Roadha Mihaaru
ހުޅުޖެހިތޯ ބަލަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

ހުޅުޖެހުމުގެ މައްސަލަތައް ބަލާ ފުލުހުން އަދިވެސް އެބަ ހަރަކާތްތެރިވޭ

23 ސެޕްޓެމްބަރ 2019

ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގީ ގަސްދުގައި ބަޔަކު ރޯކޮށްލައިގެންތޯ ބަލަން ތަހުގީގުކުރާ ޓީމު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގީ ގަސްދުގައި ބަޔަކު ރޯކޮށްލައިގެންތޯ ބަލަން ތަހުގީގުކުރާ ޓީމު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަކީ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިރޭ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހިމެނޭ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ފޭސްބުކްގައި ލިޔުއްވާފައި ވަނީ "އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ.

މުއިއްޒުގެ މި ތުހުމަތާ ގުޅިގެން ނޫސްވެރިން އަންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްް (އެމްއެންޑީއެފް) އާއި ފުލުހުންނާ ވެސް ސުވާލުކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ދެ އިދާރާއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަަމަކު ފުލުހުން ބުނީ ހުޅުޖެހުމުގެ ހަމަލާތައް ތަހުގީގުކުރާ ޓީމާއި ފޮރެންސިކް ޓީމު ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ބޮޑު ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި އިރު އެކަކު މަރުވެ، 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނެވެ. އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.