Roadha Mihaaru
އުރީދޫން ވާދަވެރިންނާ ސުލްހައިގެ ސަލާންކޮށްފި

ސުލްހައިގެ ދުވަހު އުރީދޫން ވާދަވެރިންނަށް ސުލްހައިގެ ސަލާންކޮށްފި

21 ސެޕްޓެމްބަރ 2016

މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި އަބަދުވެސް ވާދަވެރިކަން ބޮޑެވެ. އާ ހިދުމަތްތައް ތައާރަފްކުރަން އަވަސްވެގަނެ އެވެ. އެއް ބަޔަކު އަގުހެޔޮ ކުރާއިރަށް އަނެއް ކުންފުނިން ވެސް އެ ހިދުމަތެއްގެ އަގުހެޔޮކޮށްލަ އެވެ. އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ގިނައިން ހިލޭ ޑޭޓާ އާއި އެހެނިހެން ބޯނަސްތައް ކަސްޓަމަރުންނަށް ދެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި އަބަދުވެސް ވާދަވެރިކަން ބޮޑެވެ. އާ ހިދުމަތްތައް ތައާރަފްކުރަން އަވަސްވެގަނެ އެވެ. އެއް ބަޔަކު އަގުހެޔޮ ކުރާއިރަށް އަނެއް ކުންފުނިން ވެސް އެ ހިދުމަތެއްގެ އަގުހެޔޮކޮށްލަ އެވެ. އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ގިނައިން ހިލޭ ޑޭޓާ އާއި އެހެނިހެން ބޯނަސްތައް ކަސްޓަމަރުންނަށް ދެ އެވެ.

އެ މީހެއްގެ ފޯނު ނަންބަރު ބަދަލު ނުކޮށް ބޭނުން ކޮންމެ ނެޓްވޯކެއްގައި ބޭނުންކުރެވޭ ގޮތަށް ހެދުމާ އެކު އެ ވާދަވެރިކަން މިހާރު ވަނީ ކުރިއަށް ވުރެ ވެސް ބޮޑުވެފަ އެވެ. ފާޑުފާޑުގެ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްގެން ވާދަވެރި ނެޓްވޯކްގައި ތިބޭ ކަސްޓަމަރުން އަތުލައިގަނެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. ބަދަލުވާ މީހާއަށާއި އެކަމަށް އެހެން މީހަކު އެހީވެއްޖެ ނަމަ އެ މީހަކަށް ވެސް ބޮޑެތި އިނާޔަތްތައް ވަނީ ހުށަހަަޅައިފަ އެވެ.

ނަމަވެސް، އެ ވާދަވެރިކަން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މިއަދު ވަނީ ހަނދާން ނައްތާލައިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަކުރަމުން އަންނަ ސުލްހައިގެ ދުވަަސް އުރީދޫން ފެށީ ވާދަވެރިންނަށް ސުލްހައިގެ ސަލާން ފޮނުވަމުންނެވެ. އެ ކުންފުނީގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ދިރާގަށާއި އިންޓަނެޓްގެ ހިދުމަތް ދޭ ރާއްޖެ އޮންލައިން އަށް، އުރީދޫން ވަނީ ފޭސްބުކް އާއި ޓްވިޓާގައި އެ ސަލާން ފޮނުވައިފަ އެވެ.

އުރީދޫގެ ފޭސްބުކް ޕޯސްޓް: ޓްވިޓާގައި ވެސް އެ ޕޯސްޓް ކޮށްފައިވޭ.

އުރީދޫގެ ސަލާން ދިރާގުން ވަނީ ބަލައިގެންފަ އެވެ. މުވާސަލާތީ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނިން ޓުވިޓާ އާއި ފޭސްބުކްގައި އުރީދޫއާ ވަނީ ސަލާންކޮށްފަ އެވެ.

އުރީދޫގެ ސަލާން ދިރާގުން ބަލައިގެންފައި: ފޭސްބުކްގައި ވެސް ދިރާގުން ވަނީ މި ޕޯސްޓް ކޮށްފައި.

އުރީދޫގެ އެ އިސް ނެގުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ޓުވީޓާ އާއި ފޭސްބުކްގައި އުރީދޫގެ ޕޯސްޓް ޝެއާކުރުމަށް ފަހު އެއީ "ވަރަށް ސަޅި" ކަމެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފަ އެވެ. ބައެއް މީހުންނަށް އެކަން ވަރަށް މަޖާ ވެސް ވި އެވެ.

އދ. އިން ފާސްކޮށްގެން 1982 ގައި ފާހަގަކުރުމަށް ފެށި އިންޓަނޭޝަނަލް ޑޭ އޮފް ޕީސް ނުވަތަ ސުލްހައިގެ ދުވަސް ފާހަގަކުރަނީ ހަނގުރާމަ އާއި އެ ނޫން ވެސް ހަމަނުޖެހުންތައް ދުނިޔެއިން ފޮހެލުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެ ދުވަސް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 21 ގައި ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް: ސުލްހައިގެ އަސާސް" އެވެ.