30 ސެޕްޓެމްބަރ 2019
ކަރަންޓާ މެދު ރައްޔިތުން ކުރާ ޝަކުވާތަކަށް ނިމުމެއް ނެތެވެ. އަބަދުވެސް ކޮންމެވެސް ރަށެއްގެ އިންޖީނަށް މައްސަލަ ދިމާވެގެން އަނދިރިކަމުގައި ރޭތައް ހޭދަކުރާ ވާހަކަ އެވެ. ނޫނީ ކަރަންޓު ކެނޑޭވަރުން ގޭގައި ހުންނަ އިލެކްޓްރިކް ސާމާނު ހަލާކުވާކަމުގެ ޝަކުވާ އެވެ. މެދުނުކެނޑި 24 ގަޑިއިރު ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަން މިދިޔަ ސަރުކާރުން ދިން ނަމަވެސް، އެ ހުވަފެން ވެސް ވީ ބިލާހަކަށެވެ. މި ސަރުކާރު އައި ފަހުން ވެސް މައްސަލައަށް އެދެވޭ ހައްލެއް އައިސްފައެއް ނުވެ އެވެ.
ކަރަންޓާ މެދު ރައްޔިތުން ކުރާ ޝަކުވާތަކަށް ނިމުމެއް ނެތެވެ. އަބަދުވެސް ކޮންމެވެސް ރަށެއްގެ އިންޖީނަށް މައްސަލަ ދިމާވެގެން އަނދިރިކަމުގައި ރޭތައް ހޭދަކުރާ ވާހަކަ އެވެ. ނޫނީ ކަރަންޓު ކެނޑޭވަރުން ގޭގައި ހުންނަ އިލެކްޓްރިކް ސާމާނު ހަލާކުވާކަމުގެ ޝަކުވާ އެވެ. މެދުނުކެނޑި 24 ގަޑިއިރު ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަން މިދިޔަ ސަރުކާރުން ދިން ނަމަވެސް، އެ ހުވަފެން ވެސް ވީ ބިލާހަކަށެވެ. މި ސަރުކާރު އައި ފަހުން ވެސް މައްސަލައަށް އެދެވޭ ހައްލެއް އައިސްފައެއް ނުވެ އެވެ.
އެކަމަކު ފެނަކަ ކޯޕަރޭޝަނުން މިހާރު ބުނަނީ އެތަނުގެ މިސްރާބު ބަދަލުކޮށްލާފައިވާ ކަމަށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވި ގޮތުގައި އާ މަސައްކަތްތަކަކާ އެކު އެތަނުން އަމާޒު ހިފާފައި ހުރީ އެ ކުންފުނިން ސިޔާސީ ކުލަ ކަނޑުވާލައި، ދެމެހެއްޓެނިވި ގޮތުގައި ކަރަންޓު ދިނުމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެ ބަދަލުތައް ފެންނާނެ،" ސައީދު ވިދާޅުވި އެވެ.
ފެނަކައިން އައްޑުއަށް ގެންގޮސްފައިވާ ޖަނެރޭޓަރެއް: ކުރިއަށް އޮތް ހަ މަސް ތެރޭގައި ބަދަލުތަކެއް ފެންނާނެ ކަމަށް އެތަނުން ބުނި
ރާއްޖޭގެެ ހުރިހާ ރަށެއްގައިހެން، އަބަދުވެސް ކަރަންޓުގެ މައްސަލަ ދިމާވެ އެވެ. ކަރަންޓު ނެތި، އަނދިރި ކަމުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭއިރު، އިރުކޮޅުކޮޅަކާ ކަރަންޓު ގޮސް، އިލެކްޓްރިކް ސާމާނުތައް ހަލާކުވެ އެވެ. މައްސަލަ ހައްލުވަނީ ސަރުކާރުން ކޮންމެވެސް ގޮތަކުން ޖަނަރޭޓަރެއް ފޯރުކޮށްދީގެންނެވެ. އެކަމަކު އާއްމުކޮށް އެ މައްސަލަ ހައްލު ނުވެ، ކިތަންމެ ފަހަރަކު ރައްޔިތުން މުޒާހަރާކޮށްފައި ވެސް ވެ އެވެ.
ސައީދު ވިދާޅުވި ގޮތުގައި ރަށްރަށުގެ ކަރަންޓުގެ ހާލަތު އެހާ ގޯސްވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި، ކުރިއަށް ވިސްނައިގެން ހިދުމަތް ދީފައި ނެތުމުންނެވެ.
އޭނާ ވިދާޅުވީ ރަށެއްގައި އިންޖީނެއް ބެހެއްޓުމަކުން ނުފެދޭ ކަމަށާއި އެ އިންޖީނާ އެކު ރަށުގެ ކަރަންޓު ނެޓުވޯކު ވެސް ރަނގަޅުވާން ޖެހޭ ކަމަށެވެ. އެކަމަކު ގިނަ ރަށްރަށުގައި އެ ނެޓުވޯކުތަކަށް 20 ނުވަތަ 25 އަހަރު ވެފައިވާއިރު، އެ އަޕްގްރޭޑްކުރަން ވެސް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
"އިންޖީނާ އެކު ނެޓްވޯކު ވެސް ރަނގަޅުކޮށްގެން މައްސަލަ ހައްލުވާނީ. އެކަމަށް އިހުމާލުވެފައި އޮތުމުގެ ނަތީޖާ ގިނަ ރަށްރަށުގައި މި ފެންނަނީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 20-25 އަހަރު ކުރިން ނެޓްވޯކު އަޅައި އިންޖީނު ބަހައްޓާފައި ވަނީ ކުރިއަށް މާ ބޮޑު ޕްލޭނެއް ކޮށްގެން ނޫން ކަމަށާއި ކުއްލިއަކަށް ރަށަށް އަންނަ އުމްރާނީ ތަރައްގީގެ ސަބަބުން ބޭނުން ކުރާ ކަރަންޓުގެ މިންވަރު އިތުރުވާ ކަމަށެވެ. އެގޮތުން ބޮޑެތި ގެސްޓު ހައުސް ފަދަ ތަންތަން އަޅާއިރު، ރަށުގައި ހުންނަ އިންޖީނާއި ނެޓްވޯކުން އެވަރަށް ކަރަންޓު ނުހިފަހައްޓާ ކަމަށް ސައީދު ވިދާޅުވި އެވެ.
ތިމަރަފުށިން ކަރަންޓު ކަރަންޓު ދާތީ އެ ރަށުގެ ބަޔަކު އިހުތިޖާޖު ކުރުމުގެ ގޮތުން މަގުމަތީގައި
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު ދިނުމަށް އެހެން ޖެނެރޭޓަރެއް ގެންދިޔަ ނަމަވެސް ދުވަސްވީ ނެޓްވޯކެއް އޮތުމުގެ ސަބަބުން މައްސަލަތައް ދިމާވާނެ އެވެ.
"އޭގެ ސަބަބުން ޓެކްނިކަލީ އެބަ އިންޖީނުތައް ބަލިވޭ. ދާއިމީ ގޮތަށް މިކަން ރޭވިގެން އަހަރުތަކަށް ހިސާބު ހެދިގެން މިކަން ކުރެވިފައި ނެތުމުގެ ނަތީޖާ މިއީ،" ސައީދު ވިދާޅުވި އެވެ.
ފެނަކައިގެ ހިދުމަތް 154 ރަށެއްގައި ދޭއިރު، ކަރަންޓުގެ މައްސަލަ ދިމާނުވާ ރަށެއް ނެތެވެ. އެކަމަކު އެ ކުންފުނިން ބުނީ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ނަތީޖާ މިހާރު ވެސް ފެންނަ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ދިމާވާ މައްސަލަތަކާއި މިހާރު ދިމާވާ ކަރަންޓުގެ މައްސަލަތައް މަދުވެފައި ތަފާތު ވާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ރަށްރަށުގައި ދޭ ކަރަންޓު ހިދުމަތުގެ ފެންވަރު މަތިކުރުމަށް ފެނަކައިން ބޮޑު މަޝްރޫއެއް ފަށާފައިވާއިރު އޭގެ ދަށުން ގިނަ ރަށްރަށުގައި އާ ޖަނެރޭޓަރުތައް ބަހައްޓާނެ އެވެ. އެގޮތުން ވޭތުވެ ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 53 އާ ޖެންސެޓް/ޖެނެރޭޓަރު ރަށްރަށަށް ފޮނުވާފައިވާއިރު ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި، މިހާރު ދިމާވާ ކަރަންޓުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ފެނަކައިން ބުންޏެވެ.
މި ސަރުކާރު ހަވާލުވުމަށް ފަހު، އެ ކުންފުނިން ކުރިއަށް ގެންދާ އެންމެ ބޮޑު މަސައްކަތަކީ ކަރަންޓުން ރަށްތައް ގުޅާލުން ނުވަތަ ކަރަންޓު ދިނުމުގައި އެއް ނެޓްވޯކެއް އެޅުމެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަމުން އަންނައިރު މިހާތަނަށް އެކަން ނުކުރެވިފައިވަނީ 11 ރަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގޮތަށް ނެޓްވޯކު ގުޅާލުމުން، ކަރަންޓު ދޭނީ އެއް ޖަނަރޭޓަރުތަކަކުންނެވެ. އަދި ގުޅާލާ ހުރިހާ ރަށެއްގައި ވެސް ޓްރާންސްފޯމަރުތައް ބަހައްޓައި، ވަކި ރަށެއްގައި މައި މަރުކަޒެއް ގާއިމު ކުރާނެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫގެ ޕަވާ ހައުސް އަށް ވަޑައިގެން، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދާ އެކު، އައްޑޫގެ ޕަވާ ހައުސްގެ ހާލަތު ބައްލަވަނީ.
ސޯލާ ޕެނަލްތައް ބަހައްޓައިގެން، ކޮންމެ ގެއަކުން ވެސް އެގެއަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމަކީ، ފެނަކައިން މިހާރު ޓެސްޓު ކުރަމުން އަންނަ ބޮޑު މަޝްރޫއެކެވެ.
ސައީދު ވިދާޅުވީ ގޭގޭގެ ފުރާޅު މަތީގައި ސޯލާ ޕެނަލް ހަރުކޮށްގެން، ކޮންމެ ގެއަކުން ވެސް އެ ގެއަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދިދާނެ ކަމަށެވެ. މިއީ އަވަށްޓެރި ސްރީ ލަންކާ އާއި ޔޫރަޕުގައި ވެސް ވަރަށް ކާމިޔާބު މޮޑެލްއެކެވެ. ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ވެސް 12 ވަރަކަށް ގޭގޭގައި މިގޮތަށް ކަރަންޓު ދެ އެވެ.
އޭނާ ވިދާޅުވީ ކޮންމެ ގެއަކުން ވެސް އެ ގެއަކަށް ވާވަރަށް ކަރަންޓު އުފެއްދުމަށް ފަހު ބާކީވާ ބައި، ނެޝަނަލް ގްރިޑަށް ވިއްކޭނެ ކަމަށެވެ.
"މި މޮޑެލް އަޅުގަނޑުމެން މިހާރު މި އަންނަނީ ޓެސްޓް ކުރަމުން. ދެން އުފެދޭ ސުވާލަކީ މިކަމަށް އިންވެސްޓް ކުރާނީ ކޮން ބައެއްތޯއޭ، އެކަމާ މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި އަންނަނީ،" ސައީދު ވިދާޅުވި އެވެ.
ފެނަކައިން ބުނީ ހިދުމަތް ދޭ 70 ޕަސެންޓް ރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރާނެ ކަމަށާއި މިހާރު ވެސް ޕެނަލް ހަރުކޮށްފައި ހުރި ރަށްރަށުގައި 30 ޕަސެންޓަށް އެއިން ކަރަންޓު އުފައްދައިދޭ ކަމަށެވެ. އެ ޕެނަލްތަކުގެ ޒަރީއާއިން ކުދި ރަށްރަށުގައި، ޕީކްލޯޑުގައި 100 ޕަސެންޓަށް ކަރަންޓު ދެވޭއިރު ބޮޑެތި ރަށްރަށުގައި 70 ޕަސެންޓަށް ކަރަންޓު ދެވޭނެ ކަމަށް އެތަނުން ބުންޏެވެ.
ސައީދު ވިދާޅުވި ގޮތުގައި މިއީ ހަރުދަނާ ގޮތެއްގައި ކުރެއްވިއްޖެ ނަމަ ވަރަށް ފައިދާ ހުރި މަޝްރޫއަކަށް ވާނެ އެވެ.
ދެން ފެނަކައިން ފަށަން އޮތް މަޝްރޫއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ފެންނަ "ސްމާޓް މީޓަރު" ރަށްރަށުގައި ހަރުކުރުމެވެ.
ސައީދު މީޑިއާތަކާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ - މިހާރު ފޮޓޯ
ކަރަންޓު ބޭނުންކުރާ މިންވަރު މީޓަރުން ފެންނަން ހުންނާތީ ކަރަންޓު ކޮންޓްރޯލް ކުރުމުގެ ބާރު ގޭގޭގެ މީހުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޓެސްޓު ކުރުމުގެ ގޮތުން، މި ފަދަ މީޓަރު ބ. ގޮއިދު އާއި ތ. ބުރުނީގެ ބައެއް ގޭގޭގައި މިހާރު ވަނީ ހަރުކޮށްފަ އެވެ.
"މިސާލަކަށް ގޭގެ ކަރަންޓަށް ކަނޑައެޅި 1،500 ރުފިޔާގެ ލިމިޓް ހަމަވެއްޖެއްޔާ ބޭނުން ކުރާ މިންވަރު މަދުކޮށްލެވޭނެ. ބޭނުން ކުރާ ޔޫޒޭޖް ފެންނަން ހުންނަ ނަމަ ބޭނުން ލެވެލްއެއްގައި ކަރަންޓު ހިފެހެއްޓޭނެ،" ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މީޓަރު ހަރުކުރުމުން ގޭގެ އަށް ރީޑިން ނަގަން ދާން ނުޖެހޭނެ ކަމަށާއި އެ ގެއަކަށް ޚަރަދުވާ ކަރަންޓުގެ މިންވަރު ސިސްޓަމުން ފެންނަން ހުންނާނެ ކަމަށެވެ. ސްމާޓް މީޓަރާ އެކު "ޕްރީޕެއިޑް" މީޓަރު ވެސް ތައާރަފް ކުރަން ފެނަކައިން ވަނީ ނިންމާފަ އެވެ. އެއީ ކަރަންޓު ބޭނުންވާ މިންވަރަށް ފައިސާ ދައްކައިގެން "ޓޮޕްއަޕް" ކުރެވޭ ގޮތަށް ހަރުކުރާ މީޓަރެކެވެ. ފެނަކައިން ބުނިގޮތުގައި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މީޓަރު ތައާރަފްކުރުމަށް، ފަންނީ މީހުންގެ ލަފާ އަންނަނީ ހޯދަމުންނެވެ. ސައީދު ވިދާޅުވީ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ފެނަކައިގައި ގާބިލްކަން އެބަ ހުރި ކަމަށެވެ. އެކަމަށް ބޭނުންވަނީ ކުންފުނިން ސިޔާސީ ކުލަ ކަނޑުވާލައި، އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ތަފާތު އެތަނުން ފެންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ފެނަކައިން ކަރަންޓު މީޓަރު ޓެސްޓުކޮށްދޭން ފަށައިފި
އިސްދޫ، ކަލައިދޫ،ދަނބިދޫގެ މަރުކަޒީ އިންޖީނުގެ އަޅަނީ
ސައީދުގެ ލީޑަޝިޕްގައި އޮތީ ހުސް ކުރިއެރުން
ފުވައްމުލަކުގެ 80 ޕަސެންޓަށް ކަރަންޓާއި ފެން ދީފި
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ 10 މިލިއަނުގެ ގެއްލުން
ފެނަކަ އިން ސަބްމެރިން ކޭބަލް އަޅަނީ
ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި
އައްޑޫގެ ކަރަންޓު މަޝްރޫއަށް 570 މިލިއަން ރުފިޔާ
ކަރަންޓު ބޭނުންކުރާވަރު ފެންނަ "ސްމާޓްމީޓާ" ހަރުކުރަނީ
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ