Roadha Mihaaru

ރާއްޖެ ނަމޫނާއަކަށް ބަލައި އޮސްޓްރޭލިއާ އިން ވެސް ކަނޑުއަޑީގެ ހޮޓަލެއް ހުޅުވަނީ

އޮސްޓްރޭލިއާގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

އޮސްޓްރޭލިއާގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ހުޅުވަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

15 ސެޕްޓެމްބަރ 2019

އޮސްޓްރޭލިއާގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ "ގްރޭޓް ބެރިއާ ރީފް" ގައި ހުޅުވާ މި ހޮޓާ ހާއްސަ ކުރަނީ ކަނޑުއަޑީގެ ދިރުންތައް ބަލައިލައި، ސްނޯކަލް ކޮށް، ޑައިވްކުރަން ބޭނުންވާ މީހުންނަށެވެ.

މި ހޮޓަލުގައި ޓޫރިސްޓުންނަށް ހާއްސަކޮށް ޕްރިމިއަން ދެ ސުއިޓް ހުންނާނެ އެވެ. މި ކޮޓަރިތަކުގައި ވަށައިގެންވާ ބިއްލޫރި ފާރުތަކުންނާއި ފްލޯގައި ޖަހާފައި ހުންނަ ބިއްލޫރިން އެ ސަރަހައްދުގެ ކަނޑުއަޑީގެ ދިރުންތައް ވަރަށް ރީތިކޮށް ފެންނާނެ އެވެ.

ކްރޫޒް ލައިނާތައް ހިންގުމާއި ޓޫރިސްޓުންނަށް ހާއްސަ ދަތުރުތައް ކުރުމުުގައި އޮސްޓްރޭލިއާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، ކްރޫޒް ވިޓްސަންޑޭސް އިން ހަދާ މި ހޮޓަލުގެ ކަނޑުއަޑީގެ ކޮޓަރިއެއްގެ އަގަކީ ދުވާލަކަށް 749 ޑޮލަރެވެ. އަދި ހޮޓަލުގެ ކަނޑުން މަތީގައި ހަދާފައިވާ މެއިން ޑެކްގައި ހުންނަ ޓެންޓްތަކުގައި ނިދާ ނަމަ ދުވާލަކަށް ހޭދަކުރަން ޖެހެނީ 525 ޑޮލަރެވެ.

އޮސްޓްރޭލިއާގައި ހުޅުވާ ކަނޑުއަޑީގެ ފުރަތަމަ ހޮޓެލް--ފޮޓޯ: ފޯބްސް

އޮސްޓްރޭލިއާގައި ހުޅުވާ ކަނޑުއަޑީގެ ފުރަތަމަ ހޮޓެލް--ފޮޓޯ: ފޯބްސް

އޮސްޓޭލިއާގެ ކަނޑުއަޑީގެ ހޮޓާ ހުޅުވާ އިރު ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ހުޅުވާފައި ވަނީ 2016 ވަނަ އަހަރު ރާއްޖޭގަ އެވެ. އެ ހޮޓަލުގައި 22 ކޮޓަރި ހުރެ އެވެ. އަދި މިތަނަށް ވަނީ ދުނިޔޭގެ ލަގްޒަރީ ޓްރެވަލާސްގެ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

ޒެން ރިސޯޓްގައި ހުޅުވާފައިވާ މި ހޮޓަލުގެ އިތުރުން ކަނޑުއަޑީގައި ހުޅުވި ފުރަތަމަ ރެސްޓޯރެންޓާއި ސްޕާ ވެސް ހުންނަނީ ރާއްޖޭގަ އެވެ.