން ފުރިފައި
ތަދުކަނޑުވާ ބައެއް ބޭހުން ހިތަށް ނުރައްކާ
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ކުޑަކުދިންގެ ހިތުގެ ބަލީގެ ދެ ޑޮކްޓަރަކު ދިކްލިނިކްގައި
އޫރެއްގެ ހިތެއް ހަށިގަނޑުގައި އިންދި މީހާ މަރުވެއްޖެ
މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދައިފި
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ