01 ޑިސެމްބަރ 2019
ރާއްޖޭގެ ރަށްތަށް އެއް ވިއުގައަކުން ގުޅާލުމަށް އަންނަ އަހަރުގެ ތެރޭގައި ސަބްމެރިން ކޭބަލް އަޅާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަށްތަށް އެއް ވިއުގައަކުން ގުޅާލުމަށް އަންނަ އަހަރުގެ ތެރޭގައި ސަބްމެރިން ކޭބަލް އަޅާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ މިހާތަނަށް އެ ކުންފުނިން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކޮންމެ އަހަރަކު އެ ކުންފުންޏަށް ލިބެމުން އަންނަ 54 މިލިއަން ރުފިޔާގެ ގެއްލުމުގެ 20-30 ޕަސެންޓް ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މިއީ ހަރަދު ބޮޑުވި ނަމަވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކެޕިޓަލް އިންވެސްޓްމަންޓް ކުޑަކޮށް ބޮޑުވި ނަމަވެސް އަޅުގަނޑުމެން އަމާޒުހިފާފައި މިވަނީ ކުރިއަށް އޮތްތާނގައި ގުޅެން ހުރި ހުރިހާ ރަށެއް ކޭބަލް ވިއުގައަކުން ގުޅާލަން،" ސައީދު ވިދާޅުވި އެވެ.
ސަބްމެރިން ކޭބަލްގެ އިތުރުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އަންނަ އަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ފެށުމަށް ވެސް ފެނަކައިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ކުންފުނިން ހިދުމަތް ދެމުން އަންނަ 152 ރަށުގެ ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން އޮންލައިންކޮށް ބިލް ދެއްކުމުގެ ހިދުމަތާއި ފެނާއި ނަރުދަމާ އަދި ރަށްތަކުގެ ކަރަންޓު ނެޓްވޯކުތައް އާ ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުތެރޭ ކުރިއަށްގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ޕްރޮޖެކްޓެއް ވެސް އަންނަ އަހަރު ތެރޭގައި ކުރިއަށްގެންދިއުމަށް ފެނަކަ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގައި ފެނަކައިގެ ދައުރު އިތުރުކޮށް އަންނަ އަހަރުން ފެށިގެން ރާއްޖޭގެ 70 ޕަސެންޓަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު ދިނުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފަ އެވެ.
"އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ވާހަކަތަކަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަތަކެއް. ނަމަވެސް ހިތާމައަކީ މުޅި ޖުމްލަ ރާއްޖޭގެ ނެޓްވޯކުތަކުން ލިބެނީ 16 މެގަވޯޓުކަން. މީގެ ތެރެއިން އަށް މެގަވޯޓު ހިއްސާ ކުރަނީ ފެނަކަ އިން،" ސައީދު ވިދާޅުވި އެވެ،
ފެނަކައިން އަންނަ އަހަރުން ފެށިގެން އިއާދަކުރަނިވި ހަކަތަ އުފައްދަން ކުރަމަމުން އަންނަ މަސައްކަތް ތިން ގުނައަށް އިތުރުކުރަން ނިންމާފައިވާއިރު ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ 50 ޕަސެންޓް ކަރަންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތް ފަށައިފަ އެވެ.
ފެނަކައިން ކަރަންޓު މީޓަރު ޓެސްޓުކޮށްދޭން ފަށައިފި
އިސްދޫ، ކަލައިދޫ،ދަނބިދޫގެ މަރުކަޒީ އިންޖީނުގެ އަޅަނީ
ސައީދުގެ ލީޑަޝިޕްގައި އޮތީ ހުސް ކުރިއެރުން
ފުވައްމުލަކުގެ 80 ޕަސެންޓަށް ކަރަންޓާއި ފެން ދީފި
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ 10 މިލިއަނުގެ ގެއްލުން
ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި
އައްޑޫގެ ކަރަންޓު މަޝްރޫއަށް 570 މިލިއަން ރުފިޔާ
ފެނަކައިން އުއްމީދީ ބަދަލަކާ ދިމާއަށް!
ކަރަންޓު ބޭނުންކުރާވަރު ފެންނަ "ސްމާޓްމީޓާ" ހަރުކުރަނީ
ފެނަކަ އިން ފިއުލް ސާޗާޖު އުނިކޮށްފި