17 ސެޕްޓެމްބަރ 2019
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ފުރުން މަނާ ކޮށްފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތްކުރެއްވި މައްސަލާގައި ކުރާ ދައުވާއަށް މިއަދު ކޯޓުގައި އެއްބަސްވެވަޑައިގަތުމުން، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމަން ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ފުރުން މަނާ ކޮށްފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތްކުރެއްވި މައްސަލާގައި ކުރާ ދައުވާއަށް މިއަދު ކޯޓުގައި އެއްބަސްވެވަޑައިގަތުމުން، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމަން ކޯޓުން ހަމަޖައްސައިފި އެވެ.
އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ފިއްލަވަން އުޅުވީ މިދިޔަ އޮގަސްޓް މަހު އެވެ. އޭނާ ހުންނެވި ޓަގު ބޯޓެއްގައި އިންޑިއާގެ ކަނޑުގެ ސިފައިން ހުއްޓުވައި، ރާއްޖެއަށް އަނބުރާ ފޮނުވާލީ އެވެ.
އެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އަދީބުގެ މައްޗަށް މިއަދު އުފުލީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ އެވެ.
ކޯޓުގައި އަދީބު ވިދާޅުވީ ދައުވާއަށް އިއުތިރާފްް ވެފައިވާނެ ކަމަށާއި ފުލުހުންގެ ތަހުގީގުގައި ވެސް އެކަމަށް އެއްބަސްވެ، މައާފަށް އެދިވަޑައިގެން، ބަޔާން ދެއްވާފައިވާނެ ކަމަށެވެ. އެކަމަކު މައްސަލަ ނިންމާއިރު އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދިނުމަށް އެދިވަޑައިގަތެވެ.
އަދީބު ދައުވާއަށް އިއުތިރާފްވުމުން ގާޒީ ވިދާޅުވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި މައްސަލަ ނިންމަވާނެ ކަމަށެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާއަށް އިއުތިރާފް ވެއްޖެ ނަމަ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެކަން ނިންމަން ޖެހެނީ ފަސް ދުވަހުގެ ތެރޭގަ އެވެ.
ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ކުށަށް އިއުތިރާފްވުމުން އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެތީ އެ މައްސަލާގައި އަދީބަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ކަރެކްޝަންސް އިން މިހާރު ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
އަދީބުގެ އިއުތިރާފަކީ "ޑީލަކަށް" ވެދާނެ: އިދިކޮޅު
އަދީބުގެ އިއުތިރާފް:އެއީ ގުޅިގެން ހިންގި ބޮޑު ސްކޭމެއް
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ފިލި މައްސަލާގައި އަދީބަށް މާދަމާ ހުކުމް ކުރަނީ
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު