08 ސެޕްޓެމްބަރ 2019
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ރެކޯޑަކާ ހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އަތުން މޮޅުވެ އުމުރުން 19 އަހަރުގެ ޒުވާން ތަރި ބިއަންކާ އަންޑްރީސްކޫ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ރެކޯޑަކާ ހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އަތުން މޮޅުވެ އުމުރުން 19 އަހަރުގެ ޒުވާން ތަރި ބިއަންކާ އަންޑްރީސްކޫ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރުމޭނިއާގެ އާއިލާ އަކަށް އުފަން ކެނަޑާގެ ބިއަންކާ ވަނީ އިއްޔެގެ ފައިނަލުގައި ސެރީނާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ބިއަންކާ ކާމިޔާބުކުރީ ސެރީނާ އަތުން 6-3 7-5 އިން ސެޓުތައް ގެންގޮސްގެންނެވެ.
ބިއަންކާ ބުނީ މީގެ 12 މަސް ކުރިން އޭނާ ގާތުގައި މި އަހަރު އޭނާ އަށް ސެރީނާ ބަލިކޮށް ޔޫއެސް އޯޕަން ކާމިޔާބު ކުރެވޭނެ ކަމަށް މީހަކު ބުނި ނަމަވެސް ގަބޫލުނުކުރެވޭނެ ކަމަށެވެ. އަދި މިހާ ހިސާބަށް އަންނަން ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު ކަމަށް ބިއަންކާ ބުންޏެވެ.
"މި މުބާރާތުން އަހަރެންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ. ސެރީނާ ކަހަލަ ކުޅިވަރުގެ ލެޖެންޑަކާ ދެކޮޅަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ކުޅެގެން މޮޅުވުމަކީ ކެރިއަރުގެ އެންމެ ބޮޑު އުސްއަލި. މިއީ އަހަރެންގެ ފެށުމެއް ކަމަށް އުއްމީދުކުރަނީ،" ގްރޭންޑް ސްލޭމްގެ މެއިންޑްރޯ އެއްގައި ސީޑްކޮށްގެން ކުޅުނު ފުރަތަމަ ފަހަރު ތަށި އުފުލާލި ބިއަންކާ ބުންޏެވެ.
އިއްޔެގެ މެޗަށް ފަހު ބިއަންކާ (ވ) އާއި ސެރީނާ ބައްދާލައިގެން. -- ފޮޓޯ: އޭއެފްޕީ
ސެރީނާ ވަނީ މިހާތަނަށް 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭނާ މިހާރު އަމާޒު ހިފާފައިވަނީ 24 ގްރޭންޑް ސްލޭމް ހަމަކޮށް އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ މަގަރެޓް ކޯޓް ހަދާފައިވާ ރެކޯޑަކާ ހަމަކުރުމަށެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލުގައި ނައޯމީ އޮސާކާ އަތުން ބަލިވިއިރު، މި އަހަރުގެ ވިމްބަލްޑަން ފައިނަލުގައި ސެރީނާ ވަނީ ސިމޯނާ ހާލެޕް އަތުން ބަލިވެފަ އެވެ. އަނެއްކާ މި ފަހަރުގެ ޔޫއެސް އޯޕަންގައި ބަލިވުމުން ސެރީނާ އަށް ވަނީ ރެކޯޑް ތަށި ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.
ސެރީނާ ބުނީ ބިއަންކާ އަށް މި ކާމިޔާބީ ހައްގުވާ ކަމަށާއި އޭނާ ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެއް ކަމަށެވެ.
"މި ފަދަ ފައިނަލެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފާވެއްޖެ. ބިއަންކާ އާދަޔާހިލާފަށް މޮޅަށް ކުޅެފި. އޭނާ އަށް ވަރަށް ކުރިއަށްދެވޭނެ،" މަހު 26 ވަނަ ދުވަހު 38 ވަނަ އުފަން ދުވަސް ފާހަގަކުރާ ސެރީނާ ބުންޏެވެ.
ޔޫއެސް އޯޕަން ފިރިހެން ބައިގެ ފައިނަލުގައި ރަފައެލް ނަޑާލް މިއަދު ނުކުންނާނީ ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ ދެކޮޅަށެވެ.
ލެޖެންޑަރީ ޓެނިސް ތަރި ސެރީނާ ކުޅުން ހުއްޓާލައިފި
ސެރީނާ އަށް މި ފަހަރު ވެސް ނާކާމިޔާބު
އަމްޕަޔަރާ ބެހޭގޮތުން ވާހަކައެއް ނުދައްކާނަން: ސެރީނާ
ބޮޑު ރެކޯޑެއް، ސެރީނާއާ އަރާ ހަމަކުރެވިދާނެތަ؟
24 ވަނަ ތައްޓާއެކު ޖޮކޮވިޗް، ކޯބީގެ ހަނދާންއާކޮށްފި
ފެޑެރާގެ ރެކޯޑްމުގުރާލައި ޖޮކޮވިޗް ޔޫއެސްއޯޕަން ސެމީއަށް
ވެކްސިންގެ ލުޔާ އެކު ޖޮކޮވިޗަށް އެމެރިކާގައި ކުޅެވޭނެ
ޔޫއެސް އޯޕަން ކާމިޔާބުކޮށް އަލްކަރާޒް އެއް ވަނައަށް
އަލްކަރާޒާއި ރޫޑް ޔޫއެސް އޯޕަން ފައިނަލަށް ދަތުރުކޮށްފި
ދުނިޔޭގެ އެއް ވަނަ ހޯދުމުގެ ރޭހުގައި އަލްކަރާޒާއި ރޫޑް