Roadha Mihaaru
މިރޭ 12 އިން ފެށިގެން ޕްލާސްޓިކް ކޮތަޅަށް ފީ ނަގާނެ

މިރޭ 12 އިން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2ރ. ނަގާނެ

17 އެޕްރީލް 2023

ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮންމެ ކޮތަޅަކުން މިރޭ 12 އިން ފެށިގެން 2ރ. ނަގަން ފަށާނެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮންމެ ކޮތަޅަކުން މިރޭ 12 އިން ފެށިގެން 2ރ. ނަގަން ފަށާނެ އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ކޮތަޅަށް ވެސް މި ފީ ނަގާނެ އެވެ.

ފިހާރަތަކުން ޕްލާސްޓިކް ކޮތަޅަށް ނަގާ ފީ މީރާ އަށް ދައްކަން ޖެހޭނީ ޖީއެސްޓީ ހުށަހަޅާއިރު އެއާ އެކީގަ އެވެ.

މި ފީ ނަގުމުން އިސްތިސްނާވާ ވިޔަފާރިތަކެއް ވެސް ހިމެނެ އެވެ. އެއީ:

- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު

- ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅު

- ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅު

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ސެޝަނެއް ބުދަ ދުވަހު އަދި ބުރާސްފަޔި ދުވަހު ބޭއްވުމަށް މީރާއިން ވަނީ ހަމަޖައްސައިފަ އެވެ. އެ ދެ ދުވަހު ވެސްމެންދުރު ފަހު 1 ން 1:30 އަށް ބާއްވާ އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު މީރާއިން ވަނީ ހުޅުވާލައިފަ އެވެ.