Roadha Mihaaru
ބާ ކައުންސިލްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައިފި

ބާ ކައުންސިލުން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި

26 ސެޕްޓެމްބަރ 2019

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މަގާމެއް ހުސްވީ އެ ކޮމެޓީގެ މެމްބަރަކަށް ހުންނެވި އައިޝާ ޝުޖޫން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.

ބާ ކައުންސިލުން ބުނިގޮތުގައި، ހުސްވި މަގާމަށް ކުރިމަތިލެއްވީ އަބްދުއްސަލާމް އާރިފް އާއި ނޫރުބާން ފަހުމީ އެވެ. އެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އިތުރު ހަ މެމްބަރަކާއި ބަންޑާރަ ނައިބެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.