Roadha Mihaaru
މިސްރު ޓީވީގެ ބައެއް ޕްރެޒެންޓަރުން ހިކެން އަންގައިފި

މިސްރު ޓީވީގެ ބައެއް ޕްރެޒެންޓަރުން ހިކެން އަންގައިފި

18 އޯގަސްޓް 2016

ގާހިރާ (އޮގަސްޓް 18) - މިސްރު ޓީވީގެ ފަލަ އަންހެން އަށް ޕްރެޒެންޓަރަކު ސަސްޕެންޑްކޮށް އެ މީހުން ޑައެޓް ކުރަން އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (އޮގަސްޓް 18) - މިސްރު ޓީވީގެ ފަލަ އަންހެން އަށް ޕްރެޒެންޓަރަކު ސަސްޕެންޑްކޮށް އެ މީހުން ޑައެޓް ކުރަން އަންގައިފި އެވެ.

މިސްރު ރޭޑިއޯ އާއި ޓީވީ ޔޫނިއަން (އީއާރުޓީޔޫ) އިން ވަނީ ފަލަ އަންހެން ޕްރެޒެންޓަރުން ހިކެން އެއް މަސް ދުވަސްދީފަ އެވެ. އެހެން ނޫނީ އެ މީހުންނަށް ޓީވީ އަށް ނޭރޭނެ ކަމަށް އަންގައިފައިވާ ކަމަށް އަލްް ޔައުމް އަލް ސާބީ ވެބްސައިޓުގައި ބުނެފައިވެ އެވެ. އީއާރުޓީޔޫގެ ނިންމުމާ ގުޅިގެން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ވަނީ ފާޑުކިޔަން ފަށައިފަ އެވެ.

ސަސްޕެންޑްކުރި ޕްރެޒެންޓަރެއް ކަމަށްވާ ޚަދީޖާ ޚައްތާބު ބުނީ އޭނާ ޓީވީ އަށް އަރާ ޕްރޮގްރާމް ހުށަހަޅާ އިރު ފަލަތޯ ނުވަތަ ހިކިތޯ ނިންމާނީ ޓީވީ ބެލުންތެރިން ކަމަށެވެ.

މިސްރު ރޭޑިއޯ އާއި ޓީވީ ޔޫނިއަންގެ އިސް ވެރިޔާ ސަފާ ހަގާޒީ އަކީ ވެސް އެއް ޒަމާނެއްގައި ޓީވީ ޕްރެޒެންޓަރެއް. --ފޮޓޯ:އީއާރުޓީޔޫ

މިސްރު ރޭޑިއޯ އާއި ޓީވީ ޔޫނިއަންގެ އިސް ވެރިޔާ ސަފާ ހަގާޒީ އަކީ ވެސް އެއް ޒަމާނެއްގައި ޓީވީ ޕްރެޒެންޓަރެއް. --ފޮޓޯ:އީއާރުޓީޔޫ

މިސްރުގެ ވިމެންސް ސެންޓާ ފޯ ގައިޑެންސް އެންޑް ލީގަލް އެވެއާނެސް ވަނީ އަންހެން ޕްރެޒެންޓަރުން ސަސްޕެންޑްކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ. އަދި އެއީ މިސްރުގެ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އީއާރުޓީޔޫގެ ނިންމުމަށް މިސްރުގެ ބައެއް މީޑިއާތަކުން ވެސް ވަނީ ފާޑުކިޔައިފަ އެވެ. މިސްރުގެ ޕްރެޒެންޓަރެއް ކަމަށްވާ ވަހީދު އަބްދުލް މާޖިދު ބުނީ ޕްރެޒެންޓަރުންގެ ސިފަ ރަނގަޅު ކުރުމަށް ވުރެ ކޮންޓެންޓް ރަނގަޅު ކުރުން މާ މުހިންމު ކަމަށެވެ.