17 ސެޕްޓެމްބަރ 2019
އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓުތަކަށް ދާ ޓޫރިސްޓުންނަށް ދިވެހި ބަހުގެ އެކެޑެމީ އާއި ކްރޮސް ރޯޑްސް ގުޅިގެން ދިވެހި ބަސް ކިޔަވައިދޭން އެއްބަސްވެއްޖެ އެވެ.
އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓުތަކަށް ދާ ޓޫރިސްޓުންނަށް ދިވެހި ބަހުގެ އެކެޑެމީ އާއި ކްރޮސް ރޯޑްސް ގުޅިގެން ދިވެހި ބަސް ކިޔަވައިދޭން އެއްބަސްވެއްޖެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ބަހުގެ އިތުރުން ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ މައުލޫމާތު ވެސް ޓޫރިސްޓުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ކްރޮސްރޯޑްސް އާ އެކު އެ އެކެޑަމީން ސޮއި ކުރުމަށް ހަމަޖެހިފައިވާ ފަހުމްނާމާގެ ދަށުން ކްރޮސް ރޯޑްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި ދިވެހި ބަސް އުނގެނެން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ކްރޮސްރޯޑްސްގައި ގާއިމްކޮށްފައިވާ ކަލްޗަރަލް ސެންޓަރުން ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތާ ހުރި ކަލްޗު'ަރަލް ސެންޓަރު މުސްތަގުބަލުގައި ދިވެހިރާއްޖޭގެ މީހުންނަށް އާންމުކޮށް ތަފާތު ކަންތައްތައް ކުރިއަށް ގެންދާނެ. އެތާނގައި އެބަހުރި ވާހަކަތައް ކިޔައިދީފަ، ރެކޯޑް ކުރެވިފައި، ވިީޑިއޯ ކުރެވިފައި. އޭގަ އެބަހުރި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް. އެހެންވީމާ އެ ހުށަހެޅުންތައް އަޅުގަނޑުމެން މިދަނީ ސައްހަކޮށް ރީތިކޮށް ދިވެހިބަހުގެ ހަމަތަކަށް ފައްތަމުން." އަޝްރަފު ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކެޑެމީ އާއި ކްރޮސް ރޯޑްސްއާ ދެމެދު ފަހުނާމާގައި ސޮއި ކުރުމުން ރަސްމީކޮށް މި މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.
ކްރޮސް ރޯޑްސްއިން ވަނީ ދިވެހިރާއްޖޭގެ ސަގާފަތާއި ތާރީހު އެނގޭނެހެން ކަލްޗަރަލް ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެ ސެންޓަރުން ދިވެހިން އިހުގައި ކޮށްއުޅުނު ބައެއް ކަންތައްތަކާއި ކުޅިވަރުތަކާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި
އެނބޫދޫފަޅުގެ ފުރަތަމަ ފިޔަވަހި މިއަހަރުގެ ނިޔަލަށް
އެނބޫދޫފަޅުގެ ތަރަައްގީ 800 މިލިއަން ޑޮލަރަށް އަރާނެ
އެނބޫދޫ ރިސޯޓް މަޝްރޫއުގެ ބިންގާ އަޅައިފި
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
އިސްލާހާއެކު، ޕެސެންޖާލައިނާތައް އަނެއްކާވެސް ރާއްޖެއަށް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް