14 އޯގަސްޓް 2019
ޖަރުމަނުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރަން މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށުމަށް ފަހު، އެ ގައުމުގައި ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާކުރަން މިހާރު ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޖަރުމަނުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރަން މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށުމަށް ފަހު، އެ ގައުމުގައި ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާކުރަން މިހާރު ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޖަރުމަނުގެ އެންވަޔަރަމަންޓް މިނިސްޓަރު ސްވެންޖާ ޝޫލްޒް އާދީއްތަ ދުވަހު ވިދާޅުވީ ބާޒާރުކުރަން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު މަނާކުރުމުގެ މަސައްކަތް މިހާރު އޮތީ މާ ލަސްތަކެއް ނުވެ ތަންފީޒުކުރަން ފެށިދާނެ މަރުހަލާއެއްގައި ކަމަށެވެ.
"މިއީ ކޮންމެހެން ވެސް ކުރަން ބޭނުންވާ ކަމެއް. ތިމާވެއްޓާ ދެކޮޅަށް ކުރާ މަސައްކަތުގައި ޕްލާސްޓިކް ކޮތަޅަކީ ބޭނުންކުރުން އެއްކޮށް ހުއްޓާލަންޖެހޭ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަރުމަނުގެ އެންވަޔަރަމަންޓް މިނިސްޓަރު.
އެ ގައުމުގެ އެންވަޔަރަމަންޓް ފެޑެރެލް މިނިސްޓްރީން ބުނި ގޮތުގައި 2015 އިން ފެށިގެން ޖަރުމަނުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ނިސްބަތް 64 ޕަސަންޓަށް ދަށްވެފައިވެ އެވެ. މި ބަދަލު ފެންނަން ފެށީ ބައެއް ވިޔަފާރިތަކުން އަމިއްލަ އަށް ޕްލާސްޓިކް ކޮތަޅާ ދުރުވާން ފެށުމުންނެވެ.
އެގޮތުން 2016 އިން ފެށިގެން ޖަރުމަންގެ ބައެއް ވިޔަފާރިތަކުން ވަނީ ބާޒާރު ކުރާ މީހުންނަށް ހިލޭ ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލައިފަ އެވެ. އަދި ޕްލާސްޓިކް ކޮތަޅަކީ ގަންނަން ޖެހޭ އެއްޗަކަށް ހެދުމުން އެ ބޭނުންކުރާ މީހުންގެ އަދަދު ދަށްވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި ޕްލާސްޓިކް ކޮތަޅު ޖަރުމަނުގައި މަނާ ކުރަން ބޭނުން ވަނީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތުން އަދިވެސް އެންމެ އެކަށީގެންވާ ނަތީޖާ ނުފެންނާތީ އެވެ. އެހެންވެ މީގައި އޮތް އެންމެ ރަނގަޅު ހައްލަކަށް ވާނީ ހުރިހާ އެންމެން ވެސް އަމަލުކުރަން ލާޒިމު އުސޫލެއް ކަނޑައެޅުން ކަމަށް ވިދާޅުވި އެވެ.
މީހަކު ޕްލާސްޓިކް ކޮތަޅުގައި ވިޔަފާރިކޮށްގެން ދަނީ.
"އެހެންވީމާ އެކަން ކުރެވޭނީ ޕްލާސްޓިކް ކޮތަޅު މަނާކޮށްގެން. ގާނޫނުގެ ތެރެއިން އެކަން މާ ލަހެއް ނުވެ ކުރެވޭނެ،" ސްވެންޖާ ވިދާޅުވި އެވެ. "މިކަމަށް ރައްޔިތުންގެ ހިޔާލު ވެސް ހޯދަމުން އަންނަ އިރު، ގިނަ ބަޔަކު ތިބީ މިކަމަށް ތާއީދުކުރާ ގޮތަށް. އެހެންވީމާ ޕޮޒިޓިވް ނަތީޖާތަކެއް ނެރެވޭނެ."
ޔޫރަޕިއަން ޕާލިމަންޓުން ވެސް ވަނީ އީޔޫގެ ގައުމުތަކުން ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމަށް އުސޫލުތަކެއް ހަމަޖައްސައިފަ އެވެ. އެގޮތުން އީޔޫގެ ބައެއް ގައުމުތަކުން ޕްލާސްޓިކް ކޮތަޅު މަނާކޮށް، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ހިޖުރަކޮށްފައިވެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
ޕްލާސްޓިކްގައި ޕެކްކުރުން ލެގޯ އިން ހުއްޓާލަނީ
ޕްލާސްޓިކް ފުޅި ހުއްޓައެއް ނުލާނަން: ކޮކަ ކޯލާ
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
އެންމެ ގިނައިން ޕްލާސްޓިކް ބޭނުންކުރަނީ ކޮކަ ކޯލާއިން
ޕްލާސްޓިކް ކަފަބުރު ސްކޮޓްލެންޑްގައި މަނާކޮށްފި