Roadha Mihaaru
ބްރިޖް ހައިވޭގައި ތިން ކާރު އެކްސިޑެންޓްވެއްޖެ

ބްރިޖް ހައިވޭގައި ތިން ކާރު އެކްސިޑެންޓްވެއްޖެ

24 ސެޕްޓެމްބަރ 2019

ސިނަމާލޭ ބްރިޖް ހައިވޭގައި މަސައްކަތެއް ކުރާ ތަނެއްގައި ބަހައްޓާފައި ހުރި ކޯނެއް ވަޔާ އެކު މަގުމައްޗަށް ދިޔަ ވަގުތު އައި ކާރެއް ކުއްލިއަކަށް މަަޑުކުރަން ޖެހުމުން، ފަހަތުން އައި ދެ ކާރު ޖެހި މިއަދު އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ މެންދުރު ފަހު 2:15 ހާއިރު މި އެކްސިޑެންޓް ހިނގީ ހައިވޭގައި މާލޭން ހުޅުމާލެ އަށް ދާ ފަޅީގައި ކަމަށެވެ. މި އެކްސިޑެންޓްގައި ހިމެނޭ ތިން ކާރަކީ ވެސް ޓެކްސީ ކުރަން ބޭނުންކުރާ އެއްޗިއްސެވެ.

އެކްސިޑެންޓްގައި ތިން ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފަ އެވެ. ފުލުހުން ބުނީ ތިން ކާރުގެ ޑްރައިވަރުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށާއި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހައިވޭ ހިމެނޭ ސަރަހައްދުގެ ދަގަނޑު ފެންސުން ދަބަރު ކަހައި އަލުން ދަވާދު ލުމާއި ޑިވައިޑާތައް ކޮންކްރީޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ވެސް މަގުގައި ކޯން ބަހައްޓައިގެން މި ދުވަސްވަރު މަސައްކަތްކުރެ އެވެ.

ބްރިޖް ހައިވޭގައި މީގެ ކުރިން ވެސް އެކި ވަރުގެ އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. ނަމަވެސް ފަހަކަށް އައިސް އެކްސިޑެންޓްތައް މަދެވެ.