Roadha Mihaaru
ރެފިއުޖީންގެ ބޯޓެއް ފެތި 42 މީހުން ކަނޑުވެއްޖެ

ރެފިއުޖީންގެ ބޯޓެއް ފެތި 42 މީހުން ކަނޑުވެއްޖެ

22 ސެޕްޓެމްބަރ 2016

ގާހިރާ (ސެޕްޓެމްބަރު 22) - މިސްރުގެ އައްސޭރިން ބޭރުން ރެފިއުޖީންގެ ބޯޓެއް ފެތި 42 މީހުން ކަނޑުވެގެން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ސެޕްޓެމްބަރު 22) - މިސްރުގެ އައްސޭރިން ބޭރުން ރެފިއުޖީންގެ ބޯޓެއް ފެތި 42 މީހުން ކަނޑުވެގެން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިސްރުގެ ރަސްމީ ނޫސް އެޖެންސީން ބުނީ ރެފިއުޖީންގެ ބޯޓުން 600 މީހުން ދަތުރުކުރި ކަމަށެވެ. އަދި މީގެ ތެރޭން 150 މީހުން ސަލާމަތްކުރި ކަމަށް ބުނެފައިވެ އެވެ. ބޯޓު ފެތިފައި ވަނީ ކަފްރު އަލް ޝެއިޚްއާ ދިމާ ބޭރުންނެވެ. ފެތުނު ބޯޓުގައި ތިބީ މިސްރު، ސީރިއާ، އަދި އެފްރިކާގެ ރެފިއުޖީންނެވެ.

މިސްރުގެ ހެލްތު މިނިސްޓްރީން ބުނީ ގެނބިގެން މަރުވި މީހުންގެ ތެރޭގައި 20 ފިިރިހެނުންނާއި 10 އަންހެނުންނާއި ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ. ފެތުނު ބޯޓުގެ މިސްރާބު ހުރީ ކޮން ގައުމަކަށް ކަމަށް ނޭނގެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ދަތުރު ކުރަމުން ދިޔައީ އިޓަލީ އަށެވެ.

މި އަހަރުގެ މިހާތަނަށް ވެސް ޔޫރަޕަށް ތިން ލައްކަ ރެފިއުޖީން އެތެރެވެފައިވާ ކަމަށްވޭ. --ފޮޓޯ:އޭޕީ

މި އަހަރުގެ މިހާތަނަށް ވެސް ޔޫރަޕަށް ތިން ލައްކަ ރެފިއުޖީން އެތެރެވެފައިވާ ކަމަށްވޭ. --ފޮޓޯ:އޭޕީ

މި ހާދިސާ ހިނގާފައި މި ވަނީ ޔޫރަޕަށް އެތެރެވާ ގިނަ ރެފިއުޖީން ޑިޕާޗާ ޕޮއިންޓެއްގެ ގޮތުގައި މިހާރު ބޭނުން ކުރަނީ މިސްރު ކަމަށް އީޔޫގެ ބޯޑާ އެޖެންސީން ބުނެފައި ވަނިކޮށެވެ. މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރާ ހަމައަށް މިސްރުން 12،000 ރެފިއުޖީން އިޓަލީ އަށް އެތެރެވެފައިވާ ކަމަށް ބޯޑާ އެޖެންސީން ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިސްރުން އިޓަލީ އަށް ދަތުރުކޮށްފައި ވަނީ 7،000 ރެފިއުޖީންނެވެ.

ރެފިއުޖީން ގޮވައިގެން ދަތުރުކުރަނިކޮށް މިދިޔަ އަހަރާއި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ މެޑިޓެރޭނިއަން ކަނޑަށް ވަނީ 6،600 ރެފިއުޖީން ގެނބިފަ އެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ޖުލައި މަހު ބުނީ އެންމެ ގިނަ ރެފިއުޖީން ކަނޑުވި އަހަރަށް މި އަހަރުވުން ގާތް ކަމަށެވެ. އަދި މެޑިޓެރޭނިއަން ހުރަސްކުރަން އުޅެނިކޮށް މި އަހަރު 3،000 ރެފިއުޖީން ކަނޑުވެގެން މަރުވެފައިވާ ކަމަށް އައިއޯއެމް އިން ބުނެފައިވެ އެވެ.