19 އެޕްރީލް 2023
ވިޔަފާރީގެ މުއާމަލާތްތަކުގައި ކޮންމެ ކޮތަޅަކަށް އިއްޔެ އިން ފެށިގެން ދެ ރުފިޔާ ނަގަން ފަށައިފި އެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި ބަދަލާ އެކު، އިއްޔެ އެ ގެނައި ބަދަލަކީ ވަރަށް ތާރީހީ ބަދަލެކެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގައި ކޮންމެ ކޮތަޅަކަށް އިއްޔެ އިން ފެށިގެން ދެ ރުފިޔާ ނަގަން ފަށައިފި އެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި ބަދަލާ އެކު، އިއްޔެ އެ ގެނައި ބަދަލަކީ ވަރަށް ތާރީހީ ބަދަލެކެވެ.
ގާނޫނަށް ސަރުކާރުން ބަދަލު ގެނައީ އެންމެ ބޭނުމެއްގަ އެވެ. އެއީ ޕްލާސްޓިކް މަދުކުރުމުގެ ބޭނުމުގަ އެވެ. ސަރުކާރުން ގަބޫލުކުރީ ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމާ އެކު ކޮތަޅު ބޭނުން ކުރާލެއް މަދުވާނެ ކަމެވެ. އެހެންވެ، ސީދާ ކޮތަޅު މަނާކުރުމުގެ ބަދަލުގައި ކޮތަޅުން ޑިއުޓީ ނެގުމަކީ، ރާއްޖެ އަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި ބޭނުންކުރުން މަދުކުރެވިދާނެ ގޮތެއް ކަމަށް ސަރުކާރަށް ގަބޫލުކުރެވުނެވެ.
އެކަމަކު މަންޒަރު ފެނުނީ މުޅިން އެހެނެއް ނޫނެވެ؛ ސަރުކާރުން ބޭނުންވާ ގޮތް އެއް ދުވަހުގެ ތެރޭގައި ނުފެނުނަސް، އާންމުންގެ ކެތްތެރިކަން މިހާރު ވަނީ ކޮޅުން ލާން ފަށައިފަ އެވެ. ކޮންމެ ކޮތަޅަކަށް ސަރުކާރަށް 2ރ. ދައްކަން ގާނޫނު ބުނި އިރު، ކުރިން ހިލޭ ލިބުނު ކޮތަޅަކަށް އާންމު މީހާ 5ރ. ދައްކަން ޖެހިއްޖެ އެވެ.
ރާއްޖެ އަކީ، ދިރިއުޅުމުގެ އާދަތައް އޮތްގޮތުން ޕްލާސްޓިކް ކޮތަޅާ ނުލައި އުޅެވެން ވެސް އޮތް ގައުމެއް ނޫނެވެ. އަދި، ތިމާވެއްޓަށް ކިތަންމެ ލޯބި ކުރިޔަސް ޕްލާސްޓިކް އެއްކޮށް މުޅިން ދޫކޮށްލެވޭކަށް ވެސް ނެތެވެ. ދިރިއުޅުމާ ގުޅިފައިވާ ކަންކަމުގައި ޕްލާސްޓިކް މަދުކުރެވުނަސް، ޕްލާސްޓިކް ކޮތަޅާ ނުލައި އުޅެވޭނެ ގޮތެއް ނެތީ، އެ ވަސީލަތްތައް ރާއްޖޭގައި ނެތީމަ އެވެ. އެހެންވެ، ގާނޫނަށް ގެނައި ބަދަލާ އެކު އާންމުންނަށް އަނެއްކާ ވެސް ވަނީ އިތުރު ބުރަޔަކާ ކުރިމަތިލާން ޖެހިފަ އެވެ.
"އަހަރު ފެށުމާ އެކު ޖީއެސްޓީ ބޮޑުކުރީ. އަނެއްކާ ވެސް އަނެއް ޓެކްސްއެއް މި އައީ،" އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ބުންޏެވެ.
އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ--- ފައިލް ފޮޓޯ: މިޙާރު
"ތިމާވެށި މި އަންނަނީ ހަމައެކަނި އާންމުންނާ ހަމައަށް ދިޔައީމަ. ކަނޑާއި ފަޅުތަކަށް ރިސޯޓްތަކުން ކުނި ވެސް އަޅަނީ. ޕްލާސްޓިކް ވެސް އަޅަނީ. ސަރުކާރުން ގަސްތައް ވެސް ކަނޑަނީ. އެކަމަކު މިކަހަލަ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ވެސް އަބަދުވެސް ފިޔަވަޅު އަޅަން ޖެހެނީ އާންމުން."
"ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށަން ޖެހޭނީ އާންމުންނަށް އެހެން ގޮތްތަކެއް ހޯދައިދީފައި."
"ރިސޯޓްތަކުން ކުނި އަޅަނީ މޫދަށް އެކަން ހުއްޓުވާކަށް ސަރުކާރަކަށް ނުކެރުނު. އަދި ޗާޖު ކުރާކަށް ވެސް ފިޔަވަޅު އަޅާކަށް ވެސް ނުކެރުނު. ފަޅު ކޮނެގެން ކިތައް ފަރު ހަލާކު ކޮށްލީ. ތިމާވެއްޓޯ... ދެން ފެންނަނީ ކުނި ގޮނޑުތަކުގައި ދޭތެރެ ދޭތެރެއިން ރޯވެ އަނދާ މަންޒަރު،" އާންމު މީހަކު "މިހާރު"ގެ އާޓިކަލް އަކަށް ފޮނުވި ކޮމެންޓެއްގައި ވެ އެވެ.
"ޕްލާސްޓިކް ކޮތަޅާއިގެން އުޅެނީ ތަރައްގީވެފައިވާ ޔޫރޮޕް ގައުމުތަކުން. އެތަންތާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ކަމެއް ހުންނަނީ ހަމަޖެހިފަ. ލިބޭ މުސާރައިން ހުރިހާ ކަމެއް ކުރެވިފަ އިތުރު ވެސް ވޭ. މިތާނގައި އުމުރުދުވަހު އާއިލާތައް އެއް ކޮޓަރީގައި ޑިއުޓީ ބަހައިގެން ނިދަނީ، ހޭބޯނާރާ މަސައްކަތް، ލިބޭ ހުރިހާ އެއްޗެއް ކުއްޔަށް، މިވަރުތަނަކަށް ޔޫރޮޕް ސްޓޭންޑަޓް ފިޓްކުރަން ތިއުޅެނީ."
އާންމުން ފާޑު ކީ އަނެއް ކަމަކީ އަގަށް އައި ބަދަލެވެ. އާންމު ސުވާލު ކުރީ، ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ސަރުކާރުން ޗާޖްކުރާ އިރު، ކޮންމެ ކޮތަޅަކަށް ކަސްޓަމަރު 5ރ. ދައްކަން ޖެހެނީ ކީއްވެގެންހެއްޔޭ ކިޔައިފަ އެވެ.
"ހޯލްސޭލްކުރާ މީހުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ނަގާފައި ރީޓެއިލްކުރާ މީހުން އެއިން ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ނެގުމަކީ ޑަބަލް ޓެކްސޭޝަން. ކޮތަޅު ވިއްކަނީ ވިޔަފާރިވެރިޔާގެ ވިޔަފާރި ކުރިއަރުވަން ކަމަށް ވިޔަސް ހުރިހާ ޓެކްސްއެއް ދައްކަން މިޖެހެނީ ރައްޔިތުމީހާ. މިއީ ވަރަށް ބޮޑު މައްސަލައެއް،" އާންމުންގެ މީހަކު އިއްޔެ "މިހާރު"ގެ އާޓިކަލް އަކަށް ފޮނުވި ކޮމެންޓެއްގައި ވެ އެވެ.
އިއްޔެ -/20ރ އަށް ހުރި ކޮތަޅު ބޮނޑި މިއަދު ހުރީ -/220ރ އަށް.
— AD'DEY (@Addey_33) April 18, 2023
އިއްޔެ -/35ރ އަށް ހުރި ކޮތަޅު ބޮނޑި މިއަދު ހުރީ -/235ރ އަށް.
އިއްޔެ -/85ރ އަށް ހުރި ކޮތަޅު ބޮނޑި މިއަދު ހުރީ -/285ރ އަށް.
މީގެ ބަދަލު ދިވެހި ރައްޔިތުން ރިޔާސީ އިންތިހާބުގައި ވ ރަގަޅަށް ހިފާނެ އިނގޭ ރ @ibusolih https://t.co/DXW20YhoHG
"އާންމު މީހާ އެބަ ދައްކަން ޖެހޭ ހޯލްސޭލަރު ރީޓެއިލަރަށް ވިއްކާ ދެ ރުފިޔާ އާއި ދައުލަތަށް ނަގާ ދެ ރުފިޔާ ވެސް. މިއީ ހަމަ ޖެހޭ އުސޫލެއް ނޫން،" އާންމުންގެ މީހަކު ބުންޏެވެ.
އެހެން މީހަކު ބުނީ، މިއީ ޕްލާސްޓިކް ބޭނުން ކުރުން ހައްލުވުމުގެ ބަދަލުގައި، އާންމުންނަށް ޖެއްސުން ކުރުން ކަމަށެވެ. ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވާ ނަމަ، އެފަދަ ކޮތަޅު ރާއްޖެ އަށް އެތެރެ ކުރުން ހުއްޓުވުމަށް އޭނާ ބުންޏެވެ. އެހެންވެ، ބޭނުންވާ ނަތީޖާ މިކަމުން ހާސިލު ނުވާނެ ކަމަށް އޭނާ ބުންޏެވެ.
"މިކަހަލަ ގާނޫނު ފާސްކުރާއިރު އަހަރެމެން މަޖިލީހަށް ހޮވައިފަ ތިބި މެމްބަރުންގެ ޣައްދާރުކަން ފާހަގަކުރެވެނީ މަދު މީހަކަށް. ކޮންމެ މީހަކު ވެސް ބަވަނީ ސަރުކާރަށް އެކަމަކު ސަރުކާރުން ފޮނުވާހާ ބިލަކީ މަޖިލީހުން ފާސްކުރަން ޖެހޭ އެއްޗެއް ނޫން. މިކަމަކީ ސީދާ ވިޔަފާރިވެރިން ލައްވާ ރައްޔިތުން ފެލަން މަގުފަހިކޮށްދޭ ކަންކަން. ޕްލާސްޓިކް ކޮތަޅުން 200 ޕަސެންޓް ޑިޔުޓީ ނަގައިފަ އަދި އެވަރުން ނުފުދިގެން އެތެރެކުރާ ކޮންމެ ކޮތަޅަކުން ވަކިވަރެއް ނަގައިފަ، ފިހާރަތަކުން ދެ ރުފިޔާ ނެގީމަ،" ކޮމެންޓެއްގައި ވެ އެވެ.
އާންމުން ތުހުމަތު ކުރަނީ، ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން އެކަން އޮންނަން ޖެހޭ ގޮތް މީރާ އިން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި، މިހާރު ކޮތަޅަކުން ފަސް ރުފިޔާ ނުވަތަ، ދެ ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ނަގާ ނަމަ އެއީ މީރާ އިން ވެސް، ނުވަތަ ސަރުކާރުން ވެސް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށް އާންމުން ބުނެ އެވެ.
މީރާގެ ތަރުޖަމާނު އަހުމަދު ޝަރީފު ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމުގެ އުސޫލުގައިވާ ގޮތުން، ކޮންމެ ތަނަކުން ވިއްކިޔަސް، ވިއްކާ ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭނެ ކަމަށާއި އެއީ ގާނޫނުގައި އެކަން ބަޔާން ކޮށްފައި އޮތް ގޮތް ކަމަށެވެ. ފިހާރަތަކުން ބޮޑު އަގުގައި ކޮތަޅު ވިއްކުމަކީ މީރާ އަށް ހުއްޓުވެން އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮތަޅު ވިއްކާ އިރު އަދި އިންނާނެ ކޮތަޅުން ޖީއެސްޓީ ވެސް. ކޮތަޅުގެ އަގު ބޮޑުވާނެ. އެ ކޮތަޅު ކުރިން ދެއްކި ފީ ރިކަވާ ކުރުމުގެ ގޮތުން ރީޓެއިލާ އަށް ވިއްކި އަގު ބޮޑުވީމަ، ކަސްޓަމަރުގެ އަތުން އެ ނަގާނެ،" އޭނާ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ގޭގެއިން ކުނި އުކުމަށް ބޭނުން ކުރަނީ މިހާރު ވެސް ޕްލާސްޓިކް ރަތްކޮތަޅެވެ. ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ކުނި އުކުމަށް ބޭނުން ކުރާ ކޮތަޅުގެ އަގު އެތައް ގުނައެއް ބޮޑުވުމެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ، ކޮތަޅަށް ނާޅާ ކުނި ބޭރު ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދައިފަ އެވެ.
If the authorities were serious about protecting the environment, they would have banned plastic bags entirely, instead of imposing tariffs. Cause we Dhivehin would rather pay extra than modifying our lifestyle. In the end, nothing productive will come out of this. https://t.co/8ujiunL6tC
— Mycarlo Esposito (@neiymeeheh) April 18, 2023
ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުޅި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނަރުން ދެ ރުފިޔާގެ ފީއެއް ނުނެގޭނެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލު ކުރަން ފެށި އިރު ވެމްކޯއިން އަދި އެ ހިދުމަތެއް ނުދެ އެވެ. އެހެންވެ، އާންމުން ޖެހެނީ ކުޅި އެޅުމަށް އަގު ބޮޑުކޮށް ކޮތަޅު ގަންނާށެވެ.
ސޯޝަލް މީޑިއާގައި މީހަކު ވަނީ ކޮތަޅަށް ކުނި ނާޅާ ބޭރުގައި ކުނިތައް ބަހައްޓަންވީތޯ ސުވާލުކޮށްފަ އެވެ. އެހެން މީހަކު ބުނީ، ކުނި އުކާލުމަށް އެހާ ބޮޑު ހަރަދެއްކޮށް، އާންމުންނަށް އުނދަގޫވުމަކީ، ކުނި ނައްތާލުމުގެ މަސައްކަތް ފުރިހަމައަށް ކުރަން އޮތް ހުރަހެއް ކަމަށެވެ.
ޕްލާސްޓިކް އިން ފީ ނެގުމާ ގުޅޭ ގޮތުން އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ، އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދު ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިފަދަ އުސޫލަކަށް އަމަލު ކުރުމުގެ ބޭނުމަކީ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ކޮތަޅުގެ ފީދައްކަން ޖެހެނީ ޖީއެސްޓީ ދައްކާ ފަރާތްތަކުން
ކޮތަޅު ބޮނޑިއެއްގެ އަގު 85ރ. އިން 285ރ. އަށް
8 ބާވަތެއްގެ ޕްލާސްޓިކް މަނާ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޕްލާސްޓިކް މަދުކުރާ އިރު ދޫކޮށްލަން ޖެހޭނެ އެއްޗެހި
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ