16 ސެޕްޓެމްބަރ 2019
ރާއްޖޭގެ ކެންސަރު ބަލި މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށް، ކެންސަރަށް ފަރުވާ ދިނުމަށް އިންޑިއާގެ އެންމެ ވަރުގަދަ ސެންޓަރާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގެ ކެންސަރު ބަލި މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށް، ކެންސަރަށް ފަރުވާ ދިނުމަށް އިންޑިއާގެ އެންމެ ވަރުގަދަ ސެންޓަރާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ ގައުމުގެ ރީޖަނަލް ކެންސާ ސެންޓާ (އާރުސީސީ) ގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ކެރަލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރާއި ވިޖަޔަން ވަނީ ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އާރުސީސީއާ ގުޅިގެން ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކެންސަރު ބަލީގެ ފަރުވާގެ ކަންކަމުގައި އުޅޭ މީހުންނަށް ތަމްރީނުދޭނެ ކަމަށެވެ. އަދި ކެންސަރު ސްކްރީނިން އިން ފެށިގެން ފަރުވާދިނުމާ ހަމައަށް، އެ މީހުންގެ ތަޖުރިބާ ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ރާއްޖޭގައި ކެންސަރަށް މިހާރު ދެވޭ ފަރުވާ އަށް ކުރިއެރުންތަކެއް ލިބޭނެ. މައިގަނޑު ގޮތެއްގައި ހުންނާނީ މުޅި ކެންސަރު ބަލީގެ ފަރުވާގެ ކަންކަން ރަނގަޅުކުރުމަށް،" އަމީން ވިދާޅުވި އެވެ.
އިންޑިއާގެ އާރުސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
އާރުސީސީގެ އެހީތެރިކަން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ހުންނަ ކެންސަރު ސެންޓަރާއި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކަށް ވެސް ލިބޭނެކަން ފާހަގަކުރެއްވި އެވެ.
ކެންސަރު ބައްޔަށް ރާއްޖޭގައި މި ވަގުތު މައިގަނޑު ގޮތެއްގައި ދެނީ ކީމޯ ތެރަޕީ އެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި ކެންސާ ސާޖަން، ޑރ. މުހައްމަދު ޝިފާން ކެންސަރާ ގުޅޭ ބައެއް ސާޖަރީތައް ކުރައްވަ އެވެ.
ދިވެހި ރާއްޖޭގަ ކެންސަރ ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުން ރަސްމީކޮށް ބަދަލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ@ameenex @MDVinIND @MDVTRVmdv pic.twitter.com/3MiyJDvilM
— Ministry of Health (@MoHmv) September 16, 2019
ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އިންޑިއާގެ އާރުސީސީއާ އެކު ސޮއިކުރުމަށް މިއަދު ބޭއްވި ހަފުލާއާ ގުޅޭ ގޮތުން އެ މިނިސްޓްރީން ކުރި ޓުވީޓު.
މިނިސްޓަރު ވިދާޅުވި ރާއްޖޭގައި ކެންސަރު ބަލި އޮތް ހާލަތު ދެނެގަތުމަށް ދަފްތަރެއް ހަދާނެ ކަމަށެވެ. އަދި އިތުރު ފަރުވާތައް ތައާރަފުކޮށް، ރާއްޖެއިން ބޭރަށް ދާ މީހުންގެ އަދަދު މަދުކުރުމަކީ އެއް އަމާޒު ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ކެންސަރު ސެންޓަރުން އެހީތެރިކަން ދެނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ ޖޫން މަހު ކުރެއްވި ރަސްމީ ދަތުރުގައި ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެހީތެރިކަން ދިނުމަށް ކުރި އެއްބަސްވުމުގެ ތެރެއިންނެވެ.
އިންޑިއާ އިން 30،000 ވެކްސިން ޑޯޒް ހަދިޔާކޮށްފި
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ
ދަރަވަންދޫގައި އިމަޖެންސީ ހިދުމަތްދޭ މަރުކަޒެއް އަޅަނީ
އިންޑިއާގެ ޓީމުން ހާއްސަ ތަމްރީނުތައް ދޭނެ
އިންޑިއާއިން ހިމަބިހި ވެކްސިންގެ 30،000 ޑޯޒް ދީފި
މައްސަލަ ހައްލުވެއްޖެ ކަމަށް އެންއައިއައިއިން އަންގައިފި
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ