Roadha Mihaaru
ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންދިއުމުން ޑިސްކައުންޓެއް

ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންދިއުމުން އެސްޓީއޯ އިން ޑިސްކައުންޓެއް

20 ސެޕްޓެމްބަރ 2019

ވިޔަފާރި ކުރުމަށް ދާއިރު، ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންދިއުމުން، ގަންނަ ކޮންމެ ބާވަތަކަށް އެސްޓީއޯ ސުޕަމާޓުން ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިޔަފާރި ކުރުމަށް ދާއިރު، ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންދިއުމުން، ގަންނަ ކޮންމެ ބާވަތަކަށް އެސްޓީއޯ ސުޕަމާޓުން ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

"ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" މި ޝިއާރުގެ ދަށުން އެސްޓީއޯ އިން ފެށި މި ޕްރޮމޯޝަނަކީ ވިޔަފާރި ކުރުމަަށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުން ޑިސްކައުޓް ލިބޭނީ އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރާ މީހުންނަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ބާރު އަޅާނީ ވިޔަފާރި ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރު ކުރުމަށް ކަމަށެވެ. އެހެންކަމުން މިކަމުގައި އެސްޓީއޯ އަށް އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮޝަނުގެ ސަބަބުން ޕްލާސްޓިކް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ވިޔަފާރި ކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުުންޏެވެ.