Roadha Mihaaru
އިންޑިއާއިން ހިމަބިހި ވެކްސިންގެ 30،000 ޑޯޒް ދީފި

އިންޑިއާއިން ހިމަބިހި ވެކްސިންގެ 30،000 ޑޯޒް ރާއްޖެއަށް ދީފި

22 ޖެނުއަރީ 2020

ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް އިންޑިއާއިން ރާއްްޖެ އަށް ހަދިޔާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް އިންޑިއާއިން ރާއްްޖެ އަށް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ އެހީގައި ގެންނަ 30،000 ޑޯޒް މާދަމާގެ ވަގުތެއްގައި ރާއްޖެ ގެންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދެ ލައްކަ މީހުންނަށް ވެކްސިން ދޭން ސަރުކާރުން ފެށި ޕްރޮގްރާމަށް އިންޑިއާއިން ވި އެހީތެރިކަމެއް ކަމަށެވެ.

"އިންޑިއާ ސަރުކާރާ ވާހަކަ ދައްކައި، ކުރެވުނު މަސަައްކަތުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ 30،000 ޑޯޒް،" އަމީން ވިދާޅުވިި އެވެ.

އޭނާ ވަނީ އެ އެހީއަށް އިންޑިއާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށުމުން، އެ ބަލިން ދިފާއުވާ ވެކްސިން ދިނުމުގެ މަސަައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ވެކްސިން ދެމުން އަންނަނީ ބަލި ޖެހުނު ކުދިންނާއި މީހުން ދިރިއުޅުނު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވެކްސިން ނުދެވި ތިބި މީހުންނަށެވެ.

އަމީން ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 3،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި ގާތްގަނޑަކަށް ހުރިހާ އެންމެން މިހާރު ވަނީ ދެނެގަނެވިފަ އެވެ.

"އެކަމަކު އަދި އަޅުގަނޑު އެ ހުރިހާ ތަފްސީލެއް ތިޔަަ ބޭފުޅުންނާ ހިސާބަށް ދޫކޮށް ނުލާ މިއުޅެނީ މި އަދަދު ރަނގަޅަށް ވެރިފައި ކުރުމަށް،" އަމީން ވިދާޅުވި އެވެ.

"އިންޑިއާ ސަރުކާރާ ވާހަކަ ދައްކައި، ކުރެވުނު މަސަައްކަތުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ 30،000 ޑޯޒް،" އަމީން

އޭނާ ވިދާޅުވީ ސްކޫލް ކުދިންގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން އެއްކުރަމުން އަންނަ ކަމަށާއި ވެކްސިން ނުޖަހާ ތިބި މީހުންގެ ދަފްތަރު އެކުލަވާލާނީ އެ މައުލޫމާތާ ވެސް އެކުގައި ކަމަށެވެ.

ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށި ފަހުން، ޓެސްޓްކުރި 70 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވީ ހަތަރު މީހެކެވެ.