Roadha Mihaaru
ގިނަ މަގުތަކުގައި ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި

ޓްރެފިކަށް ބަދަލުތަކެއް، ގިނަ މަގުތަކުގައި ދެކޮޅަށް ދުއްވޭ

28 ސެޕްޓެމްބަރ 2019

މާލޭގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސް ގިނަ މަގުތަކެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސް ގިނަ މަގުތަކެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި އެވެ.

ކުރީގެ ސަރުކާރުގައި އެއްކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސި ގިނަ މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. މަގުތަކުގައި ތޮއްޖެހި އާއްމުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ހަތް މަގެއްގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސްފައިވެ އެވެ.

އޭގެތެރޭގައި އަލިކިލޭގެފާނުގެ މަގާއި ފާށަނާކިލޭގެ މަގާއި ހިތަށްފިނިވާ މަގާއި ހުސްނުހީނާ މަގު ހިމެނެ އެވެ. ކުރިން އެއްކޮޅަށް ދުއްވާ ގިނަ މަގުތަކަކަށް ބަދަލު ގެނެސް މިހާރު ދެކޮޅަށް ދުއްވެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި އަލިކިލޭގެފާނު މަގު، ދެކުނުން އުތުރަށް ދުއްވޭގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ފާށަނާކިލޭގެފާނު މަގުގެ އުތުރުން ދެކުނަށް ދުއްވޭގޮތަށް ބަދަލު ގެނައި އިރު ހުސްނުހީނާމަގު އުތުރުން ދެކުނަށް ދަތުރުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. ދަރުމަވަންތަ މަގުގެ ހުޅަނގުން އިރަށް ވެސް މިހާރު ދަތުރުކުރެވޭނެ އެވެ.

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް.-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް.-- ފޮޓޯ: ސިޓީ ކައުންސިލް

ހިތަށްފިނިވާގެ މަގާއި ހުސްނުހީނާ މަގާއި ނޫރާނީގޯޅި އާ ދެމެދު ދެކޮޅަށް ދުއްވޭއިރު ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު ހިނގުން، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރޭ ދެކޮޅަށް އަދި ހިލާލީމަގު، ބުރުޒުމަގާއި އަމީނީމަގާއި ދޭތެރޭ ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކޮށްފައި ވެ އެވެ.

މާލޭގެ ޓްރެފިކަށާއި ޕާކިންގެ މައްސަލަ އަށް ހައްލު ގެނައުމަށް ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ވެސް މާލޭގެ އެކި ހިސާބުތަކުގައި ޕާކިން ޒޯނުތައް ހަދާފައި ވެ އެވެ.