23 ސެޕްޓެމްބަރ 2019
ޕެރިސް (ސެޕްޓެމްބަރު 23) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ފަހު ވަގުތު ޖެހި ގޯލުން ޕީއެސްޖީން 1-0 އިން ލިޔޯން ބަލިކޮށްފި އެވެ.
ޕެރިސް (ސެޕްޓެމްބަރު 23) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ފަހު ވަގުތު ޖެހި ގޯލުން ޕީއެސްޖީން 1-0 އިން ލިޔޯން ބަލިކޮށްފި އެވެ.
މިއީ ނޭމާ ފަހު ވަގުތު ޖެހި ގޯލަކުން ޕީއެސްޖީ ޖެހިޖެހިގެން މޮޅުވި ދެ ވަނަ މެޗެވެ. މީގެ ކުރިން ޕީއެސްޖީގެ ސަޕޯޓަރުން ނޭމާއާ ދެކޮޅަށް ދަނޑުތެރޭގައި ހަޅުތާލުކުރަމުންދަނިކޮށް އޭނާ ވަނީ ސްޓްރަސްބޯގް އަތުން ވެސް ޕީއެސްޖީ މޮޅުކޮށްދީފަ އެވެ. ރޭގެ މެޗުގައި ވެސް ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވަނީ ނޭމާއާ މެދު ނުރުހޭ ކަމަށް ބުނެ ދަނޑު ތެރޭގައި ޝުއޫރުފާޅުކޮށްފަ އެވެ. ޕީއެސްޖީ ސަޕޯޓަރުން ހިތްހަމަނުޖެހުނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވާން ނޭމާ އުޅުނު ގޮތުންނެވެ.
ލިޔޯން ދަނޑުގައި ކުޅުނު މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ނޭމާ ގޯލު ޖެހީ ލިޔޯނުގެ ގޯލްކީޕަރު އެންތޮނީ ލޮޕޭޒަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. މި މެޗުގައި ޕީއެސްޖީން ފޮނުވާލި ގިނަ ހަމަލާތަކެއް ލޮޕޭޒް ވަނީ ހުއްޓުވައިފަ އެވެ. ޕީއެސްޖީ އަށް ދެން ލަނޑެއް ޖަހައިދޭން ރަނގަޅު ފުރުސަތެއް ލިބުނީ ޗޮޕޫ މޯޓިން އަށެވެ. އޭނާ އަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ނޭމާ އަށް އަދިވެސް ތަފާތު ދެއްކޭނެ ކަމަށެވެ.
"ނޭމާ އަށް އަދިވެސް މޮޅަށް ކުޅެވޭނެ. މިއީ މިދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް މަހުގެ ތެރޭގައި އޭނާގެ ދެ ވަނަ މެޗު. އޭނާގެ 100 ޕަސެންޓް ކުޅުމެއް ނޫން މިއީ. ނޭމާ ފެންވަރުގެ ކުޅުންތެރިއަކަށް އަދިވެސް ހޯދޭނެ ކުރިއެރުން އެބަހުރި. އެކަން ކޮށްދޭން އަހަރެން މި ހުރީ އެހީވާން ތައްޔާރަށް،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ރޭގެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ޕީއެސްޖީގެ އެޑިސަން ކަވާނީ، ކިލިއަން އެމްބާޕޭ އަދި މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ އަށް ބަދަލުވި މައުރޯ އިކާޑީ ނުކުޅެ އެވެ. އެ ކުޅުންތެރިން ޓީމާ ގުޅުމުން ޕީއެސްޖީ އިތުރަށް ވަރުގަދަވާނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
ޕީއެސްޖީން ރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެންޖާސް އާއި ތިން ވަނައިގައި އޮތް ނީސް އަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
ނޭމާ އަށް ރަތެއް، ޕީއެސްޖީ މޮޅުކޮށްދިނީ އެމްބާޕޭ
އުނދަގޫ މޮޅެއް، މެސީ، ނޭމާ، އެމްބާޕޭ ވެސް ގޯލުޖެހި
ނޭމާގެ ލަނޑުން މޮނާކޯ އަތުން ޕީއެސްޖީ އަށް ޕޮއިންޓެއް
މެސީގެ އެހީއާއެކު އެމްބާޕޭ ލީގު ރެކޯޑަކާ އެއްވަރުކޮށްފި
މޮންޓްޕެލިއޭ ކޮޅަށް ދެ ލަނޑު ޖަހައި ނޭމާގެ ފޯމުގައި
ނޭމާ ދެ މެޗަށް ސަސްޕެންޑްކޮށްފި
ނޭމާގެ ދިފާއުގައި ޕީއެސްޖީ ތެދުވެއްޖެ
ނޭމާ އާއި އެމްބާޕޭ ޕީއެސްޖީގެ ކޯޗާ މައްސަލަ ޖެހިއްޖެ
ނޭމާ ދެއްކި ވާހަކަތަކަށް ކޯޗު ޖަވާބުދީފި